Advertisement

އިސްރާއީލުން 21 ނޮވެމްބަރ 2023 ގައި ދިން ހަމަލާތަކެއްގައި ގިނަ އިމާރާތްތަކަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކެއް

22 Nov 2023
ދުނިޔެ

ހަތަރު ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 47 ވަނަ ދުވަސް، 22 ނޮވެމްބަރ 2023 ގެ ހެނދުނު 10:00 އާއި ހަމައަށް ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴  ޤަތަރު މެދުވެރިއަކަށްވެ، ހަމާސް އާއި އިސްރާއީލާއި ދެމެދު ކުރިޔަށް ގެންދިޔަ މަޝްވަރާތަކުން 4 ދުވަހަށް ހަނގުރާމަ މެދުކަނޑާލުމަށް އިސްރާއީލުން އެއްބަސްވެއްޖެ. ބަދަލުގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި 50 އަސީރުން ދޫކޮށްލުމަށް ހަމާސްއިން އެއްބަސްވެފައިވޭ. އިސްރާއީލް ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި 50 މީހުންގެ ތެރޭގައި ހިމެނޭނީ އަންހެނުންނާއި ކުޑަކުދިން. އަދި އިތުރަށް ދޫކޮށްލާ ކޮންމެ 10 އަސީރަކަށް، ހަނގުރާމަ މެދުކަނޑާލާފައިވާ މުއްދަތަށް 1 ދުވަސް އިތުރު ކުރާނެކަމަށް ވެސް އިސްރާއީލުން ބުނޭ. ޖުމްލަ 237 އަސީރުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބިކަމަށް ޙަބަރުތައް ބުނޭ.

🔴 މި އެއްބަސްވުމަށްފަހު ނަތަންޔާހޫ ބުނެފައިވަނީ، މެދުކެނޑުމަކަށްފަހު ހަނގުރާމަ އަލުން ފަށާނެކަމަށާއި، އަދި ހަމާސް އެއްކޮށް ނައްތާލާފައި ނޫނީ އެމީހުން ނުހުއްޓާނެ ކަމަށް.

🔴 އިސްރާއީލް ސިފައިން އަންނަނީ ހިފާފައިވާ ހުޅަނގު އައްސޭރީގައި ރެއިޑް އޮޕަރޭޝަންތައް ހިންގަމުން. އެގޮތުން ހެބްރަން އާއި ތުލްކަރެމްގައި ހުންނަ ދެއިޝެހް ރެފިއުޖީ ކޭމްޕް ވަނީ ބަލާފާސްކޮށްފައި.

🔴 ހިފާފައިވާ ހުޅަނގު އައްސޭރީގެ ވިލެޖެއް ކަމުގައިވާ އަޒުމްގައި އިސްރާއީލް ސިފައިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި 30 އަހަރުގެ ފަލަސްތީނުގެ މީހަކު މަރާލާފައިވާކަމަށް ރިޕޯޓުތައް ހާމަކޮށްފި.

🔴 އެމެރިކާއިން އިރާޤުގެ ދެ ސަރަޙައްދަކަށް ހަމަލާދީފި. އެމެރިކާއިން ބުނީ އެއީ ސީރިޔާ އަދި އިރާޤުގައި ތިބި އެމެރިކާ ސިފައިންނަށް އެކިފަހަރު މަތިން އިރާޤުގެ ޖަމާއަތްތަކާއި އިރާޤަށް ވާގިވެރިވާ ޖަމާއަތްތަކުން ހަމަލާދީފައިވާތީ އެކަމުގެ ބަދަލު ހިފުމެއް ކަމަށް.

🔴 އިސްރާއީލުން ދިން ހަމަލާއެއްގައި އިތުރު 2 ނޫސްވެރިއަކު މަރުވެފައިވާކަމަށް ފަލަސްތީނުގެ ނޫހަކުން ރިޕޯޓުކޮށްފި.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.