ދިވެހި ފިލްމީ ފަންނާނުން ފަލަސްތީނަށް އެހީވުމަށް ބޭއްވި ހަރަކާތްތަކުން 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި
ފަލަސްތީނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުގައި އެކި ހަރަކާތްތައް ކުރިއަށް ދާއިރު މި ހަރަކާތްތަކުގައި އެކިއެކި ކުންފުނިތަކާއި ގުރޫޕުތަކުން ދަނީ ގުޅެމުންނެވެ. އެގޮތުން ދިވެހި ފިލްމީ ފަންނާނުން މިދިއަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ފެށި ހަރަކާތްތައް މިމަހުގެ 03 ވަނަ ދުވަހުގައި ނިންމާލިއިރު ޖުމްލަ 685،651.90 ރުފިޔާ ވަނީ ހޯދާފައެވެ.