ފަލަސްތީން
ފަލަސްތީން
27 Oct 2023
ދުނިޔެ
އިންސާނީ އެހީގެ އެންމެ ކުޑަ މިންވަރު ވެސް ޣައްޒާއަށް ފޯރުކޮށްދެވެމުން ނުދޭ: ދުވަސް 20
އިސްރާއީލުން މިހާރު ދެމުންގެންދާ ބޮމުގެ ހަމަލާތަކުގައި މަރުވެފައިވާ ކަމަށް ބުނާ 7،028 ފަލަސްތީނު މީހުންގެ ނަމާއި އައިޑެންޓިފިކޭޝަން ނަންބަރު، ޣައްޒާގައި ހުންނަ ފަލަސްތީނުގެ ހެލްތު މިނިސްޓްރީން އާންމުކޮށްފި. މި ލިސްޓު ހާމަކުރީ ފަލަސްތީނުން މަރުވެފައިވާ މީހުންގެ އަދަދާ ގުޅިގެން އެމެރިކާއިން ސުވާލު އުފައްދާތީކަމަށް ބެލެވޭ.
26 Oct 2023
ޚަބަރު
ހަފްތާ ބަންދުގައި ފަލަސްޠީނަށް އެހީވުމަށް ބާއްވާ ގިނަ ހަރަކާތްތަކަކަށް އާބަންކޯއިން އެހީވަނީ
މި ހަފްތާ ބަންދުގައި ފަލަސްތީނަށް އެހީވުމަށް ހިންގޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާބަންކޯއިން ނިންމައިފިއެވެ.
26 Oct 2023
ދުނިޔެ
ޣައްޒާގެ ސިއްހީ ނިޒާމު މުޅިން ފުނޑުފުނޑުވެފައިވާ ހާލަތެއްގައި: ދުވަސް 19
ޣައްޒާގެ ސިއްހީ ނިޒާމު އޮތީ މުޅިން ފުނޑުފުނޑުވެފައިކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި. މިކަމާ ގުޅިގެން ޣައްޒާގެ އުތުރުގެ ކަމާލް އަދްވާން ހޮސްޕިޓަލުގެ ޑޮކްޓަރަކު ބުނީ، އެ ހޮސްޕިޓަލް ވެސް މިހާރު އޮތީ ސަހަރާއަކަށް ބަދަލުވުމުގެ މަގުމަތީގައިކަމަށް.
25 Oct 2023
ޚަބަރު
ފަލަސްޠީނު ރައްޔިތުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރަނީ
ޔަޙޫދީ އިސްރާއިލުން ހިންގަމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިތިބި ފަލަސްޠީނުގެ މުސްލިމުންނަށް 2 މިލިއަން މަސްދަޅު ހަދިޔާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމަވައިފިއެވެ.
25 Oct 2023
ދުނިޔެ
ހަނގުރާމައިގާ އެއްދުވަހާ އެންމެ ގިނައިން މީހުން މަރާލީ އިއްޔެ، އެއީ 700: ދުވަސް 18
ޣައްޒާއަށް ތެލާއި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ގޮވާލާފައި. އެ ޖަމްއިއްޔާއިން ބުނީ އެހެން ނޫންނަމަ ޣައްޒާގެ އެތައް ހާސް ބަލިމީހުންނެއްގެ ފުރާނައަސް ނުރައްކާ ކުރިމަތިވާނެކަމަށް.
24 Oct 2023
ދުނިޔެ
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 182 ކުޑަކުދިން ޝަހީދުކޮށްލާފައިވޭ: ދުވަސް 17
އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ވައިގެ މަގުން ހަމަލާތައް ދެމުން ދާއިރު، ގިނަ އަދަދެއްގެ މީހުން ބޯހިޔާވަހިކަން ހޯދައިގެން ތިބި އަލް-ޝަޓި ރެފިއުޖީ ކޭމްޕަށް އިއްޔެ ވަނީ ހަމަލާދީފައި. ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާ ކުޑަކުދިން.
23 Oct 2023
ދުނިޔެ
އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް އދ.ގެ 35 މުވައްޒަފުން މަރާލައިފި
އދ. ގެ އިންސާނީ އެހީ ދިނުމުގެ ގޮފި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)އިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ޣައްޒާއަށް އިޒްރާއީލުން ދެމުންދާ ހަމަލާތަކަށް 16 ދުވަސްވިއިރު، އިޒްރޭލުގެ ހަމަލާތަކުގައި މަރުވި އެ ޖަމާޢަތުގެ މުވައްޒަފުންގެ އަދަދު މިހާރު ވަނީ 35އަށް އަރާފައި ކަމަށެވެ.
23 Oct 2023
ޚަބަރު
ފަލަސްޠީން މައްސަލައިގައި ރާއްޖެއިން އދ. އަށް ކުއްލި މައްސަލައެއް
އިސްރާއީލުން ފަލަސްޠީނަށް މިހާރު ދެމުންދާ އުދުވާނީ ހަމަލާތަކާއި ގުޅިގެން އދ. ގެ އާންމު މަޖިލީހުގެ ޚާއްސަ ކުއްލި ބައްދަލުވެއް ބާއްވަން ދިވެހިރާއްޖެއިން އެދިއްޖެއެވެ.
23 Oct 2023
ދުނިޔެ
މިހާތަނަށް ފަލަސްތީނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ފާއިތުވި 24 ގަޑިއިރު: ދުވަސް 16
ފާއިތުވި 24 ގަޑިއިރަކީ، އޮކްޓޯބަރ 7 ގައި ޣައްޒާއަށް ހަމަލާތައް ދޭންފެށިފަހުން އެންމެ ލޭ އޮހޮރުވުން ގިނަ ވަގުތު. ފަލަސްތީނުގެ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި، މި މުއްދަތުގައި އިސްރާއީލުން 25 އަށް ވުރެ ގިނަ ރޮކެޓް ހަމަލާތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ދީފައިވާއިރު، މިހާތަނަށް 400 އަށް ވުރެން ގިނަ މީހުން މަރުވެފައިވާކަމަށް ކަށަވަރުވެފައިވޭ.
22 Oct 2023
ޚަބަރު
ފަލަސްތީން މައްސަލައާއި ގުޅޭ ގޮތުން އިންތިހާބީ ރައީސާއި އުރުދުގާން ފޯނުން މަޝްވަރާކުރައްވައިފި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޯނުން ގުޅުއްވައި ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
22 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 15
ޣައްޒާ ވަށާލާފައި ތިބި އިސްރާއީލު ސިފައިން އެ ރަށަށް ތެޔޮ އެތެރެކުރުން ހުއްޓުވުމާ ގުޅިގެން އ.ދ. އިން ކަނބޮޑުވުން ފާޅުކޮށްފައިވޭ. އަދި ޣައްޒާގެ ހޮސްޕިޓަލްތަކުގައި ހުރި ތެލުގެ ސަޕްލައި ހަލުވިކަމާއެކު ހުސްވަމުންދާތީ، ވިހެއުމަށްފަހު އެކި ފަރުވާތައް ދެމުންގެންދާ 130 ތުއްތު ކުދިންގެ ފުރާނަ ގެއްލިދާނެކަމުގެ އިންޒާރު މެޑިކަލް އެއިޑް ފޯ ފަލަސްތީނުން (އެމްއޭޕީ) އިން ދީފައިވޭ.
21 Oct 2023
ޚަބަރު
ރަފަހް ބޯޑަރު ހުޅުވައި އެހީގެ ތަކެއްޗާއި އެކު ފުރަތަމަ ޓްރަކްތައް ޣައްޒާއަށް ވަދެއްޖެ
އެހީގެ ތަކެއްޗާއިއެކު ޣައްޒާއަށް ވަނުމުގެ ފުރުޞަތު ފުރަތަމަ ދީފައި ވަނީ 20 ޓްރަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޣައްޒާގެ އާއްމުންނަށް ބޭނުންވާ އެންމެ އަސާސި ތަކެއްޗެވެ. ޣައްޒާ އާ މިސްރުގެ ރަފަހް ގުޅޭ ރަފަހް ކްރޮސިންގ މިއަދު ހުޅުވައި، އެހީގެތަކެތި ޣައްޒާއަށް ވައްދަން ފަށާފައި މިވަނީ، އިޒްރޭލުން ދެމުންދާ ވައިގެ ހަމަލާތަކާއި، ހިޞާރުގެ ސަބަބުން ޣައްޒާގެ 2.1 މިލިއަން ރައްޔިތުންނަށް އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވަނިކޮށެވެ.
21 Oct 2023
ދުނިޔެ
ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލައި މިސްރުގެ ރައްޔިތުން ތަހްރީރް މައިދާނަށް ނުކުމެއްޖެ
މިސްރުގެ ވެރިރަށް ޤާހިރާގެ މެދުތެރޭގައިވާ ތަހްރީރު މައިދާނަކީ، ރައްޔިތުން ނުކުމެ އިހްތިޖާޖުތައްކޮށް މިސްރަށް އިންޤިލާބީ ބޮޑު ބަދަލުތައް ގެނުވި މައިދާނެކެވެ. 2013 ވަނަ އަހަރުގެ ފަހުން ތަހްރީރް މައިދާނުގައި އެއްވުންތައް ބޭއްވުމަށް މިސްރު ސަރުކާރުން ފުރުޞަތެއް ނުދެއެވެ. އެހެންކަމުން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް މުގުރާލައި، މިސްރުގެ އާއްމު ރައްޔިތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ތަހްރީރް މައިދާނަށް އެއްވި މިއީ ފުރަތަމަ ފަހަރެވެ.
21 Oct 2023
ޚަބަރު
ފަލަސްޠީނަށް އެހީވުމަށް މަމްސް ޖަމިއްޔާގެ ޙާއްސަ ހަރަކާތެއް މިއަދު
ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް މަމްސް ޖަމުޢިއްޔާއިން އިސްނަގައިގެން ޙާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި ހަރަކާތް އޮންނާނީ މިއަދު ހުޅުމާލެ ރުއްގަނޑު 1 ގައެވެ. މި އިވެންޓުގެ ހޮސްޓިން ޕާޓުނަރަކީ އާބަންކޯއެވެ.
21 Oct 2023
ދުނިޔެ
ހަމާސް-އިޒްރޭލް ކުރިމަތިލުންތަކުގެ މައިގަނޑު ހާދިސާތައް: ދުވަސް 14
އ.ދ. އިން ހާމަކޮށްފައިވާ ގޮތުގައި އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި މަރުވި މީހުންގެ އަދަދު މިހާރު 4،137 އަށް އަރާފައިވޭ، އަދި މަރުވި މީހުންގެ ތެރެއިން 70 އިންސައްތައަކީ އަންހެނުންނާއި ކުޑަކުދިން. މީގެއިތުރުން، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ ގާތްގަނޑަކަށް 352 މީހުން މަރާލާފައި.
21 Oct 2023
ޚަބަރު
ފަލަސްޠީނާއި އެކު ދިވެހިން ތިބިކަން ހާމަކޮށް ބޮޑު ހިނގާލުމެއް މާލޭގައި ބާއްވައިފި
ރޭ އިރާކޮޅު މާލޭގައި ބޭއްވި މި ބޮޑު ހިނގާލުން ބޭއްވީ މަޖީދީމަގުގައެވެ. ކުޑަކުދިންނާއި އަންހެނުންނާއި އެކި އުމުރުގެ މީހުން ހިމެނޭގޮތުން މިހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ. ހިނގާލުމުގެ ބައިވެރިން ވަނީ ތަކުބީރު ކިޔައި އަދި ފަލަސްޠީނުގެ މިނިވަން ކަމަށާއި، ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު ބަލައި ނުގަތުމަށް ވަނީ ގޮވާލާފައެވެ.