Advertisement

ދަ ރިޖެންޓް އިންޓަރނޭޝަނަލް އެޕާޓްމެންޓް ބިލްޑިންގ --

15 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

އާބާދީއާ ތަރައްޤީ އެއް އިމާރާތަކަށް! މި އިމާރާތުގައި 20 ހާސް މީހުން ދިރިއުޅޭ!

އާބާދީއާ ތަރައްޤީ އެއްފަސްކުރުމުގެ ވާހަކައަކީ، ދިވެހިންނަށް އާވާހަކައެއް ނޫނެވެ. އެހެންނަމަވެސް އެއް ސިޓީއެއްގައި ދިރިއުޅޭ ވަރުގެ ބޮޑު އާބާދީއެއް އެންމެ އިމާރާތެއްގައި ދިރިއުޅޭ ވާހަކަވާނީ ދިވެހިންނަށް އާވާހަކައަކަށެވެ.

ޗައިނާގެ ގުއާންޒޫގައި ހުންނަ، ދަ ރިޖެންޓް އިންޓަރނޭޝަނަލް އެޕާޓްމެންޓް ބިލްޑިންގ އަކީ، ރާއްޖޭގެ އެއް އަތޮޅުގައި ދިރިއުޅޭ ވަރަށް ވުރެވެސް ބޮޑު އާބާދީއެއް ދިރިއުޅޭ އިމާރާތެކެވެ. އެ އިމާރާތުގައި ޖުމުލަ ވިހިހާހަށް ވުރެ ގިނަ މީހުން ދިރިއުޅެއެވެ. މިއީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން ދިރިއުޅޭ އެއް އިމާރާތަކަށް ވާނެއެވެ.

ދަ ރިޖެންޓް އިންޓަރނޭޝަނަލް އެޕާޓްމެންޓް ބިލްޑިންގގެ އުސްމިނަކީ، 206 މީޓަރެވެ. މިއިމާރާތުގައި 39 ފަންގިފިލާ ހިމެނެއެވެ. އަދި ބައެއް ބައިތަކުގައި 36 ފަންގިފިލާ ހުރެއެވެ. މިއީ އެކި ފަންތީގެ އެޕާޓްމަންޓްތައް ހިމެނޭ ޗައިނާގެ އެންމެ ބޮޑެތި އިމާރާތްތަކުގެ ތެރޭގައި ހިމެނޭ އެއް އިމާރާތެވެ. މިއިމާރާތުގެ ފައުންޑޭޝަނުގައިވެސް ދެލައްކަ ފަސްދޮޅަސް ހާސް އަކަ މީޓަރު ހުރެއެެވެ.

މިއިމާރާތް ފަރުމާކޮށްފައި ވަނީ އިމާރާތުން ބޭރަށް ނުގޮސްވެސް އާއްމު ދިރިއުޅުމުގެ ހުރިހާ ބޭނުންތަކެއް ފުއްދޭ ގޮތަށެވެ. މިގޮތުން މިއިމާރާތުގެ ތެރޭގައި ޝޮޕިން މޯލްތަކާއި، ސުޕަމާކެޓްތަކާއި، ރެސްޓޯރެންޓްތަކާއި، ކިޔަވައިދޭ ތަންތަނާއި، ބިއުޓީ ސެލޫންތަކާއި ސްޕާތައް އަދި ބާރ ވެސް ހުރެއެވެ.

އެޕާޓްމެންޓެއްގެ ބެލްކަނި ---

މިއިމާރާތުގައި ދިރިއުޅޭ ޖުމުލަ މީހުންގެ އަދަދު ކަށަވަރެއް ނުވެއެވެ. ބައެއް ފަރާތްތަކުން އަންދާޒާކޮށްފައި ވަނީ އެ އިމާރާތުގައި 10 ހާހާއި 30 ހާހާއި ދެމެދުގެ އަަދަދަކަށް މީހުން ދިރިއުޅޭނެ ކަމަށެވެ.

ޗައިނާގެ ހައުސިންގ ސިޔާސަތުތައް ބައްޓަންކޮށްފައި އޮންނަނީ ވީހާވެސް ގިނަ ބަޔަކަށް އެއްފުރާޅެއްގެ ދަށުން ބޯހިޔާވަހިކަން ދިނުމަށެވެ. ރާއްޖޭގައި ޗައިނާ ސަރުކާރުގެ އެހީގައި ހިންގި ހިޔާ މަޝްރޫޢަކީ، އޭގެ ކުޑަ މިސާލެކެެވެ. ހުޅުމާލެ ފޭސް 2 ގައި ހިޔާގެ 25 ބުރީގެ 16 ޓަވަރު އަޅާފައި ވާއިރު، ކޮންމެ ޓަވަރެއްގައި މަދުވެގެން 2000 މީހުން އުޅޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. އެހެންވީމާ ޗައިނާގެ، ދަ ރިޖެންޓް އިންޓަރނޭޝަނަލް އެޕާޓްމެންޓް ބިލްޑިންގައި ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ އަދަދާއި ގާތްކުރާ އަދަދަކަށް މީހުން އެބަ ދިރިއުޅެއެވެ.

ހުޅުމާލެ ފޭސް 2ގައި އަޅާފައިވާ ހިޔާގެ ޓަވަރުތައް --

އެއް އިމާރާތެއްގައި މިހާ ގިނަ އަދަދެއްގެ މީހުން ދިރިއުޅުމަކީ، ރައްކާތެރިކަމެއް ނޫންކަމަށް ބުނެ ބައެއް މީހުން ހިޔާލުފާޅު ކުރާއިރު، އަނެއް ބަޔަކު ބުނަނީ، އިޤުތިޞާދީ ހައްލުތަކަށްޓަކައި އެގޮތް ރަނގަޅު ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.