Advertisement

ޖާނަލިސްޓް ޤާލިއާ ހަމަދު

21 Nov 2023
ދުނިޔެ

ހަނގުރާމައިގައި މިހާތަނަށް 50 ނޫސްވެރިއަކު މަރުވެއްޖެ: ދުވަސް 45

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 45 ވަނަ ދުވަސް، 20 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴  ވައިޓް ހައުސް އިން ހާމަކޮށްފައިވާ ގޮތުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމުގެ މަޝްވަރާތަކަށް ކުރިއެރުންތައް ލިބިފައިވޭ. ނަމަވެސް އެއްވެސް ކަމެއް އަދި ފައިނަލް ނުވޭ.

🔴 ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމާ ގުޅޭ ގޮތުން ރެޑް ކްރޮސްގެ ރައީސް މިރްޖާނާ ސްޕޮލްޖަރިޗް އެގާރ ވަނީ ހަމާސްގެ ލީޑަރު އިސްމައިލް ހަނިޔޭ އާ ބައްދަލުކޮށްފަ. މީގެ އިތުރުން، ޤަތަރުގެ ސަރުކާރާވެސް މި މައްސަލައާ ގުޅޭގޮތުން އެގާރ މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި.

🔴 އިސްރާއީލް-ހަމާސް ގެ ހަނގުރާމަ 7 އޮކްޓޯބަރުގައި ފެށިފަހުން މިހާތަނަށް 50 ނޫސްވެރިއަކު މަރުވެފައިވާކަމަށް ނޫސްވެރިން ރައްކާތެރިކުރާ ކޮމިޓީ، "ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް" އިން ބުނެފި. މީގެ ތެރޭގައި ފަލަސްތީނުގެ 45 ނޫސްވެރިއަކާއި، އިސްރާއީލުގެ 4 ނޫސްވެރިއަކާއި އަދި ލުބުނާނުގެ ނޫސްވެރިއަކު ހިމެނޭ.

🔴 ޣައްޒާގައި  ހުންނަ "އިންޑޮނޭޝިއަން ހޮސްޕިޓަލް" އަށް ދިން ހަމަލާއަކީ ވެސް އަލް-ޝިފާ ހޮސްޕިޓަލަށް ދިން ވަރުގެ ނުރައްކާތެރި ހަމަލާތަކެއްކަމަށް ޣައްޒާ ހެލްތު މިނިސްޓްރީގެ ތަރުޖަމާނު ބުނެފި. އަދި އެ ހޮސްޕިޓަލަށް ހަމަލާ ދޭން ފެށުމުގެ ކުރިން ރެޑް ކްރޮސްގެ އެހީގައި 200 ބަލިމީހުން ހޮސްޕިޓަލުން ނެރެވުނުކަމަށް ވެސް މައުލޫމާތު ދީފައިވޭ.

🔴 ރިޕޯޓުތައް ބުނާ ގޮތުން އަލް-ޝިފާ ހޮސްޕިޓަލަށް ދެމުން ގެންދާ ހަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާދޭ. އަދި ހޮސްޕިޓަލް ތެރޭގައި ތާށިވެފައި ތިބި މީހުންނަށް ނުނިކުމެވިފައިތިބީ ، ހޮސްޕިޓަލުގެ ބޭރުތެރެ ނާމާންކަމުންކަމަށް (އިސްރާއީލް ސިފައިންގެ ހަމަލާތަކުން) ވެސް މަޢުލޫމާތު ލިބޭ.

🔴 100 ސެނެޓަރުން ތިބޭ އެމެރިކާ ސެނެޓުގެ ދެވަނަ ސެނެޓަރަކު ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައިފި. ކުރިން މިކަމަށް ގޮވާލާފައިވަނީ ސެނެޓަރ ރިޗަޑް ޑާރބިން.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.