Advertisement

21 Mar 2024
ލައިފްސްޓައިލް

ކަންފަތުލާ އެއްޗަކާއެކު ހިޖާބު ސްޓައިލްކުރާނެ ގޮތް

'ޗާލު' ޕްރޮގްރާމަކީ 'ނޫން.އެމްވީ' އިން އެކްސްކުލޫސިވް ކޮށް ގެނެސްދޭ ލައިފް ސްޓައިލްސް އަށް ހާއްސަ ޕްރޮގްރާމެކެވެ. މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދު ގެނެސްދޭ މި ޕްރޮގްރާމްގެ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ވީޑިއޯތައް ހާއްސަކޮށްލާފައިވަނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ.

ހަތަރުވަނަ ވީޑިއޯގައި ހިޖާބު ސްޓައިލް ގެނެސްދިނުމަށް ބައިވެރިވަނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެންގެ މަގުބޫލުކަން ހޯދާފައިވާ މޭކަޕް އާޓިސްޓެއް އަދި ހިޖާބް ސްޓައިލިސްޓެއް ކަމުގައިވާ މިދޫއެވެ. މިދޫ މި ގެނެސްދޭ ސްޓައިލަކީ ޕާޓީ އަދި ވެޑިންގްތަކާއި ގުޅޭ ޗާލު ސްޓައިލެކެވެ. މިދޫ ބުނީ މިއީ މިދޫ އަށް ވެސް ވަރަށް ހާއްސަ ސްޓައިލްތަކެއް ކަމަށާއި މިއީ ޕާސަނަލް ފެވަރިޓް ސްޓައިލް ކަމުގައެވެ. އަދި އެންމެ ގިނަ ކުދިންގެ ރިކުއެސްޓު އަންނަ ސްޓައިލްކަން ވެސް މިދޫ ފާހަގަ ކުރިއެވެ. އަދި މިއީ ކަންފަތް ނުދައްކާ ކަންފަތުގައި ލައްވާ އެއްޗެހި ބޭނުންކޮށްލެވޭ ސްޓައިލަކަށް ވުމުން ގިނަ ބަޔަކަށް މި ސްޓައިލް ކޮމްފޮޓެބަލް ވާކަމުގައި މިދޫ ފާހަގަކުރިއެވެ.

މި ވީޑިއޯގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ މީސަމްއެވެ. މީސަމްއަކީ ކުރިއަރަމުން އަންނަ މަޝްހޫރު މޮޑެލްއެކެވެ. މިދޫ ގެނެސްދޭ މި ސްޓައިލް ފަށަނީވެސް ހިޖާބުގެ ނުފުށުންނެވެ. އަދި މި ސްޓައިލް މިދޫ ގެނެސްދީފައިވަނީ ޝިފޯން މެޓީރިއަލްގެ ޝޯލްއެއް ބޭނުންކޮށްގެންނެވެ. މިދޫ ބުނީ ޝިފޯން މެޓީރިއަލް ނޫނަސް، ތަންކޮޅެއް މަޑު، ފްލޯއީ މެޓީރިއަލްއަކުން މި ސްޓައިލް އަށް ހިޖާބު އެޅިދާނެ ކަމަށެވެ. ނަމަވެސް، ޓީޝާޓު، ޖާޒީ ފަދަ މެޓީރިއަލްތަކުން މި ސްޓައިލަށް ހިޖާބު އެޅުމަށް އުނދަގޫވާނެކަން މިދޫ ފާހަގަ ކުރިއެވެ. މި ސްޓައިލަކީ ޗާލު ޕްރޮގްރާމުގައި ގެނެސްދިން ސްޓައިލްތަކުގެ ތެރެއިން ގިނަބަޔަކަށް އެންމެ ކަމުދިއަ އެއް ސްޓައިލެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 May 2024
ޚަބަރު
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
03 May 2024
ޚަބަރު
ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.