Advertisement

ކްރެޑިޓޯ އެމިލިއާނޯ ބޭންކުގެ ޗީޒް ރައްކާކުރާ ވެއާ ހައުސް --

18 Mar 2024
ލައިފްސްޓައިލް
ޢަލީ ސުލައިމާން

ރަހުނުގެ ގޮތުގައި ޗީޒް ބަހައްޓާފައި ލޯނުދޭ ބޭންކެއް!

ޗީޒަކީ ޔޫރަޕްގެ މީހުންނާއި، މެދު އިރުމަތީގެ މީހުންގެ ކެއުމުގައި އަސާސީ އަދި މައިގަނޑު ބާވަތެކެވެ. އެހެންވެ ޔޫރަޕްގެ ހަޟާރަތްތަކުގައި ޗީޒްވެފައި ވަނީ މުހިއްމު އަދި ހަމައެހާމެ އަގުހުރި މުދަލަކަށެވެ.

އިޓަލީއަކީ، ޗީޒް އުފެއްދުމާއ ބޭނުން ކުރުމުގެ ދިގު ތާރީޚެއް އޮތް ޤައުމަކަށް ވާއިރު، ގަދީމީ ޒަމާނުންސުރެ އެމަސައްކަތް އެމީހުންގެ ތެރޭގައި ވަނީ ދެމިގެން އައިސްފައެވެ. އަދި ޗީޒަކީ ކެއުމުގައި ބޭނުންކުރާ އަސާސީ ބާވަތަކަށް ވުމާއިއެކު ހުރިހާ ޒަމާނެއްގައިވެސް އެއަށް ޑިމާންޑް އޮވެއެވެ. އެހެން ނަމަވެސް ކުދިކުދި ފާމްތަކާއި ފެކްޓްރީތައް ހަދައިގެން މަސައްކަތް ކުރާ މީހުންނަށް އޮތް ދައްޗަކީ، އެމީހުންގެ ވިޔަފާރިތައް ފުޅާކުރުމަށް ލޯނު ލިބޭނެ ގޮތެއް ނެތުމެވެ. އަދި ލޯނެއް ނަގަން އެމީހުންގެ އަތުގައި ރަހުނު ކުރާނެ އަގުހުރި މުދަލެއް ނެތުމެވެ.

އިޓަލީގެ ކްރެޑިޓޯ އެމިލިއާނޯ ބޭންކަކީ، ރަހުނުގެ ގޮތުގައި ޗީޒް ބަހައްޓާފައި ދަނޑުވެރިންނަށް ލޯނުދޭ ބޭންކެކެވެ. މިބޭންކް ހުންނަނީ އިޓަލީގެ އެމިލިއާނޯ ގައެވެ.

ކްރެޑިޓޯ އެމިލިއާނޯ ބޭންކުން ރަހުނުގެ ގޮތުގައި ޗީޒް ބަހައްޓައި ލޯނު ދޫކުރަން ފަށާފައި ވަނީ އެއީ ރަނގަޅު އިންވެސްޓްމެންޓަކަށް ވާތީއެވެ. އެސަރަހައްދުގައި އުފައްދާ،  ޕަމިގިއާނޯ ރެއްގިއާނޯ ޗީޒަކީ، ދޮޅު އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ރައްކާކޮށްފައި ބެހެއްޓޭ އެއްޗެކެެވެ. އަދި އެޗީޒަކީ އެންމެ މޮޅު ޗީޒަށް ވާއިރު، ޕަމިގިއާނޯ ރެއްގިއާނޯ ޗީޒްގެ އެއްމެ ވީލެއްގެ އަގުވެސް އެތައް ހާސް ޑޮލަރަކަށް އަރައެވެ.

މައުރޯ ރެއްސީއަކީ ވެސް އިޓަލީގެ އެމިލިއާނޯ ސަރަހައްދުގައި ޗީޒް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ އުފައްދަނީ، ޕަމިގިއާނޯ ރެއްގިއާނޯ ޗީޒެވެ. އެއީ ޗީޒްގެ ރަސްގެފާނުގެ ނަންދެވިފައިވާ ޗީޒަށް ވާއިރުމ މައުރޯގެ ފެކްޓްރީގައި ދުވާލެއްގެ މައްޗަށް އެބާވަތުގެ ޗީޒްގެ 60 ވީލް އުފައްދާ، އެއީ ގާތްގަނޑަކަށް އަހަރެއްގެ މައްޗަށް 20000 ޗީޒް ވީލެވެ.

ކްރެޑިޓޯ އެމިލިއާނޯބޭންކަށް އޭނާ ހުށައެޅީ، ލޯނުގެ ރަހުނުގެ ގޮތުގައި ޗީޒް ބެހެއްޓުމަށެވެ. އެކަން ބޭންކުން ބަަލައިގަނެފައިވާއިރު، މިހާރު އެހެން ކަސްޓަމަރުންގެ ޗީޒްތައްވެސް ރަހުނުކޮށް އެބޭންކުން ބަލަހައްޓަމުން ގެންދެއެވެ. މިގޮތުން ރަހުނު ކުރާ ޗީޒް ވީލްތައް ރައްކާކޮށްފައި ބަހައްޓަނީ އެކަމަށް ޚާއްސަ ގުދަނެއްގައެވެ. އެ ތަނުގައި ބޭންކުގެ ކަސްޓަމަރުން ރަހުނުގެ ގޮތުގައި ބަހައްޓާފައިވާ 3 ލައްކައަށް ވުރެ ގިނަ ޗީޒް ވީލް ހުރި އިރު، އެ ތަކެތީގެ އަގަކީ ގާތްގަނޑަކަށް 160 މިލިއަން ޔޫރޯއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.