Advertisement

ނަސްރް ހޮސްޕިޓަލްގެ ބޯހިޔާވަހިކަމުގައި ބޮޑު މީހަކާ ކުޑަ ކުއްޖަކު --- ފޮޓޯ: ރޮއިޓާސް

19 Nov 2023
ދުނިޔެ

ރެފިއުޖީ ކޭމްޕެއްގައި ހުރި 2 ސްކޫލަކަށް ހަމާލާދީ ގިނަ ބަޔަކު ގަތުލުކޮށްލައިފި: ދުވަސް 43

މިއީ ހަމާސް އާއި އިސްރާއީލު ސިފައިންނާ ދެމެދު ކުރިޔަށްދާ ހަނގުރާމައިގެ 43 ވަނަ ދުވަސް، 18 ނޮވެމްބަރ 2023 ގައި ހިނގާފައިވާ މައިގަނޑު ހާދިސާތަކުގެ އުސްއަލިތަކެވެ.

🔴  އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ އުތުރުން، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ އަލް-ފަޚޫރާ ސްކޫލަށް ވަނީ ހޮނިހިރު ދުވަހުގެ ހެނދުނު ހަމަލާދީފި. އަދި ހަމަ އެ ދުވަހު ތަލް އަލް-ޒާތަރް ކިޔާ އަވަށެއްގައި ހުންނަ ސްކޫލަކަށް ވެސް ހަމަލާދީފައި. މި ދެ ސްކޫލަކީވެސް އދ. ގެ ކަމާ ގުޅޭ އެޖެންސީއިން ހިންގާ 2 ސްކޫލް. މި ހަމަލާތަކުގައި 50 އަށް ވުރެން ގިނަ އާންމުން ވަނީ މަރުވެފައި. މީގެ އިތުރުން އިސްރާއީލް ސިފައިން ދަނީ އާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ބޮން އަޅަމުން.

🔴 އަލް-ޝިފާ ހޮސްޕިޓަލުން ނިކުތުމަށް އިސްރާއީލް ސިފައިން އެންގުމާ ގުޅިގެން، އެތާންގައި ބޯހިޔާވަހިކަން ހޯދަމުން ދިޔަ ގިނަ މީހުނާއި، ފަރުވާ ހޯދަމުން ދިޔަ ގިނަ މީހުން ވަނީ ހޮސްޕިޓަލް ދޫކޮށް ގޮސްފައި. އަދި މިހާރު ހޮސްޕިޓަލްގައި ތިބީ މަދު ބަޔަކު. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިޔު. އެޗް. އޯ. އިން އަލް-ޝިފާ ހޮސްޕިޓަލް މިހާރު ސިފަކުރަނީ "ޑެތު ޒޯން" އެއް ގޮތުގައި.

🔴 ޣައްޒާއަށް ސިޔާދަތީ ބާރު ހިންގަންވާނީ ފަލަސްތިނުގެ ސަރުކާރުންކަމަށް ބުނެ އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުށަހެޅި ހުށަހެޅުމަށް ނަތަންޔާހޫ ދެކޮޅު ހަދައިފި.

🔴 ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް އިސްރާއީލަށް ނުފޫޒު ފޯރުވުމަށް، ފަލަސްތީނުގެ ރައީސް މަހަމޫދު އައްބާސް އެމެރިކާގެ ރައީސްއަށް ގޮވާލައިފި.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.