ޣައްޒާއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރެވޭނެ މަގެއް ފަހިކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި
ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ. ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ފަލަސްތީނުގެ މަޢުސޫމު ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތައް ވަނީ ކުއްވެރިކޮށްފައެވެ.