Advertisement

26 Nov 2023
ޚަބަރު

ދިވެހި ފިލްމީ ފަންނާނުން ފަލަސްތީނަށް އެހީވުމަށް ބޭއްވި ހަރަކާތްތަކުން 6 ލައްކަ އަށްވުރެ ގިނަ ރުފިޔާ ހޯދައިފި

ފަލަސްތީނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުގައި އެކި ހަރަކާތްތައް ކުރިއަށް ދާއިރު މި ހަރަކާތްތަކުގައި އެކިއެކި ކުންފުނިތަކާއި ގުރޫޕުތަކުން ދަނީ ގުޅެމުންނެވެ. އެގޮތުން ދިވެހި ފިލްމީ ފަންނާނުން މިދިއަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު ފެށި ހަރަކާތްތައް މިމަހުގެ 03 ވަނަ ދުވަހުގައި ނިންމާލިއިރު ޖުމްލަ 685،651.90 ރުފިޔާ ވަނީ ހޯދާފައެވެ.

'އިންސާނިއްޔަތަށްޓަކައި' ނަމުގައި ބޭއްވި މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރު، ޖަމްބަލް ސޭލް، މަސް ދަތުރުތައް އަދި ފިލްމު ފެސްޓިވަލް ވެސް ހިމެނެއެވެ. މިކަމުގައި ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެފައެވެ.

ފަންނާނުން އެއްކުރި ފައިސާ އޮލިމްޕަހުގައި މި މަހުގެ 23 ވަނަ ދުވަހު ބޭއްވި ހަފްލާއަކަށް ފަހު ވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާއި ހަވާލުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.