Advertisement

15 Feb 2024
ލައިފްސްޓައިލް

ޗާލު: މޮޑެސްޓް ހިޖާބު އަޅާނެ ގޮތް

'ޗާލު' ޕްރޮގްރާމަކީ 'ނޫން' އިން އެކްސްކުލޫސިވްކޮށް ގެނެސްދޭ ލައިފް ސްޓައިލްސްއަށް ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ގެނެސްދީފައިވަނީ މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދެވެ. ކުރު ވީޑިއޯތަކަކަށް ބަހާލައިގެން ގެނެސްދޭ ޗާލު ޕްރޮގްރާމްގެ އެކި ސެގްމަންޓުތައް ހިމެނެއެވެ. އެގޮތުން، ފެޝަން، ލައިފް ސްޓައިލްސް، އަދި އެ އިރެއްގެ ޓްރެންޑާއި ގުޅޭ ކަހަލަ ޕްރޮގްރާމަކަށް މި ޕްރޮގްރާމް ވެގެން ދާނެއެވެ. ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ވީޑިއޯތައް ހާއްސަކޮށްލާފައިވަނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ.

ފުރަތަމަ ވީޑިއޯގައި ހިޖާބު ސްޓައިލްކޮށްދީފައިވަނީ އަޅުގަނޑުމެންގެ ހޮސްޓު ރިޒްނާއެވެ. ނަމަވެސް، ކުރިއަށްހުރި ވީޑިއޯތަކުން ރާއްޖޭގެ މަޝްހޫރު އެހެނިހެން އާޓިސްޓުން ވެސް ފެނިގެންދާނެއެވެ. ބޭނުމަކީ އެކި ކަހަލަ ތަފާތު ސްޓައިލްތައް ތި އެންމެހާ ފަރާތްތަކާއި ހަމައަށް ގެނެސްދިނުމެވެ.

ފުރަތަމަ ވީޑިއޯގައި ގެނެސްދީފައިވަނީ މޮޑެސްޓް ސްޓައިލެކެވެ. އަދި މި ސްޓައިލް ކޮންމެ ވައްތަރެއްގެ ހިޖާބު މެޓީރިއަލް އަކުން ވެސް އެޅިދާނެއެވެ. މި ވައްތަރު ސްޓައިލް ކޮށްލާނެގޮތް ވީޑިއޯގައި ވަރަށް ސާފުކޮށް ރިޒްނާ ވަނީ ކިޔައިދީފައެވެ. އަދި މި ސްޓައިލް މޮޑެސްޓްކޮށް، އިވެންޓަކަށް ނުވަތަ ފޯމަލްކޮށް އަޅާއިރު އެޑްޖަސްޓް ކުރަންވީ ގޮތާއި، އިތުރަށް ބޭނުންނަމަ، ކުޑަކުޑަ ޓްވިސްޓެއް ހިޖާބް އެޅުމުގައި ގެނެވިދާނެ ގޮތެއް ވެސް ރިޒްނާ ކިޔައިދީފައިވެއެވެ. 

މޮޑެސްޓް ހިޖާބު ސްޓައިލް

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.