Advertisement

28 Feb 2024
ލައިފްސްޓައިލް

ޗާލު: ކޮންމެ ދުވަހަކުވެސް ކޮޓޮން ޝޯލެއް އަޅާލެވިދާނެ

'ޗާލު' ޕްރޮގްރާމަކީ 'ނޫން.ޑޮޓް.އެމް.ވީ' އިން އެކްސްކުލޫސިވް ކޮށް ގެނެސްދޭ ލައިފް ސްޓައިލްސް އަށް ހާއްސަ ޕްރޮގްރާމެކެވެ. މަޝްހޫރު މޭކަޕް އާޓިސްޓު ރިޒްނާ އަހުމަދު ހޮސްޓު ކޮށްދޭ މި ޕްރޮގްރާމްގެ ފުރަތަމަ ސެގްމަންޓުގައި ހިމެނޭ ވީޑިއޯތައް ހާއްސަކޮށްލާފައިވަނީ އެކިއެކި މުނާސަބާތަކާއި ގުޅުވައިގެން އަމިއްލައަށް ގޭގައިވެސް ވަރަށް ރީއްޗަށް ހިޖާބު އެޅިދާނެ ސްޓައިލްތަކަކަށެވެ. އެގޮތުން، ދެވަނަ ވީޑިއޯގައި ހިޖާބު ސްޓައިލް ގެނެސްދިނުމަށް ބައިވެރިވެފައިވަނީ ކްލެރިސާ މޯލްޑިވްސް އިންނެވެ.

ކްލެރިސާ މޯލްޑިވްސް އަކީ ދެ އަންހެން އާޓިސްޓުން 2011 ވަނަ އަހަރު ފެށި މަސައްކަތެކެވެ. މި މަސައްކަތް އިތުރަށް ފުޅާވެ، ފަހުން ވަނީ މޮޑެސްޓު ކްލޯތިންގ ބްރޭންޑަކަށް ބަދަލުވެފައެވެ. މި ވީޑިއޯގައި މުޅިން އައު ހިޖާބު ސްޓައިލެއް ގެނެސްދިނުމަށް ކްލެރިސާ މޯލްޑިވްސްގެ ފަރާތުން ބައިވެރިވަނީ ނިއުމާއެވެ. ނިއުމާ ގެނެސްދޭ ސްޓައިލަކީ ކޮޓޮން ޝޯލެއް ބޭނުންކޮށްގެން އާއްމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އަޅާލެވިދާނެ ކަހަލަ ސްޓައިލެކެވެ. މި ވީޑިއޯގައި މޮޑެލްއެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޓިކްޓޮކްގައި މަޝްހޫރު ތަރިއެއް ކަމުގައިވާ އުޝީއެވެ.

ޗާލު ހިޖާބު ސްޓައިލްސް | ކޮޓޮން ޝޯލް ސްޓައިލް ފޯ އެވްރިޑޭ

ކޮޓޮން މެޓީރިއަލްގެ ޝޯލްއެއް މި ހިޖާބު ސްޓައިލިންގ އަށް ބޭނުންކޮށްލީ ކީއްވެތޯ އެހުމުން، ނިއުމާ ބުނީ ކްލެރިސާ އިން ލިބޭ މި ޝޯލަކީ ސައިޒް ބޮޑު، މޮޑެސްޓުކޮށް އަޅަން ބޭނުންވާ ކުދިންނަށް ވެސް ފަސޭހައިން އެޅޭނެ މެޓީރިއަލްއެއް ކަމަށެވެ. އަދި އާއްމުކޮށް އަޅައިގެން އުޅޭއިރު ވެސް މިއީ ވަރަށް ފަސޭހަ، ކޮމްފޮޓެބަލް މެޓީރިއަލްއެއް ކަމުގައި ނިއުމާ ބުންޏެވެ. މި ސްޓައިލް އަކީވެސް ވަރަށް ޗާލު، ހިޖާބު އަޅުއްވާ ފަރާތްތަކުން ޓްރައިކޮށްލަން ރަނގަޅު ސްޓައިލެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 May 2024
ޚަބަރު
ތ. ކަނޑޫދޫގައި ގަދަ ވަޔާއި އެކު ވެއްޓުނު ފާރެއްގެ ދަށުވެ ކުޑަ ކުއްޖަކު ޒަޚަމްވެއްޖެ
ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާން ވިދާޅުވީ، ޒަޚަމްވި ކުޑަކުއްޖާ މިވަގުތު އޮތީ ކަނޑޫދޫ ސިއްޙީ މަރުކަޒުގައި ކަމަށެވެ. މިވަގުތު މޫސުމް ގޯސްވުމުގެ ސަބަބުން އެކުޑަކުއްޖާ އިތުރު ފަރުވާއަށް އަތޮޅު ހޮސްޕިޓަލަށް އަދި ރަށުން ބޭރަށް ގެންދިޔުމަށްވެސް ދަތިވެފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ.
17 May 2024
ޚަބަރު
ބ އަތޮޅުން ފެށިގެން ދެކުނުގެ ހުރިހާ އަތޮޅަކަށް ޔެލޯ އެލާޓް!
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިރޭގެ، 12:00 އާއި ދެމެދު ބޯކޮށްވާރޭ ވެހި 25 މޭލާއި 30 މޭލާއި ދެމެދަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެކަމަށެވެ.
17 May 2024
ޚަބަރު
ބޯޯ ވިއްސާރަޔާއި އެކު މާލޭގައި ފެންބޮޑުވެ ސިފައިން ފެން ހިންދުމުގެ މަސައްކަތް ފަށައިފި
މާލެ ސަރަހައްދަށް ބޯކޮސް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އިތުރުން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައިވެސް ވަނި ފެންބޮޑުވެފައެވެ. އެމްއެންޑީއެފުން ވިދާޅުވީ، މާލޭގައި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ޕަންޕް ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ސިފައިން މިހާރު ފަށާފައިވާ ކަމަށެވެ.
17 May 2024
ޚަބަރު
އެޕޯލޯ ޓަވަރުގެ ފެންސްތަކުގެ ބައެއް ވެއްޓުމާއި ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ރީތިގަސް މަގު ބަންދުކޮށްފި
ހުޅުމާލެ ފޭސް 1 ގެ ރީތިގަސް މަގަށް ވާގޮތަށް އިމާރާތް ކުރަމުން އަންނަ އެޕޯލޯޓަވަރުގެ އިމާރާތް ކުރުމުގެ މަސައްކަތަށް ޖަހާފައިވާ ސޭފްޓީ ފެންސާއި، އެފެންސް ޖެހުމަށް ބޭނުންކޮށްފައިވާ ދަގަނޑުހޮޅިތައް ވެއްޓުނީ، އިރު އޮއްސުނު ވަގުތު ޖެހުނު ކޮޅިގަނޑުގައެވެ.