Advertisement

18 Nov 2023
ދުނިޔެ

އަލް-ޝިފާ ހޮސްޕިޓަލުގައި 7،000 އަށް ވުރެން ގިނަ މީހުން ތާށިވެފައި: ދުވަސް 42

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 42 ވަނަ ދުވަސް، 17 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴  އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލުގެ ވަށައިގެން ތިބެ ހަމަލާދެމުންދާތީ، އެ ހޮސްޕިޓަލުގައި 7،000 އެއްހާ މީހުން ތާށިވެފައި ތިބިކަމަށް ހޮސްޕިޓަލްގެ ޑައިރެކްޓަރ ހާމަކޮށްފި. މީގެ ތެރޭގައި ބަލިމީހުންނާއި، ސިއްހީ ޙިދުމަތްތެރިން އަދި އާންމުން ހިމެނޭ. އަދި މި ހޮސްޕިޓަލުގައި މަރުވި މީހުންގެ ހަށިގަނޑުތައް ހެލްތް މިނިސްޓްރީއަށް ނާންގާ ކޮންމެވެސް ތަނަކަށް ގެންދިއުމުން، ފަލަސްތީނުން އެކަން ކުށްވެރިކޮށްފި.

🔴 ޖަނަރޭޓަރުތައް ހިންގާނެ ތެޔޮ ނެތުމުން ފަލަސްތީނުގެ މުވާސަލާތީ ގުޅުން ކެނޑިފައި އޮތުމަށްފަހު ތެޔޮ ލިބި، މިހާރު އެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެއްޖެކަމަށާއި، މުޅި ޣައްޒާއަށް މުވާސަލާތީ ގުޅުން ކޮންމެވެސް ވަރަކަށް މިހާރު ލިގެންދާނެކަމުގައި މުވާސަލާތީ ގުޅުން ފޯރުކޮށްދޭ ކުންފުނި، ޕަލްޓެލް އިން ބުނެފި.

🔴 ޣައްޒާހެ ހެލްތް މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި، އަލް-ޝިފާ ހޮސްޕިޓަލުންގައި ދުވަސް ނުފުރާ ވިހެއުމަށްފަހު މަރުވި ކުދިންގެ އަދަދު 4 އަކަށް އަރައިފި.

🔴 ޣައްޒާގެ ކޮންމެ ތަނެއްގައި ތިއްބަސް ހަމާސްއަށް ހަމަލާ ދިނުމުގައި ފަސް ނުޖެހޭނެކަމަށް އިސްރޭލުގެ އަސްކަރިއްޔާއިން ބުނެފި.  އަދި އަލް-ޝިފާ ހޮސްޕިޓަލަށް ހަމަލާދެނީ ހޮސްޕިޓަލުގެ ތެރޭގައި ހަމާސްގެ ތަނެއް ހުންނަކަމަށް އިސްރާއީލުގެ އަސްކަރިއްޔާ އިން ތުހުމަތު ކުރާތީ.

🔴 ހިޒްބުﷲ އާއި އިސްރާއީލު ސިފައިންނާ ދެމެދު ބަދަލު ކުރަމުންދާ ހަމަލާތައް އަދިވެސް ދަނީ ކުރިޔަށް.

🔴 އޮކްޓޯބަރ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުގެ 12،000 އަށް ވުރެން ގިނަ މީހުން އިސްރާއީލުގެ ހަމަލާތަކުން މަރުވެފައިވާ ކަމަށް ޣައްޒާގެ މީޑިއާއިން ބުނޭ. އަދި މިހާރު ޣައްޒާގެ ހެލްތު ސިސްޓަމް މަސައްކަތް ކުރަމުން ނުދިއުމުގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު ކަށަވަރު ކުރުމަށް އުދަގޫތަކާ ކުރިމަތިވަމުން އަންނަކަމަށް ޣައްޒާގެ މީޑިއާއިން ބުނޭ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.