Advertisement

ނިއު ޔޯކްގައި ފަލަސްތީނުގެ ރައްޔިތުންނަށް ސަޕޯޓު ކުރުމަށް ބޭއްވި އެއްވުން ---

11 Nov 2023
ދުނިޔެ

ޣައްޒާގެ ސިއްހީ ހިދުމަތްދޭ ގިނަ ތަންތަނަށް އިސްރާއިލުން ދަނީ ހަމަލާދެމުން: ދުވަސް 35

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 35 ވަނަ ދުވަސް، 10 ނޮވެމްބަރ 2023ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ އޮފިޝަލުން ހާމަކުރާ ގޮތުގައި އަލް ޝިފާ އާއި އަލް ޤުދުސް ހޮސްޕިޓަލް ހިމެނޭހެން ޣައްޒާގެ މެޑިކަލް ފެސިލިޓީތަކަށް ގިނަ ހަމަލާތަކެއް ދިނުމަށްފަހު، އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގެ ބައެއް ހޮސްޕިޓަލްތަކަށް އަރައިގަނެފައިވޭ.

🔴 އިސްރާއީލުގެ އަސްކާރިއްޔާއިން އަލް ޝިފާ ހޮސްޕިޓަލަށް ހަމަލާދިން ނަމަވެސް، ހޮސްޕިޓަލުގެ މުވައްޒަފުން ބަލި މީހުންނަށް ހިދުމަތް ކުރުމުގައި ދެމިތިބޭނެކަމަށް ހޮސްޕިޓަލްގެ ޑިރެކްޓަރ މުޙައްމަދު އަބޫ ސަލްމިޔާ ބުނެފައިވޭ. މީގެ އިތުރުން، އދ. ގެ ސެކިއުރިޓީ ކައުންސިލްގައި ވޯލްޑް ހެލްތް އޯގަނައިޒޭޝަންގެ ވެރިޔާ ހާމަކޮށްފައިވާ ގޮތުން، ހޮސްޕިޓަލްތަކަށް މި ވަރަށް ހަމަލާ ދިނުމަކީ ދުވަހަކުވެސް ހީކުރި ގޮތެއް ނޫންކަމަށާއި، ހަނގުރާމަ ހުއްޓާލުމަށް އޭނާ އަނެއްކާވެސް ގޮވާލާފައިވޭ.

🔴 މިކަމުގެ ރައްދުގައި އިސްރާއީލް ސިފައިންގެ ތަރުޖަމާނެއް ބުނެފައިވަނީ، ހަމާސް އިން ހޮސްޕިޓަލްތަކުން ހަމަލާދޭނަމަ، އިސްރާއީލް ސިފައިން ހޮސްޕިޓަލްތަކަށް ހަމަލާ ދިނުމުގައި ދެމިތިބޭނެ.

🔴 އިސްރާއީލުން މެދުކެނޑުމެއްނެތި ކުރިޔަށް ގެންދާ ހަމަލާތަކުގައި ޣައްޒާ ސިޓީގެ އަލް-ބްރާޤް ސްކޫލަށް ދިން ހަމަލާއެއްގައި މަދުވެގެން 50 މީހަކު މަރުވެފައިވޭ. މީގެ އިތުރުން ޖަބަލިއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 3 މީހަކު އަދި އަލް-ބްރޫޖް ރެފިއުޖީ ކޭމްޕަށް ދިން ހަމަލާތަކުގައި 3 މީހަކު މަރުވެފައިވޭ.

🔴 ފަލަސްތީނުގެ މީހުން ތިބީ ޣައްޒާގައި ތާށިވެފައިކަމަށް ބުނާ ބުނުން އިސްރާއިލުން ދޮގުކޮށްފައިވޭ. އަދި އެމީހުން ބުނީ ފާއިތުވި 2 ދުވަހު ވެސް ފަލަސްތީނުގެ 100،000 އަށް ވުރެން ގިނަ މީހުން ޣައްޒާގެ އެހެން ސަރަހައްދުތަކަށް ހިޖުރަކޮށްފައިވާ ކަމަށް. ހަގީގަތް އޮޅޭ ގޮތަށް އިސްރާއީލުން ކަންކަން ފަތުރަން މަސައްކަތް ކުރިނަމަވެސް، ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ ގެދޮރު ދޫކޮށް މި ދާން ޖެހުނީ، އެ މީހުންގެ ގެދޮރު ނެތިކޮށް، އަދި ގެއިން ނިކުތުމަށް އަމުރުކުރަމުން ދާ ދުވަސްވަރެއްގައި.

🔴 ހަނޑުރާމައަށްފަހު ޣައްޒާ ސިޓީ އިސްރާއީލުގެ ބެލުމުގެ ދަށަށް ގެންދާނެކަމަށް ނަތަން ޔާހޫ ވަނީ އިއްޔެ ބުނެފައި.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.