ނާކާ
21 May 2024
ނާކާ
ނާކާ | އެޕިސޯޑު - 21
އެއީ ޖާގައިގައި އަށްފޫޓު ދިހަފޫޓު ހުރި ކޮޓަރިއެކެވެ. ކޮޓަރިއަށް ވަންނައިރު ކަނާތްފަޅިން ޖެހިގެން އެހުރީ ފާޚާނާއެވެ. ކުޑަ ތަންކޮޅެއް ކުރިއަށް ހިނގާލުމުން މުޅި ކޮޓަރި އެއްކޮށް ފެންނާނެއެވެ. ދެމީހަކަށް ނިދާލެވޭވަރުގެ ފުޅާ ޑަބަލް އެނދެއް ފާޚާނާގެ ބިތުގައި ޖެހޭގޮތަށް ބަހައްޓާފައިހުރިއިރު ކަނާތްފަޅީގައި ޑުރެސިންގް ޓޭބަލަކާއި އަލަމާރިއެއްވެސް ހުއްޓެވެ. އެނދާ އަލަމާރިއާ ދެމެދު އޮތް ޖާގަ ކޮޅަކީ މާލޭގެ ގެއެއްގެ ކޮޓަރިއަކާ ބަލާފައި ފުދޭވަރެއްގެ ތަންކޮޅެކެވެ.
08 May 2024
ނާކާ
ނާކާ | އެޕިސޯޑު - 20
އަފްސަލް ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނު ވަގުތު ފައުޒާ އަފްސަލްނެ މޫނަށް ބަލާލިއެވެ. އަފްސަލްގެ މޫނު ފައުޒާއަށް ރީއްޗަށް ފެނުނެވެ. "ކޮން ކުއްޖެއްތަ؟" ދެލޯ ކުޑަ ކޮށްލާފައި ފައުޒާގެ މޫނު ބަލާލެވޭތޯ އަފްސަލް ކައިރިވިއެވެ. ނަމަވެސް މަގުމަތީގެ އައްޔަށް ފުރަގަސްދީގެން އިނުމުން ފައުޒާގެ މޫނުމަތިވަނީ އޭނާގެ ހިޔަނިން އަނދިރިވެފައެވެ.
29 Apr 2024
ނާކާ
ނާކާ | އެޕިސޯޑު - 19
ނުވައެއް ޖަހަން ފަނަރަ މިނެޓަށް ވީއިރު ފޯނާ ކުޅެން ކަމަށް ހަދައިގެން ކޮޓަރީގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ފަތީންގެ ޙަޤީޤީ ސަމާލުކަން ހުއްޓިފައި ވަނީ މައިގެތެރޭގައި އޮތް އިބްރާހިމްއަށެވެ. ޓީވީއިން އަންނަ ފޯރިގަދަ ލަވައާ އެއްވަރަށް ފައިގެ ފަލަމަސްގަނޑުގައި އަތުގައި އޮތް ރިމޯޓުން ޖަހާލަ ޖަހާލަ އަރިއަކަށް އޮށޯވެގެން އޭނާ އޮތީ ސޯފާގައި އަތުގެ މުލައްދަނި ލައްގާލައިގެން ކަނދުރާގައި އެ އަތުގެ ހުދުހަން އަޅުވާލައިގެންނެވެ.
22 Apr 2024
ވާހަކަ
ނާކާ | އެޕިސޯޑު - 18
ރީތިވެލައިގެން އަލަމާރިމަތީގައި އޮތް ކިލަލުން ހަފުސްވެފައިވާ ކޮތަޅު ނަގާ އޭގެ އެތެރޭގައި އޮތް ދަބަސް އެނދުމައްޗަށް އެއްލާލީ އަވަސް ހަރަކާތްތަކެއްގައެވެ. އަލަމާރީގެ ދޮރު ހުޅުވާލާ އަންނައުނުތައް އަޅުވާފައިހުރި ކޮނޑުތައް ދެކޮޅަށް ދެކޮޅަށް ކަހާލުމަށްފަހު އެންމެ ރީތިކަމަށް ފެނުނު ދެތިން ގަމީހެއް ނަގާ އެނދުމައްޗަށް އެއްލާލީ ގަޑިއަށް ބަލާލަމުންނެވެ. ރީތި ލަވައެއްގެ ރާގު ތުނބުން ގޮއްވާލަމުން އަވަސްއަވަހަށް ފަތީން ތައްޔާރުވަމުން ދިޔައީ 11 ޖަހާއިރު ފުރަން ހަމަޖެހިފައިއޮތް ލޯންޗަށް ދިޔުމަށް ގެއިން ނައްޓާލުމުގެ ކުރިން ސައިބޮއިލާނެ ވަގުތު އޮއްވައި ކޮޓަރިން ނުކުމެވޭތޯއެވެ.
09 Apr 2024
ވާހަކަ
ނާކާ | އެޕިސޯޑު - 17
ޝިމާ ހުންނަންބުނި ގަސް ކައިރިއަށް ޖިޔާދުއާއި ސަހާ އައިސް ހުއްޓުނުއިރު ޝިމާ ފެންނާކަށް ނެތެވެ. ކަޅުފޮއި އަނދިރީގެ މިފަދަ ރެއެއްގައި މާދުރު ހިސާބުތަކެއް ނުވެސް ފެންނާނެއެވެ. "ގުޅާބަ ތިއްތައަށް.." ދެކޮޅު ބަލާލުމަށްފަހު ޖިޔާދު ބުނެލިއެވެ. "އަޅެ ކޮބާތަ؟" ފޯނު ނަގާ ޑައިލް ކޮށްލަމުން ސަހާ ވަރަށް ހާސްވެލާފައި ބުންޔެވެ.
02 Apr 2024
ވާހަކަ
ނާކާ | އެޕިސޯޑު - 16
ކަލޭގޮސް ކަލޭ ބަފާ ކައިރީ އަހާބަލަ ފަޒީން މަރުވިރޭ އޭނަ މިތާ ކުރީ ކީއްތޯ.. ކީއްވެގެންތޯ އަމިއްލަ ދަރިޔަކު މިކަހަލަ ތަނަކަށް އެ ދަންވަރު ގަޑީގަ ދޫކޮށްލާފަ ދިޔައީ.. އަހާބަލަ ގޮސް.. ވަރަށް ތާހިރު އަޑެއް އިވޭނެ. އަހާބަލަ ގޮސް އަތުގެ ކޮޅަށް ހޫރާލީއިރު އެ ދަރީގެ ފުރާނަ ހުރިތޯ ބަލާލިންހޭ. އޭރުން ކަލޭއަށް އެނގޭނެ ހަޤީޤީ ޖާހިލުންނަކީ ކޮބައިކަން.
25 Mar 2024
ވާހަކަ
ނާކާ | އެޕިސޯޑު - 15
ޖެހެމުންދަނީ ފިނި ވައިރޯޅިއެކެވެ. އިވެމުންދަނީ ހިތްގައިމު މިއުޒިކެއްގެ އަޑެކެވެ. އެ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކޮށްދެނީ މާދުރުނޫން ހިސާބަކުން ތުނޑިފަށުގެ ދޮންވެލިގަނޑަށް ރާޅުތަށް ބީއްސަމުންދާ ދިއުމުގެ އަޑެވެ. ކުރިމަތީގައި ބެއިންދިފައި އިން ކޮފީތަށީގެ ތެރެޔަށް ބަލަހައްތައިގެން ހުއްޓިފައި ފަތީން އިނީ އަނގައިން ބަހެއްވެސް ނުބުނެއެވެ.
18 Mar 2024
ވާހަކަ
ނާކާ | އެޕިސޯޑު - 14
އެއްބަސް ނުވިއެއް ކަމަކު ނަޒީހުއާ އިތުރު ދެޒުވާނަކު ފަޒީންއަށް ކޮށްފައި އެވާ އަނިޔާއަކީ އެ އަނިޔާގެ ގެއްލުމުން ވެސް އިންސާނަކު މަރުވެދާނެ ވަރުގެ ބޮޑު ގެއްލުމެއް. ފަޒީންގެ ބޮލުގައި ވަރަށް ބާރަށް ޖަހާ މަންޒަރު ވީޑިއޯއިން ދައްކައިދޭ. ފަޒީން މަރުވެފައި އޮއްވާ ފެނުނު އިރު އޭނާގެ ބޯވަނީ ފަޅައިގެންގޮސްފައި. މީހާ އެއްކޮށްވަނީ ހުދުވެފައި.
12 Mar 2024
ވާހަކަ
ނާކާ | އެޕިސޯޑު - 13
ސަމާހު އިންތަނުން ތެދުވެ އެ ދެމީހުން ތިބި ކޮޓަރިން ނުކުތެވެ. "އެކަކުވެސް އެއްބަހެއް ނުވި" ޕޮލިސް އިންޗާޖު އަލީ އުމަރުގެ މޭޒު ކައިރީގައި ހުއްޓިލާފައި ސަމާހު ބުނެލިއެވެ. އެވަގުތު އަލީ އުމަރު ސަމާހުއާ ދިމާއަށް ބަލައިލިއެވެ. "އެހެންވިއްޔާ އިހަށް ބައިތިއްބާ. މާދަމާ ބަންދަށް މުއްދަތު ޖަހާނީ.."
28 Aug 2023
ވާހަކަ
ނާކާ | އެޕިސޯޑު - 12
އިބްރާހިމަށް އާދެވުނު އިރު އެ ތިންމައިން ތިބީ ފަތީންގެ ކޮޓަރީގައި އޭނާގެ ލެޕްޓޮޕުން އެ ވީޑިއޯ އަޅުވައިގެންނެވެ. އެ ވީޑިއޯ ބަލާފައި ފާތުމާ ވެސް ފެށީ ރޯށެވެ. "އެހެންވީމަ އެ ތަނުގަ އެ މީހުންނަކަށް މަގޭ ދަރި މަރައެއް ނުލެވުނެއްނު. ދެން ކާކު އެ މަރާލީ؟" ފާތުމާ ރޮމުން އިބުރާހިމާ ދިމާއަށް ބުނެލިއެވެ. "ކިހާ ބާރަކަށް އެ ޖެހީ. ވެދާނެދޯ ފަޒީން ތެދުވެގެން ގޮސް އެ ފަރާތު ބްރިޖު މައްޗަށް އެރިފަހުން މަރުވީކަމަށް. ނޫނިއްޔާ ވެދާނެ ފަހުން ވެސް ތެޅީކަމަށް. ނޭގޭނެ އެއްގޮތަކަށް ވެސް. ހިނގާ މީތި ޕޮލިހާ ހަވާލުކުރަން. މީ ހަމަގައިމުވެސް އެ ނަޒީހުއާ ދެކޮޅަށް ދެވޭނެ ވަރަށް ބޮޑު ހެތްކެއް." އިބްރާހިމް މިހެން ބުނެފައި ތެދުވިއެވެ. "އަހަރެންވެސް ދާނަން." ފާތުމާ އޭނާގެ ފަހަތުން ހިނގައިގަތެވެ.
20 Aug 2023
ވާހަކަ
ނާކާ | އެފިސޯޑު - 11
ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. "ކޮބާ ތި މީހާ؟" އެއީ ޖިޔާދު ފޮނުވި މެސެޖެކެވެ. "އާދޭ މިގޭ ކާރިއަށް.." ފަތީން ރިޕްލައި ފޮނުވާލިއެވެ.
12 Aug 2023
ވާހަކަ
ނާކާ | އެފިސޯޑު - 10
ސުކޫލުން ގެއަށް އައިސް އާނިސް ސީސީ ފްޓޭޖް ބަލަނިކޮށް ފަޒީންއާއި ނަޒީހުގެ ދެމެދު ހިނގި ތަޅާފޮޅުމެއް ފެންނާނެއެވެ. އާނިސް ވަގުތުން ފަތީނަށް ގުޅިއެވެ.
04 Aug 2023
ވާހަކަ
ނާކާ | އެޕިސޯޑު - 9
ފަތީނަށް ކުއްލިއަކަށް އޭނާގެ އަތުގައި އަޅައިފައި އޮތް ގަޑިއަށް ބަލާލެވުނެވެ. ދިހައެއް ޖަހަންވާއިރަށް ގެއަށް އަންނާށޭ މަންމަ ބުނިކަން ހަނދާންވީ އެ ވަގުތެވެ. ފަތީން ފުންމައިގެން ތެދުވިއެވެ. "އޭ... މަންމަ ބުންޔޭ ދިހައެއް ޖަހަން ވާއިރަށް ގެއަށް އަންނައްޗޭ.." ފަތީން ވަރަށް ހާސްވެފައި ބުނެލިއެވެ. "އެހެންވިއްޔާ ހިނގާ ދާން.." ޝައިހާ ވެސް އިންތަނުން ތެދުވެ ހިނގައިގަތެވެ.
25 Jul 2023
ވާހަކަ
ނާކާ | އެފިސޯޑު - 8
ކައިނިމިގެން ފަތީން ގޮސް ވަނީ ކޮޓަރިއަށެވެ. އަރާމުކޮށްލާށެވެ. އެނދުމަތީގައި އޮތް ފޯނު އަތުގައި ޖެހުމާ އެކު ފަތީން އެންމެ ފުރަތަމަ ވެސް ހުޅުވާލީ ފޭސްބުކެވެ. ޝައިހާ އޮތީ ފަތީންގެ ފްރެންޑް ރިޗުއެސްޓް އެކްސެޕްޓްކޮށްފައެވެ. އެ ވަގުތު ފަތީންއަށް ކުރެވުނީ ބުނެދޭން ނޭނގޭނެފަދަ އުފާވެރި އިހުސާސެކެވެ. އޭނާގެ މެޔަށް ފިނިވިއެވެ. ފަތީން އޭނާއަށް މެސެޖަހުން ގޮވާލިއެވެ. މާގިނައިރުތަކެއް ނުވެ އެ ކޮޅުން ރިޕްލައިގެ މެސެޖެއް އައުވެ.
14 Jul 2023
ވާހަކަ
ނާކާ | އެފިސޯޑު - 7
ޝައިހާގެ ގެއިން ނުކުމެގެން ފަތީން އައިސް ގެއަށް ވަތް އިރު ފައުޒާ ސިޓިންގްރޫމް ސޯފާގައި ފޯނެއްގައި އިނެވެ. ފަތީން ކޮޓަރިއަށް ދިއައީ ފައުޒާއާ ސަމާސާކޮށްލުމުގެ ގޮތުން އޭނާގެ އިސްތަށިގަނޑަށް ދަމާލާފައެވެ. "ދެން މަ ދާހިތްވީމަ ދާނަމޭ ސުކޫލަށް. އާނިސް ދެން ހުރިހާ ކަމަކާ ނުބެހި އޮވެބަލަ." ފައުޒާ، އާނިސްއާ ވާހަކަ ދެއްކީ ވަރަށް ރުންކުރު ގޮތަކަށެވެ.
23 Jun 2023
ވާހަކަ
ނާކާ | އެފިސޯޑު - 6
ބައި ގަޑީރެއްހާ އިރު އެތާ ހުރުމަށްފަހު އޭނާ ނާންނާނެ ކަމަށް ނިންމާފައި ފަތީން އެނބުރި ހިނގައިގަތެވެ. ޝިމާއާއި އާނިސް ފެނޭތޯއެވެ. ފަތީން އަންނަތަން ފެނުމުން ޝިމާއާއި އާނިސް ގަސްގަނޑުތެރެއިން ނުކުތެވެ. އެ ކުދިން ސުވާލު ކުރުމުން ފަތީން ކިޔައިދިނެވެ. ހީވާގޮތުން އެ ކުދިން އައިކަން އޭނާއަށް އެނގުނީއެވެ. އެހެންކަމުން އޭނާ ނައިސް ހުރީއެވެ. ނުވަތަ އެ މީހާ އެ ހެދީ ދޮގެކެވެ. ތިންކުދިންގެ ހިތުގައިވެސް އުފެދުނީ ވަރަށް ބޮޑު ސުވާލެކެވެ.