Advertisement

10 Mar 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

މިސް ވޯލްޑް 2024ގެ މަގާމު ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޒްކޯވާއަށް

މި އަހަރުގެ މިސް ވޯލްޑްގެ މަގާމު ޗެކް ރިޕަބްލިކްގެ ކްރިސްޓީނާ ޕިޒްކޯވާ ހޯދައިފިއެވެ. މިސް ވޯލްޑް 2024 އިއުލާން ކޮށްފައިވަނީ އިންޑިއާގެ މުމްބާއީގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ހާއްސަ ހަފްލާއެއް ގައެވެ

ޕިޒްކޯވާ މި އަހަރުގެ މިސް ވޯލްޑަށް ހޮވިފައިމިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 111 ބައިވެރިންނާ ވާދަކޮށްގެންނެވެ. އޭނާއަކީ ގާނޫނު ކިޔަވަމުންދާ ކުއްޖެކެވެ

މިސް ވޯލްޑް ހޮވަނީ ގިނަ ދާއިރާތަކަކުން ވާދަވެރިންގެ ހުނަރު ޓެސްޓު ކުރުމަށްފަހުއެވެ. އެގޮތުން ފިޓްނަސް އާއި ރީތިކަމާއި ހުނަރާއި އަދި ޕަބްލިކް ސްޕީކިންގެ ހުނަރުތައް ޓެސްޓުކޮށްފައިވެއެވެ. މި ނަތީޖާތަކަށް ބަލައި، މިސް ވޯލްޑާއި އެންމެ ކައިރިން ވާދަކުރާ 40 ނަމެއް، ހޮނިހިރު ދުވަހުގެރޭ ބޭއްވި ހަފްލާ ފެށިއިރު ވަނީ އިއުލާންކޮށްފައެވެ

ފުރަތަމަ އިއުލާންކުރި 40 ކުދިން ދެން މަދުކުރީ 12 އަށެވެ. އަދި އެއަށްފަހު 8 އަށެވެ. މި 8 ވާދަވެރިންނަށް ވަނީ ސުވާލާއި ޖަވާބުގެ ބުރެއް ބާއްވާފައެވެ. މި ބައިގައި ސުވާލުކޮށްފައިވަނީ މިފަހުން ބޭއްވި G20 ސަމިޓާ ގުޅިގެންނެވެ

އުމުރުން 23 އަހަރުގެ ޕިޒްކޯވާއަށް، އަންހެނުންގެ ސިއްހަތާ ގުޅުންހުރި މައްސަލައެއްގައި އެހެން މީހުން ދެކޭ ގޮތް ބަދަލުކުރާނެ ގޮތާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޭނާގެ ޖަވާބު އަމާޒުކުރީ އަންހެނުންގެ ޕީރިއަޑްސްއާއެވެ. ޖުމްލަ ގޮތެއްގައި އޭނާ ބުނީ، އަންހެނަކަށް ވުމަކީ ހަދިޔާއެއް ކަމަށާއި، ޕީރިއަޑްސްއަކީ އަންހެނުންނާ ގުޅިގެން މުޖުތަމައުއިން ދެކޭ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ

މިސް ވޯލްޑް މުބާރާތަކީ 1951 ގައި އިނގިރޭސިވިލާތުގައި ފެށި މުބާރާތެކެވެ. މި މުބާރާތް ކާމިޔާބުކުރި އެންމެ މަޝްހޫރު ދެ ފަރާތަކީ، އިންޑިއާގެ ފިލްމީ ތަރިން ކަމުގައިވާ އައިޝްވާރިޔާ ރާއި (މިސް ވޯލްޑް 1994) އާއި ޕްރިޔަންކާ ޗޯޕްރާ (މިސް ވޯލްޑް 2000)އެވެ

ތާވަލު ނުކުރެވުމުގެ ސަބަބުން މިދިޔަ އަހަރުގެ މިސް ވޯލްޑް ކޮންޓެސްޓް ބާއްވާފައެއްނުވެއެވެ. އެހެންކަމުން، އެންމެ ފަހުގެ މިސް ވޯލްޑަކީ މާޗު 2022 ގައި އެ މަގާމު ހާސިލްކުރި ޕޮލަންޑުގެ ކެރޮލީނާ ބޮލޯސްކާއެވެ

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.