Advertisement

ފަލަސްތީނާއިއެކު ތިބިކަމަށް ހާމަކުރުމަށް ޖަރުމަނުގެ ބާލިންގައި ކުރިޔަށް ދިޔަ އެއްވުމުގެ ތެރެއިން ---

09 Nov 2023
ދުނިޔެ

ހަނގުރާމައިގައި މިހާތަނަށް އދ. ގެ 92 މުވައްޒަފަކު މަރާލައިފި: ދުވަސް 33

މިއީ ހަމާސް އާއި އިޒްރޭލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 33 ވަނަ ދުވަސް،08 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ސީއައިއޭގެ ޑިރެކްޓަރު ބިލް ބާންސް މެދުއިރުމައްޗަށް މިހާރު ކުރަމުންދާ ދަތުރުގައި މިއަދު ގަތަރަށް ދަތުރު ކުރަން ނިންމާފައިވޭ. ރިޕޯޓްތައް ބުނާގޮތުން އޭނާ މަޝްވަރާ ކުރާނީ އަސީރުން ދޫކޮށްލަން އެއްބަސްވާނަމަ ވަގުތީގޮތުން ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން

🔴 އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިތިބި ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ހަމާސްގެ ލީޑަރަކު ގޮވާލައިފި. އަދި މިކަމާ ގުޅިގެން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ދޫކޮށްލުމަށް މަޝްވަރާ ކުރާން ތައްޔާރަށް ތިބިކަމަށް ހާމަކޮށްފައިވޭ. ނަމަވެސް އިސްރާއީލުގެ ޕްރައިމް މިނިސްޓަރ ނަތަން ޔާހޫ ބުނީ، ހަނގުރާމަ މެދުކަނޑާލުމަށް ވިސްނޭނީ އަމާސްއިން އަސީރުން ދޫކޮށްލުމުންކަމަށް.

🔴 އިސްރާއީލުން ދެމުންގެންދާ ބޮމުގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ގިނަ ބަޔަކު އެ ގައުމުގެ ދެކުނަށް ދިއުމަށް މިހާރު އަންނަނީ ދަތުރުކުރަމުން

🔴 ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި މިހާރު މިހާތަނަށް އދ. ގެ 92 މުވައްޒަފަކު މަރުވެފައިވާކަމަށް އެ ޖަމްއިއްޔާއިން ހާމަކޮށްފި. މިއީ މިފަދަ ހަނގުރާމައެއްގައި މިހާތަނަށް އެންމެ ގިނައިން އދ. ގެ މުވައްޒަފުން މަރުވި ފަހަރު.

🔴 ޣައްޒާގެ ކުޑަ ކުދިންގެ މެދުގައި ބަނޑުހައިހޫނުކަމާއި ޑީހައިޑްރޭޝަން އަދި ގިނަ ބަލިތަކެއް ފެތުރެމުންދާކަމަށް "ސޭވް ދަ ޗިލްރެން" އިން އިންޒާރުދީފި.

🔴 މި ހަނގުރާމައިގައި ޣައްޒާއިން މިހާތަނަށް މަރުވެފައިވާ މީހުންގެ އަދަދު 10،500 އަށް އަރާކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ހާމަކުރޭ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.