Advertisement

14 Nov 2023
ދުނިޔެ

ޣައްޒާގެ 7 ލައްކައަށް ވުރެން ގިނަ ކުޑަކުދިން ގެދޮރު ގެއްލި މަގުމަތިވެއްޖެ: ދުވަސް 38

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 38 ވަނަ ދުވަސް، 13 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴 ޣައްޒާގެ މެދުތެރޭގައި ހުރި ނުޒެއިރަތް ރެފިއުޖީ ކޭމްޕަށާއި ޑަޔަރ އަލް-ބަލާހް ރެފިއުޖީ ކޭމްޕަށް އިސްރާއިލުން ހަމަލާދީފި.

🔴 ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އެންމެ ފަހުން ދިން ހަމަލާތަކުގައި މަދުވެގެން 31 މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނޭ.

🔴 ޣައްޒާގައި ހުރި އެންމެ ބޮޑު ހޮސްޕިޓަލް ކަމުގައިވާ އަލް-ޝިފާ ހޮސްޕިޓަލް އިސްރާއީލުގެ ހަމަލާތަކުން ރައްކާތެރިކުރަން ޖެހޭކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ބުނެފި. ބައިޑަން މިހެން ބުނިއިރު ފަލަސްތީނުގެ އަރަބި ނަސްލު ނައްތާލުމަށް އިސްރާއީލަށް ވާގިވެރިވާކަމަށް ބުނެ، އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި އެމެރިކާ ސަރުކާރުގެ އެހެން މަތީ އޮފިޝަލުންގެ މައްޗަށް ފަލަސްތީނުން ވަނީ ދައުވާ އުފުލާފައި.

🔴 ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އަސްކަރިއްޔާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި ފަލަސްތީނުގެ 2 މީހަކު މަރާލާފައިވާކަމަށް ފަލަސްތީނުގެ ހެލްތް މިނިސްޓްރީއިން ރިޕޯޓުކޮށްފި.

🔴 ހަމާސްއިން ރަހީނުކޮށްފައިތިބި އަސީރުން ދޫކޮށްލުމަށް އެތައް ފަހަރަކު އިސްރާއީލާ ވާހަކަ ދައްކާފައިވާކަމާއި، ކޮންމެ ފަހަރަކު ވެސް ދެފަރާތުން އެއްބަސްވާގޮތަށް ކުރިޔަށް ގެންދާނެކަމަށް ބުނެ، ފަހު ވަގުތު އިސްރާއީލުން އެމީހުންގެ ހުށަހެޅުންތައް ބަދަލުކުރާކަމަށް ހަމާސްގެ ތަރުޖަމާނު ބުނެފި.

🔴 ޣައްޒާގެ 700،000 އަށް ވުރެން ގިނަ ކުޑަކުދިން ގެދޮރު ގެއްލި މަގުމަތިވެފައިވާކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ، ޔުނިސެފުން ބުނެފި.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.