Advertisement

ފަލަސްޠީނަށް ތާއީދުކޮށް ޔޫރަޕްގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން --

22 May 2024
ދުނިޔެ
ޢަލީ ސުލައިމާން

ޔޫރަޕްގެ ތިން ޤައުމުކަމުގައިވާ އަޔަރލޭންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްޠީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

ޔޫރަޕްގެ ތިން ޤައުމުކަމުގައިވާ އަޔަރލޭންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްޠީން މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިކަން މިއަދު އިއުލާނުކޮށްފިއެވެ.

އަޔަރލޭންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްޠީނުގެ މިނިވަން ދައުަލަތް ޤަބޫލުކުރާކަން އިއުލާނު ކުރައްވައި، އަޔަރލޭންޑްގެ ބޮޑު ވަޒީރު ސިމޮން ހެރިސް ވިދާޅުވީ، އަދި ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށެެވެ،

ޔޫރަަޕްގެ ތިން ޤައުމަކުން، މިއަދު ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަަކަން ޢިއުލާނު ކުރި އިރު މިހާރުވެސް، އދ.ގެ މެމްބަރު 193 ގައުމުގެ ތެރެއިން 142 ގައުމަކުން މިހާރުވެސް ފަލަސްތީނުގެ ދައުލަތެއް ގަބޫލުކުރެ އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤަބޫލުކުރާކަން އަޔަރލޭންޑުން ޢިއުލާނު ކުރުމާއި އެކު އިޒްރޭލުން ވަނީ އެޤައުމުގައި ހުރި އިޒްރާއީލްގެ ސަފީރު އަނބުރާ ޤައުމަށް ގެނައުމަށް ނިންމާފައިވާ ކަންވެސް އިއުލާނުކޮށްފައެވެ.

ފަލަސްޠީނުގެ މައްސަލައަށް އޮތީ ދެދައުލަތުގެ ހައްލު ކަމުގައި ދުނިޔޭގެ ޤައުމުތަކުން ޤަބޫލު ކުރެއެވެ. މިގޮތުން 1967 ވަނަ އަހަރު ކަނޑައަޅާފައިވާ ބޯޑަރާއި ހަމައަށް އިޒްރާއީލް ފަހަތަށް ޖެހުމަށާއި، ހިފާފައިވާ ބިންތަކުން ފޭބުމަށާއި، ފަލަސްޠީނުގެ ދައުލަތުގެ ވެރިރަށަކީ އިރުމަތީ ޤުދުސް ކަމުގައި ހަމަޖެއްސުމަށް ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރާ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.

ފަލަސްޠީނުގެ ބިމުގައި އިޒްރާއީލުގައި އުއްފައްދާފައިވާ ޔަހޫދީ ދައުލަތަކީ، ދެވަނަ ބޮޑު ހަނގުރާމައަށް ފަހުގައި ޔޫރަޕުން ބޭރުކޮށްލި ޒަޔަނިސްޓުން އިނގިރޭސީންނާއި އެމެރިކާގެ އެހީއާއި އެކު، މެދު އިރުމަތީގައި އެޤައުމުގެ ބާރު ދެމެހެއްޓުމަށާއި، މެދު އިރުމަތީގައިވާ ތެލާއި ގޭހުގެ މުއްސަނދިކަމުގެ މައްޗަށް އަތް ގަދަ ކުރުމަށް އުފެއްދި ދައުލަތެކެވެ. ސަޙްޔޫނީ އިޒްރާއީލުން ވަނީ، ފާއިތުވި 75 އަހަރުގެ ތެރޭގައި ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް އެތައް ޤަޠުލްޢާއްމުތަކެއް ހިންގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.