ނާކާ | އެޕިސޯޑު - 22
"އޭ ނޫން.. އެ ކީއްވެ؟" އަފްސަލް ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ.
"މިހާރު އެއޮތީ މުޅި ރާއްޖެއަށް އޭނަ ގެއްލުންކަން އެނގިފަ. އެފްބީއިންވެސް މިހާރު ކިތަންމެ ޕޭޖެއްގަ އެބޮތް. ތިހެން ތިގޮލާ އޭނަ ފޮރުވާގެން އުޅެނިކޮށް ބޭނިއްޖެޔާ ފަސޭހައިން ސަލާމަތެއް ނުވާނެ." އަރުމަން ނަސޭހަތްދިނެވެ.
"އެކަމަކު ދެން.. މަ ހާދަ ލައިކް ވެޔޭ މިހާރު އޭނަ ދެކެ. މަ ބޭނުން މަގޭ ސްކިލްސް ބޭނުންކޮށްގެން އޭނަ އެއްކޮށް ރަނގަޅު ކޮށްލަން.. ވަރަށް ސަކަރާތްވެފަ އޭނަ އޭނީ.." އަފްސަލް ހުރީ ވަރަށް ދެރަވެފައެވެ.
"އެކަމަކު ތިއެއް ނޫންދޯ ތިކަން ކުރަން އޮތް ގޮތަކީ؟ ތިމީހަގެ ޖޮބާ ދޭތެރޭ ވިސްނާލަބަލަ. ތިކަހަލަ ޕޯސްޓެއްގަ ހުރެ ތިގޮތަށް ކުއްޖަކު ފޮރުވާގެން ގެންގުޅުނީމަ ތިގޮލާގެ އަގު ވެއްޓޭނެ.." އަފްސަލްގެ ކޮނޑުގައި އަތްއަޅާލަމުން އަރުމަން ބުނެލިއެވެ.
"ކޮންމެ ގޮތެއް ވިއަސް ހެޔޮ.. އައި ވޮނަ ޑޫ ދިސް މައި މޭ. އިންޝާ ﷲ އަތަކަށް ގޮވިއަކަ ނުދޭނަން. ތިމީހުންގެ ހެލްޕް މިވަގުތު މަ ވަރަށް ބޮޑަށް ބޭނުން.." އަފްސަލް ބަލާލީ އަރުމަންގެ މޫނަށެވެ.
"ކޮންމެ ކަމެއްގަވެސް އަހަރެމެން ތިބޭނަން ތިމީހައާ އެކީގަ. އެކަމް ކަޑަ ކަމެއް ވާން އުޅޭހެން ހީވަންޔާ ހުއްޓުވަންވެސް ޖެހޭނެދޯ؟ އެހެންވެ މިހެން މިބުނެވުނީ.." އަރުމަން ހިނިތުންވެލިއެވެ.
"ޔެއާ މޭން. އަންޑަސްޓޭންޑް ވެއޭ.. ތޭންކްސް އިނގޭ.." އަފްސަލްވެސް ހީލިއެވެ.
"ހެހެ. އެންމެ ރަނގަޅޭ."
"ފައުޒާ ދެކެ ލައިކް ވަނީއޭ؟ ކީއްވެ އެންމެ ދެދުވަހުން ތިހެން ވާންވީ؟" އަފްސަލް އެތެރެއަށްދާން ހިނގައިގަތް ވަގުތު އަރުމަން އަހާލިއެވެ.
"ނޭނގެ.." އަފްސަލް އެނބުރި އަރުމަންއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ޔަގީންތަ ލައިކް ވެވުނީކަން؟" އަފްސަލް ބޯޖަހާލިއެވެ. "ކީއްވެ ފައުޒާ؟ އެ ނޫން ކިތައް ކްލައިންޓުން ތިހާ ކްލޯޒްކޮށް ގެންގުޅެފިން. ކީއްވެ ކުއްލިއަކަށް ފައުޒާ؟" އަރުމަން ހުރީ ޤަބޫލުކުރަން ދަތިވެފައެވެ.
"ހެހެ.. ބްރޯ.. ލައިކް ވެޔޭ.. އެކަމް އެހެން ކުދިންދެކެ މިވަރަށް ލައިކްއެއް ނުވެވެ." އަފްސަލް ހީލާފައި ގޮސް ބެލްކަނީގަ އަތް އަޅުވާލިއެވެ.
"އެކަމް ފައުޒާގެ ކޮން ކަމެއްހޭ ތަފާތީ؟ މަށަކަށް އޭނަ ފެނިފަ އެހާބޮޑު ގޮތްތަކެއްވެސް ނުވޭ.. މަގޭ މިއޮއް އަންހެނުންނަށް ކެޓޭ ގޮލާ!" އަރުމަން ސަމާސާކޮށްލިއެވެ.
"ހެހެހެ.. ބައްޔެކޭދޯ ކަލޭވެސް.. އެހެން އެއްވެސް ކްލައިންޓެއް މަގޭ ރޫމުގަ މަ ބޭއްވިންތަ ނިދަން؟ ފައުޒާ އަކީ މަގޭ ކްލައިންޓެއްތަ؟ ފައުޒާއާ ދޭތެރޭ މަ ދެކޭނީ ކްލައިންޓެއްގެ އޭންގަލްއިންތަ؟" ފައުޒާގެ ހުރި ތަފާތުތައް އަފްސަލް ކިޔާދެވޭތޯ މަސައްކަތްކުރިއެވެ.
"ބުނަންތަ؟ މަށަށް އޭނަ އެހާ ބޮޑަށް ކަމުދިއުން އެއީ ހަމަ އިއްތިފާގު. ހަމަ ހުރީ ޝޮކެއްގަ. އޭނަ މަ މިގެޔަށް ގެނައީކީ ކޮންމެހެން އެހެންވެގެނެއް ނޫން. މިގެޔަށް ގެނައި ރެއިން ފެށިގެން މަށަށް ހަމަ އުނދަގޫވަނީ އޭނަ ފެންނައިރަށް. އެ ދެލޮލާ ހަތަރުކަޅި ހަމަވާއިރަށް ހިތް ހީވަނީ ގަނޑުވާހެން. އައްސިވާހެންވެސް ހީވޭ. ބޭނުންވަނީ އެއީ މަގޭ މީހަކަށް ހަދަން. މިއަށް ކިޔަނީ ގަޔާވުމެއް ނޫންތަ؟" އަފްސަލް ހީލާފައި ހުރެ ވާހަކަ ދެއްކިއެވެ.
"ތިއަށް ބައެއް މީހުން ލޯބިވެސް ކިޔާ.." އަރުމަން ބުނެލި ޖުމްލައިން އެ ދެ ޒުވާނުންނަށް އެއްފަހަރާ ހިނިގަނޑު ފަޅާލެވުނެވެ.
"އޭނަ އަނެއްކާ ލައިކްވޭބާ؟" އަރުމަން ބަލާލީ ގޭތެރޭގައި ކާން އިން ފައުޒާއަށެވެ.
"ތިއެއް ނޭނގެ. އެކަމް އޭނަ ބައެއް ފަހަރު ބަލާލާ ގޮތުން މަށަށް ވަރަށް ހީވޭ އެކަހަލަ ގޮތެއްހެން." އަފްސަލް ހުރީ ވަރަށް އުފަލުންނެވެ.
ދުވަސް ހޭދަވެގެން ދިޔައީ ވަރަށް އުފާވެރިކޮނެވެ. ފައުޒާގެ މިޒާޖު މުޅިންހެން ބަދަލުވެ ކޮޓަރިން ބޭރުގައި ހޭދަކުރާ ވަގުތު ގިނަވާންފެށިއެވެ. އަރުމަންއާ ތަސްނީފްގެ ސަކަރާތުގައި ބައިވެރިވެ ކުޑަކުޑަކޮށް އެއްޗެހި ބުނެލާ ހެދުންވީ އަފްސަލްއަށް ފައުޒާ އިތުރަށް ކަމުދިޔަ ސަބަބަކަށްށެވެ. ފައުޒާގެ މޫނުމަތިން އުފާވެރިކަން ފެނުމުން ފާއިތުވި ދެދުވަހު އަފްސަލް ކުރި ހުރިހާ މަސައްކަތެއް ކާމިޔާބުވީއެވެ.
މެންދަމުން އަލިވެ ބާރަ ޖެހިއިރު ފައުޒާ އޮތީ އެނދުމަތީގައި އޮށޯވެއެވެ. އެނދުމަތީގައި ޖައްސާލިތާ މާގިނައިރު ނުވާތީ ދެލޮލަށް ނިދި ނައިސްފައެވެ.
މާގިނައިރުތަކެއްނުވެ ގޭތެރޭގައި ފުޓުބޯޅަ ބަލަން އިނދެފައި އަފްސަލްވެސް ނިދަން ވަނެވެ.
"އަދިވެސް ނުނިދަންތަ؟" ޖިންސް ބާލާފައި ހަރުގައި އަޅުވާލަމުން އަފްސަލް އަހާލިއެވެ.
"ހްމްމް.." ލަދުރަކި ގޮތަކަށް ހެވިލާފަ އޮވެ ފައުޒާ ޖަވާބުދިނެވެ.
އަފްސަލް އައިސް އެނދުމަތިން ބާލީހެއް ނަގާ ތަޅުންމައްޗަށް ވައްޓާލިއެވެ. "މަޑުކޮށްބަލަ!" ޖައްސާލުމަށް އަފްސަލް ގުދުވެލި ވަގުތު ފައުޒާ އޭނާ ހުއްޓުވިއެވެ.
"އަހަރެންނަށް ވަރަށް އުނދަގޫވޭ ކޮންމެ ރެއަކު އަފްސަލް ތިތާ އޮންނާތީ.." ފައުޒާ މަޑުމަޑުން ބުނެލިއެވެ.
"ދެން އަހަރެން އޮންނަންވީ އެނދުގަތަ؟" އަފްސަލް ހެވިލާފައި އަހާލިއެވެ.
"އާނ.." ފައުޒާ ބުނީ ލަދުން އޮވެއެވެ.
އެއީ އަފްސަލްވެސް ކުރަން ވަރަށް ލަދުގަންނަ ކަމެކެވެ. އެހެންނަމަވެސް ތަޅުންމަތީ އޮންނަން ވުމުން އޭނާއަށް ވޭތުވެދިޔަ ދެރޭ ރަނގަޅަށް ނުވެސް ނިދެއެވެ. އޭނާގެ ގައިގައި ރިއްސާވަރު އެނގޭނީ ހަމަ އޭނާއަށެވެ.
ލަދުވެތިކަމުގެ ބިޔަ ސާލު ނަގާ އެއްލާލާފައި އަފްސަލް ބާލިސް ނަގައިގެން އެނދުމައްޗަށް އެރިއެވެ. ބިތްދޮށުގައި ބިތަށް ފުރަގަސްދީގެން އޮވެ ދޭތެރެއަކުން ފައުޒާ އަފްސަލްގެ މޫނަށްވެސް ބަލާލައެވެ. އަފްސަލްވެސް އުއްޑުން އޮވެ ދޭތެރެއަކުން ބޯ އަރިކޮށް ފައުޒާއަށް ބަލާލައެވެ. ނިދާ ބޮކީގެ ފަނޑު އަލިން އެ ދެމޫނު ހުޅުދާންކޮށްފައިވާތަން އެ ނަޒަރުތަކުން ދެކެމުންދިޔައެވެ. އެހެންނަމަވެސް ވާހަކަ ދައްކާކަށް އެކަކަށްވެސް ނުކެރުނެވެ.
ނިދި އަންނަންދެން ކޮންމެސް ވާހަކައެއް ދެއްކޭތޯ އަފްސަލް އެތައް ފަހަރަކު އަނގަ ހުޅުވާލިއެވެ. ނަމަވެސް ލަދުވެތިކަން އޭނާގެ ނަފުސު ހިޞާރުކޮށްފައިވަނީ މަކުޑިއަޅައިގެންނެވެ. ފައުޒާއަށް ނިދުނުއިރުވެސް އަފްސަލް އެހެން އޮތެވެ.
ހެނދުނު ހޭލެވުމާއެކު ފައުޒާ އެންމެ ފުރަތަމަވެސް ބަލާލީ ބިތުގައި ހަރުކޮށްފައިހުރި ގަޑިއަށެވެ. އެއިރު ގަޑިން އަށްގަޑި ބައިވަނީއެވެ. ފާޚާނާއަށް ވަދެލަންކަމަށް ބުރަ ހަށިގަނޑު ހިއްލާލާގެންގޮސް ދޮރުގައި ހިފާލިއިރު ހުރީ ތަޅުލާފައެވެ. އެތެރެއިން މީހަކު ފެންވަރާއަޑު އިވެއެވެ.
ފައުޒާ ގޮސް ހުއްޓުނީ ކުޑަދޮރު ކައިރީގައެވެ. ފަސްބުރި ތިރިން އެ ފެންނަ ހަނި ގޯޅިގަނޑު ތެރޭގައި މީހުން ހޭލަމޭލަވެ އުޅޭތަން ފައުޒާއަށް ފެނުނެވެ. އެ ހިތްގައިމު މަންޒަރަށް ބަލަން ފައުޒާއަށް އެތައް އިރަކު ހުރެވުނެވެ.
"ދޮރުގަ ހިފިންތަ؟" ފާޚާމާއިން ނުކުތީ އަފްސަލް އެވެ. ފައުޒާ ފަސްއެނބުރި ބަލާލިއެވެ.
އުނަގަނޑުގައި ހުދުކުލައިގެ ބޯ ތުވާއްޔެއް އަނދެލާގެން ފައުޒާއަށް ކުރިމަތިލައިގެން އަފްސަލް ހުރީ ވަރަށް ހެވިފައެވެ. އެ ދޮން ހަށިގަނޑަށް ފައުޒާއަށް ބަލާލެވުނެ. އެ އޮމާން މޭމަތީގައި އެންމެ އިސްތައްޓެއްވެސް ނެތެވެ. މިޒަމާނުގެ އެންމެ ޒަމާނީ ކުދިންހެން ބަނޑަށް ހަގޮޅި އަރުވާލާފައިވުމުން ފައުޒާގެ ހިތުގެ އެންމެ ހިނމަ ނާރުތަކާ ކުޅެލިއެވެ.
"އަހ އާނ.." އާށޯހުވެފައި ހުރެ ފައުޒާ ބުނެލިއެވެ.
"އާދޭ ފައުޒާވެސް ފެންވަރާލާގެން ސައިބޯން.. މަގޭވެސް ސައިބޯނީ ފައުޒާ އައީމަ." އަފްސަލް ގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ.
"ސައި ހެދީތަ؟" "ހަހަ އާނ.. މިގޭ ކުދިން ވަރަށް ގަދަވާނެ.." ފައުޒާ ހުރީ ހައިރާންވެފައެވެ.
"ޓީޝާޓެއް ދޭންތަ؟ ތީތި މިހާރު ދާވާނެ އެއްނު!" ފައުޒާ ތުވާލި ހިފާގެން ފާޚާނާއަށް ވަންނަން ހިނގައިގަތް ވަގުތު އަފްސަލް އަހާލިއެވެ.
"އާނ.. އެކަމް ތަންކޮޅެއް ކުޑަ އެއްޗެއް.. މީތި ހާދަ ބޮޑޭ.." ފައުޒާ މޫނު ހަދާލިއެވެ.
"އާދޭ.. މީތި ސަޅި ވާނެ.." އަފްސަލް އޭނާގެ ޓީޝާޓުތައް އަޅުވާފައި ހުރިބަރި ހުޅުވާލިއެވެ. ޓީޝާޓުތައް ރަނގަޅަށް ހާވާލާފައި ރަނގަޅު އެއްޗެއް ނެގިއެވެ. އެތަނުން ކަމުދާ އެއްޗެއް ފެނޭތޯ ފައުޒާ ގޮސް އަފްސަލް ގާތުގައި ހުއްޓުނެވެ.
"މީތ. އާހހ.." އަފްސަލް އެނބުރުނު ވަގުތު ފައުޒާގެ ގައިގައި ޖެހިފައި އަފްސަލްގެ ތުވާލި ދޫވެގެން ވެއްޓުނެވެ. "ޝިޓް.. އެކޮޅަށް އެނބުރޭ.." އަފްސަލް އުނަގަނޑުގައި އަތްއަޅާގެންހުރެ ވާހަކަ ދެއްކިއެވެ. ގަތްލަދުން ފައުޒާ ދުވެފައި ގޮސް ވަނީ ފާޚާނާއަށެވެ.
ފެންވަރާ ރީތިވެލާގެން ފައުޒާ ނުކުތީ އެނދުމަތީގައި އަފްސަލް ބާއްވާފައިއޮތް ޓީޝާޓަކާ ސޯޓެއް ލައިގެންނެވެ. އެއިރު އަފްސަލް އިނީ މޭޒު ދޮށުގައެވެ. "ހެޔޮވަރުދޯ؟" ނޫންކަމަށް ހަދާލާފައި އަފްސަލް އަހާލިއެވެ. ނަމަވެސް އޭނާގެ މޫނުމަތީގައި އުތުރެމުންދާ ލަސުވެތިކަން ފައުޒާއަށް ވަރަށް ސާފުކޮށް ފެނުނެވެ.
"މިވަރު ރަނގަޅޭ.." ފައުޒާ ގޮސް ކާމޭޒު ދޮށުގައި އިށީނެވެ. ފައުޒާވެސް ހުރީ ދެންމެ ކޮޓަރީގައި ހިނގާދިޔަ ކަންތައް ހަނދާން ނައްތާލާގެން ކަމަށް ހަދާގެނެވެ.
އަފްސަލް ހުރީ ކާމޭޒު މަތީގައި ކާން ތައްޔާރު ކޮށްލާފައެވެ. "ކޮބާތަ މިގޭ އުޅޭ އަނެއް ހީރޯސް ތައް؟"
"ހެހެ. އެކަކުވީ ޑިއުޓީއަށް ގޮސް.. އަނެކަކު ނޭނގެ. ބޭރަށް ގޮސް ވާނީ.." ރިހާކުރު ތަށިން ރިހާކުރުކޮޅެއް ނަގާ ތަށްޓަށް އަޅާލަމުން އަފްސަލް ބުނެލިއެވެ.
"ދެން އެކަމް އަބަދު މިހެން ނަހަދަބަ. މީގެ ފަހުން އަހަރެމެން ދެމީހުނަށް ކާން ހަދާނީ އަހަރެން އިނގޭ..؟" ފައުޒާވެސް ރަހަ ބަލާލުމަށް އޭނާގެ ތަށްޓަށް ރިހާކުރުކޮޅެއް އަޅާލިއެވެ.
"އެންމެ ރަނގަޅު.. އެކަމް ފައުޒާ މެންޓަލީ އެހާ ހެލްދީހެން ހީނުވާތީ މިގޮތަށް ހަދަން މި ޖެހެނީ.." ރޮށިކޮޅެއް ނަގާ އަނގަޔަށް ލަމުން އަފްސަލް ވާހަކަ ދެއްކިއެވެ.
"އަޅެ ނޫން. މިހާރު ރަނގަޅޭ.." ފައުޒާ ހީލިއެވެ.
"އެހެންވިއްޔާ ބުނެބަލަ. ކޮންކަމަކާ ދެރަވެގެންތަ ގޮސް އެރޭ އެތާ އިނީ އަސްލު؟"
ފައުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އަތުގައި އޮތް ރޮށިކޮޅު ތަށިތެރޭގައި ބައިންދާފައި އިސްދަށަށް ސަހާލިއެވެ.
"އެވާހަކަ ދައްކަ.." އަފްސަލް ވާހަކަ ދައްކަންފެށި ވަގުތު ފައުޒާ ބަލާލި ގޮތުން އަފްސަލް މަޑުކޮށްލިއެވެ. "އެވާހަކަ އަދި ކިޔާދޭނަން.. ބަޓް އައި ނީޑް ޓައިމް."
ވާހަކަ އަކަށްފަހު ވާހަކައެއް ދެއްކުމުގައި ތިބިއިރު ވަގުތު ދިޔަގޮތްވެސް އެ ދެކުދިންނަށް ނޭނގުނެވެ. އެކަކު އަނެކަކުގެ ރީތިކަމަށް ގެއްލިފައި ތިބެވޭ ވަގުތުތައްވެސް އާދެއެވެ.
އެގޮތުގައި ދުވަސްތަކުގެ ވަގުތުތައް ހޭދަވާން ފަށައިފިއެވެ. ފައުޒާއާއެކު އަފްސަލް ހޭދަކުރާ ކޮންމެ ވަގުތަކާއެކު އެދެމެދުގައި ގާތްކަން އިތުރުވެ އަޅާލުން ގިނަވަމުން ދިޔައެވެ. ނަމަވެސް އަދިވެސް ފައުޒާ އެރޭ އެންމެނާ ވަކިން އެކަހެރިކޮށް ތާކު އިންނަން ޖެހުނު ސަބަބެއް އޭނާ އަފްސަލްއަކަށް ކިޔައެއް ނުދެއެވެ. އަފްސަލްވެސް ވަގުތު ޖެހިގެން ފައުޒާ އެވާހަކަތައް ކިޔައިދެންދެން އިންތިޒާރުގައި ހުރީއެވެ.
ހަފްތާ ފެށުމާއެކު އަފްސަލް ވަޒީފާއަށް ނުކުންނަންވެސް ފެށިއެވެ. އެންމެން ދިޔުމުން ފައުޒާ ވަރަށް ފޫހިވެސް ވެއެވެ. ނަމަވެސް އިތުރު ގޮތެއް ނެތުމުން ފައުޒާ ގޭގައި މަޑުކުރަނީއެވެ. ޙަޤީޤަތުގައި މިހާރު އަފްސަލް ނޫޅޭ ކޮންމެ ވަގުތެއްގައިވެސް ފައުޒާއަށް އަފްސަލްއާ ދޭތެރޭ ވަރަށް ވިސްނެއެވެ. އޭނާއާ ދުރުގަ ހުންނަން ފައުޒާއަށް ވަރަށް އުނދަގޫވެއެވެ.
ހަވީރުގެ ހިތްގައިމު ވަގުތު ކުޑަދޮރުން ބޭރުބަލަން ފައުޒާ ކޮޓަރީގައި ހުއްޓައި އަފްސަލް އައިސް ކޮޓަރިއަށް ވަނީ ވަރަށް ވަރުބަލިވެގެންނެވެ. އޭނާ ބޭރުން އައީ އެންމެން ސައިބޯން ހެދިކާ ގަނެގެނެވެ. ފައުޒާ ނުކުތީ ސައި ގިރާށެވެ.
"ކީއްކުރީ މިއަދު؟" އަފްސަލް އެއްޗެހި ބަދަލުކޮށްގެން ނުކުމެ ކާމޭޒު ދޮށުގައި އިށީނެވެ.
"މާބޮޑު ކަމެއް ނުކުރަން. މެންދުރު އަފްސަލް ދިޔަތަނާ އަހަރެން އޮތީ ޓީވީ ބަލަން." ފައުޒާ ކަޅުސައި ތަށްޓަކާ ކޮފީތަށްޓެއް ހިފައިގެން އައިސް އިށީނެވެ.
"ފޫހި ވޭތަ ދެން؟ އެއްވެސް މީހަކު ނެތީމަ." އަފްސަލް ހެދިކާއެއް ނަގާ އަނގަޔަށް ލަމުން އަހާލިއެވެ.
"އާނ ވޭ ކުޑަކޮށް. އެކަމް އޯކޭ.." "އަދި އުޅުނީމޭ އަހަން. އަފްސަލް ކޮން ޖޮބެއްގަތަ ތިއުޅެނީ؟" ކުޑަ އިރުކޮޅެއްފަހުން ފައުޒާ ކުރި ސުވާލުން އަފްސަލް ކޮށިއެވެ.
"އަނެއް.. މީ..." ވިސްނާލާފައި ޖަވާބުދޭން އަފްސަލް އަނގަ ހުޅުވާލިއެވެ.
"އޭ ކޮބާ ވެލްކަމް ކޭކު؟" ގޭގެ ދޮރުން އެތެރެއަށް ވަދެގެން އެއައީ މިޝާހުއެވެ. އޭނާ އެއައީ ރާއްޖެތެރޭގައި ހަފްތާއެއް ވަންދެން އުޅެފައެވެ.
"އަސްތާ.. އަންގާވެސް ނުލާ ތިއައީ.. ދެން ކިހިނެއް ކޭކް ގަންނާނީ.." އަފްސަލް ތެދުވެގެންގޮސް މިޝާހު ގައިގައި ބައްދާލިއެވެ.
"އޭ މީ ކޮންކުއްޖެއް؟" މިޝާހު ހިނގައިގަތީ ކޮޓަރިއާ ދިމާލަށެވެ.
"އާ މީ ފައޫ... ޝީ ސްޓޭޒް އަވާ ރޫމްގަ އިނގޭ.. ފައޫ އެއީ މިޝާހު. މައި ރޫމްމޭޓް.." އަފްސަލް އެ ދެކުދިން ތަޢާރުފުކޮށްދިނެވެ.
މިޝާހު އައުމުން ކޮޓަރިތެރޭގައި ފައުޒާ އާއި އަފްސަލްއަށް ކުރިން އޮންނަ މިނިވަންކަމެއް ނޯންނާނެއެވެ. ފައުޒާ ހުރީ އޭނާ އައުމުން ވަރަށް ލަދުންނެވެ. އެކަމަކު އެގޮތަށް ހޭނުން ނޫންގޮތެއް ފައުޒާއަކަށް ނޯންނާނެއެވެ.
ޖެހިގެން އައި ދުވަހުވެސް އަރައިގެންއައި އިރާއެކު އަފްސަލް ރީތިވެލާގެން ޑިއުޓީއަށްދާން ނުކުތެވެ.
"ދެން އަޅެ. ހާދަ ފޫހިވާނެއޭ..." ކޮފީ ތަށްޓެއް ހިފައިގެން އައިސް ސޯފާގައި އިން އަފްސަލްގެ އަތަށް ދިއްކޮށްލަމުން ފައުޒާ ބުނެލިއެވެ. މިހާރު އަފްސަލްއާ ފައުޒާ ވާހަކަ ދައްކާގޮތުން އޭނާ ހުންނަނީ އަފްސަލް ކުރިމަތީގައި ލަދުން ނޫންކަން އަފްސަލްއަށް އެނގެއެވެ.
"މިހިރީ ޓީވީ. އިއްޔެހެން ނެޓްފްލިކްސް ބެލޭނެ. ހިންދީ ޗެނަލްސްވެސް ލިބޭނެ. އަހަރެން އަންނާނަން ވީ އެންމެ އަވަހަކަށް.." އެއްނޭވައިން ކޮފީތަށި ހުސްކޮށްލާފައި އަފްސަލް ތެދުވެ ފައުޒާގެ އަތަށް ތަށި ދީފައު ހިނގައިގަތެވެ.
ގަޑިން ތިންގަޑި ބައިވީއިރުވެސް އަފްސަލް ނާދެއެވެ. ގޭގައި އިތުރު އެއްވެސް މީހަކުވެސް ނެތެވެ. ފައުޒާ އޮތީ އެނދުމަތީގައި ފޫހިވެގެން މަރުވާވަރުވެފައެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއަޑު އިވިގެން ފައުޒާ ތެދުވެ ބަލާލި އިރު އެއީ މިޝާހުއެވެ. ފައުޒާ ފެނިފައި އޭނާ ހިނިތުންވެލިއެވެ. ފައުޒާވެސް ހީލާފައި އޮށޯވެލިއެވެ.
މިޝާހު އޮފީސް ޔުނީފޯމު ބަދަލުކޮށްގެން އައިސް ޖައްސާލީ ފައުޒާ ކައިރީގައި އެނދުމަތީގައެވެ. މިޝާހު އޮތްލެއް ކައިރިކަމުން ފައުޒާ އޮތީ އުނދަގޫވެފައެވެ. ނަމަވެސް ދުރަށް ޖެހިލާށޭ ބުނާކަށް ފައުޒާއަކަށް ނުކެރުނެވެ.
"ތީ އެ ގެއްލިގެން ހޯދާ ކުއްޖާ ދޯ؟" ދެތިން ފަހަރަކަށް ފޯނަށް ފިތާލާފައި މިޝާހު ފެށީ ފައުޒާއާ ވާހަކަ ދައްކާށެވެ.
ފައުޒާ އެސުވާލުގެ ޖަވާބުދޭން ފަސްޖެހޭގޮތްވިއެވެ. އެއްޗެކޭ ނުބުނެ ފައުޒާ އޮތީއެވެ. އެއިރު ފައުޒާގެ ހިތް ހުއްޓުމެއްނެތި އަފްސަލް އާދޭތޯ ދުޢާ ކުރަމުންދެއެވެ.
"ކީއްވެ އެއްޗެކޭ ނުބުނީ؟" އަތުގައިއޮތް ފޯނު އެނދުމަތީގައި ބާއްވާފައި މިޝާހު ތެދުވެ ފައުޒާގެ މޫނާ މޫނު ޖެހޭހާ ގާތަށް ޖެހިލިއެވެ.
"ކައ. އަނ.." ފައުޒާ އޭނައާ ދުރަށް ޖެހިލެވޭތޯ މަސައްކަތްކުރިއެވެ.
"މަޑުކޮށްބަލަ. ކީއްވެ ދުރަށް ތި ދަނީ؟ ނެތޭ އެއްވެސް މީހަކުވެސް." މިޝާހު ތެދުވެ ފައުޒާގެ ބަނޑުމަތީގައި އިށީނެވެ.
"އޭ ދުރަށްދޭ.." ފައުޒާ ގާތަށް ރުޅިއަންނަގޮތް ވިއެވެ.
"ދެން އޯކޭ ވާނެއޭ.. އެންމެ ފަހަރަކު ދައްކަބަ.. އޭރުން ފަހުން ދޭހިތްވާނެ" މިޝާހު ފައުޒާ މޭމަތީގައި ހިފާ ބާރުކޮށްލިއެވެ.
"އޭހ.... އާއާއާ.." ފައުޒާ ތެޅިފޮޅެން ފެށިއެވެ.
ހަމައެވަގުތު ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއަޑު އިވުނެވެ. މިޝާހު ވަގުތުން ފައުޒާގެ ގައިމަތިން ތެދުވިއެވެ. އެތެރެއަށް ވަނީ އަފްސަލްއެވެ. ފައުޒާ ދުވެފައިގޮސް އަފްސަލްގެ ގައިގައި ބައްދާލިއެވެ.
"މޭން... ތީ ކޮންކަމެއް؟" އަފްސަލް ހުރީ ރުޅިއަންނަންވެސް ނޭނގިފައެވެ. "އަހަރެން ސަލާމަތް ކޮށްދީ.." ފައުޒާ ރޮމުން ހުރެ ވާހަކަ ދެއްކިއެވެ.
"ތިގޮލ.. މަގޭ ދެނ..." މިޝާހު ދައްކާނެ މޮޅު ވާހަކައެއް ވިސްނަމުން ދިޔައެވެ. "ތީ ތިގޮލާގެ ކަމެއްތަ؟ މަ ހިއެއް ނުކުރަން އެހެން ކަމަކަށް.."
"އާނނ... މީ މަ ވަރަށް ސީރިއަސްކޮށް ކުރާކަމެއް. އެހެންނޫންނަމަ ނޫޅޭނެދޯ އަމިއްލަ ރޫމަށް ލައިގެންނެއް.." ފައުޒާގެ ބޮލުގައި އަފްސަލް އޭނާގެ އަތުން ފިރުމާލިއެވެ. "އެހެންނޫނަސް މަގޭ ސީރިއަސް ނުވިއަސް ތިގޮލާ ނުވާނެދޯ ތިހާ ދަށުދަރަޖައަށް ވެއްޓޭކަށް.."
"އޭ ސޮރީއޭ.."
"ތިމީހަ އިހަށް ބޭރަށް ގޮސްފާނަންތަ؟" އަފްސަލް ފައުޒާގެ ކޮނޑުގައި ހިފައިގެން އެނދާ ދިމާލަށް ހިނގައިގަތެވެ. މިޝާހު އެއްވެސް އެއްޗެއް ނުބުނެ ކޮޓަރިން ނުކުތެވެ.
"އޭއި އޭއި ހުއްޓާލަބަލަ.. އަހަރެން މި އައީއޭ.. ދެން އެހެނެއް ނުވާނެ.." ފައުޒާ އެނދުމަތީގައި ބައިންދާފައި އަފްސަލް އޭނާ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ.
"އަހަރެން ބިރު ގަންނަނީ.." ފައުޒާ ރޮމުން ގެންދިޔައެވެ.
"ބިރު ނުގަނެބަލަ. އަހަރެން މިހުރީނު. އަހަރެން ފައުޒާ ޕްރޮޓެކްޓް ކޮށްދޭނަމޭ.." އަފްސަލް އިނީ ވަރަށް ހާސްވެފައެވެ.
"އެންމެ ފުރަތަމަ ދުވަހުވެސް އަފްސަލް ބުނީ ތިހެންނު؟" ފައުޒާ އެނދުމަތިން ތެދުވެގެން ގޮސް ކުޑަދޮރު ކައިރީގައި ހުއްޓުނެވެ. އަފްސަލްއަށް ފުރަގަސް ދީގެންނެވެ. "އޭނަ ފައުޒާއަށް އެއްވެސް ގެއްލުމެއް ދިނީތަ؟"
ފައުޒާ އެއްވެސް އެއްޗެއް ނުބުނެ ހުރުމުން އަފްސަލް ގޮސް އޭނާގެ ކުރިމަތީގައި ހުއްޓުނެވެ. "ކޮން ކަމަކާތަ ބިރު ތި ގަންނަނީ؟ އޭނަ ބެހެން އުޅުނީތަ؟"
ފައުޒާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. "ވާހަކަ ދައްކަބަލަ! އަހަރެން ހެލްޕް ވާނަމޭ.." އަފްސަލް އަނެއްކާވެސް ފައުޒާގެ ކޮނޑުގައި ހިފާލިއެވެ.
"އަހަރެން ބިރުގަންނަނީ މިކަމާ.. އަހަރެން ބިރުގަންނަނީ އަފްސަލްއާ ދޭތެރޭ.. އަފްސަލް ދެކެ.." ފައުޒާ ރުއިން ހުއްޓާލާފައި ވަރަށް ފުންނޭވާއެއް ލިއެވެ.
"ކީކޭ؟ ފައުޒާ ތި ދައްކާ ވާހަކައެއް އަހަރެންނަކަށް ނޭނގެ. ތީގެ މާނައަކީ ކޮބާ؟"
"މާދަމާ ނޫންކަމެއް ނޭނގެ އަހަރެން ދާންޖެހޭނީ.. އޭރުން ތި ކެއަރިން މަތިން އަހަރެން ހާދަ މިސް ވާނެއޭ.. ތި ކޮށްދޭ ހުރިހާކަމެއް ގެއްލިދާނެތީ އަހަރެން ބިރުގަނޭ.. ޕްލީޒް އަހަރެން ދޫކޮށް ނުލައްޗޭ.." ފައުޒާއަށް އާދޭސް ކުރެވެން ފެށިއެވެ.
"އެއީ ކިއްވެ ވާގޮތެއް.." އަފްސަލްގެ އަޑު ހަމަހިމޭންވެލިއެވެ.
"އަހަރެންގެ ދެލޮލަށް ބަލާބަލަ. މި ދެލޮލުން އަހަރެންގެ ހިތުގެ އަޑިއެއް އަފްސަލްއަކަށް ނުފެނޭތަ؟ އަހަރެންގެ ހިތުގެ އަޑު ތި ދެލޮލުން ތި މޭގަވާ ހިތަށް ފޯރުކޮށްދީބަލަ. އެ އަސަރުތައް މި ދެދޮލުން ހޯދަބަލަ." އަފްސަލްގެ މޭމަތީގައި އަތް އަޅާލަމުން ފައުޒާ އެ އިޙްސާސްތައް ބަންޑުންކޮށްލިއެވެ.
އަފްސަލްއަށް ފައުޒާގެ އަތަށް ބާރުކޮށްލެވުނެވެ. އެ ދެލޮލުން އަފްސަލްއަށް ފެނުނީ ލޯތްބެވެ. އަފްސަލްއަށްޓަކާ އިންތިހާ ދަރަޖައިގެ ލޯބި އެ ހިތުގައި ފުނިޖެހިފައިވާތަން އެ ދެލޮލުން އަފްސަލްއަށް ފެނުނެވެ. އަފްސަލްއަށް ޤަބޫލުކުރަން ދަތިވިއެވެ.
"އެކަމް ކިހިނެއް؟ ކިހިނެއް ތިހެންވާނީ؟" އަފްސަލްގެ ދެލޮލުގައި ކަރުނައިގެ ކޯރެއް ފުނިޖެހިފައިވާތަން ފައުޒާއަށް ފެންނަން ހުއްޓެވެ.
"ނޭނގެ. މިގެއަށް އައިރޭވެސް އަހަރެންނަށް މިހެންވި. ތި ދެލޮލުގެ ތެރެއިން ތި ހިތް އަހަރެންނަށް ގޮވާލިތަން އަހަރެން ދުށިން. މިއީ އަހަންނަށް ކުރެވޭ ކުންހީއެއްތަ؟" އެ އިޙްސާސްތައް ބޭރުވަމުންދިޔަ ވަރަކަށް ފައުޒާގެ ނޭވާ ހިމޭންވެ ހިތުގެ ވިންދު މަޑުވަމުންދިޔައެވެ.
"ތީކީ ކުންހީއެއް ނޫން. ލޮލާ ލޯ ދިމާވާއިރަށް ހިތަށް އުނދަގޫވޭ.. ބުނެދޭން ނޭނގޭ އުނދަގޫތަކެއް ހިތަށް ކުރޭ.. ހިތް ބަންދުވާހެން ހީވޭ. އެއީ ކީއްވެ ވާގޮތެއް؟" އަފްސަލްގެ ކަނާތު ލޮލުން ފުންމާލި ކަރުނަތިކި ގޮސް ވެއްޓުނީ ފައުޒާގެ ފައިމައްޗަށެވެ.
"ދުރަށް ދާކަށް ބޭނުމެއް ނުވޭ. ތާކަށް ދިޔަސް އަބަދު ވިސްނެނީ މިހާރު ކޮންތާކު ބާއޭ ވާނީ.. ހުންނާނީ ސަލާމަތުން ބާއޭ. އަހަރެން ގާތަށް އެނބުރި އަންނާނެ ބާއޭ.. އެއީ ކީއްވެ؟" ފައުޒާގެ މުޅި ހަށިގަނޑު ފިނިވަމުން ދިޔައެވެ.
"އަމިއްލަ މިލްކެއްހެން ހީވޭ.. އެންމެނަށް ފޮރުވާގެން ގެންގުޅޭ ހިތްވަނީ.. މިއީ ލޯބިހެންވެސް ބައެއް ފަހަރު ހީވޭ.." އަފްސަލް ވާހަކަ ދެއްކީ ހިތްވަރާއެކުގައެވެ.
"ހުއްޓާލާ.." ފައުޒާ ވަރަށް ބާރަށް އަފްސަލްގެ ގައިގައި ބައްދާލިއެވެ. އަދި އެ ހޫނު މޭމަތީގައި ބޯއަޅާލައި ހިތް ފުރޭވަރަށް ބާރުކޮށްލިއެވެ. ބޭއިޚްތިޔާރުގައި ހުއްޓުމެއްނެތި ފައުޒާ ރޮމުންގެންދިޔައެވެ.
"ފައުޒާ ހުއްޓާލާ. ދެން އިތުރަށް އެންމެ ކަރުނަތިއްކެއްވެސް ތި ދެލޮލުން އިސްރާފު ކުރާނެކަމެއް ނެތް.." އަފްސަލް އަށްވެސް ބޭއިޚްތިޔާރުގައި ރޮވުނެވެ. އޭނާގެ މޭމަތީގައި ބޯއަޅާލައިގެން ހުރި ފައުޒާގެ ބޮލުގައި ފިރުމާލަމުން އޭނާ ހިނިތުންވެލިއެވެ.
"އަހަންނަށް އަފްސަލް ދެކެ ލޯބި ވެވިއްޖެ.. އަހަރެން ދޫކޮށް ނުލައްޗޭ.." އަމިއްލަ ނަފުސު އިޙްތިޔާރުން ބޭރުވަމުން ދިޔައިރު ފައުޒާ ހުރީ އެ ނަފުސުގެ މައްޗަށް ބަލިކަށިވެފައެވެ.
"އަހަރެންވެސް ވަރަށް ލޯބިވޭ. ދުވަހަކުވެސް... ދުވަހަކުވެސް މި އަތުތެރެއިން ފައުޒާ ނުކުމެގެން ދިޔަކަ ނުދޭނަން.." އަފްސަލް ލޯ މަރާލިއެވެ.
ގަޑިން ނުވައެއް ޖަހަނީއެވެ. ކައިނިމިގެން އަފްސަލްއާއި އޭނާގެ ތިން އެކުވެރިންތިބީ ފުޓުބޯޅަ މެޗެއް ބަލާށެވެ. ފައުޒާވެސް ކާމޭޒުދޮށުގައި ޓީވީބަލަން އިނެވެ.
މެޗުގެ ވަކި ހިސާބަކުން އަފްސަލް އޭނާ ހިތުލައިގެންހުރިގޮތް ބުންޏެވެ. "މިޝާހު ތި ރޫމަށް މޫވް ކޮށްލެވިދާނެތަ ދުވަސްކޮޅަކަށް؟" އަފްސަލް ސުވާލުކުރީ އަރުމަން އާއި ތަސްނީފްއާއެވެ.
އެގޮތަށް ހެދުމުން އޮފީހަށް ދިޔުމުގައި ދިމާވާނެ ދަތިތައް އެ ހަތަރު އެކުވެރިންނަށް ވިސްނެއެވެ. އެކަމަށް އެ ދެމީހުންގެ އިތުރަށް މިޝާހުވެސް ދެކޮޅުހެދިއެވެ. "މިއެއް ނޫންދޯ އަހަރެމެން އެއްބަސްވި ގޮތަކީ.. ހެނދުނު ޑިއުޓީއަށް އެންމެން އަރަންޖެހޭ ދުވަސްދުވަހު ކިހާ އުނދަގޫވާނެ؟" "އަނެއްކޮޅުން ނިދާނެ ތަނެއްވެސް ނެތެއްނު މި ރޫމަކު.." އަރުމަންއާ ތަސްނީފް ވާހަކަ ދެއްކިއެވެ.
"އެހެނެއް ނުހެދޭނެދޯ.. މަގޭ ޙައްޤު ކޮބާ؟" ހަވީރުވީ ކަންތައް ހަނދާން ނައްތާލާފައި މިޝާހު ބުންޏެވެ.
"ތި ދުލުން ޙައްޤުގެ ވާހަކަ ދެއްކީމަ މަށަށް ވަނީ ޖޯކަކަށް. މަ ބޭނުމެއް ނޫން މިދެމެދުގަ ޒުވާބެއް ހިނގާކަށް.. ކަލޭމެން އޯކޭ ނޫނިއްޔާ މަ އެހެންގޮތެއް ވިސްނަފާނަމޭ.."
"އަސްލު ކީއްވެގެންތަ މިޝާހު ޗޭންޖު ކުރަން ތިގޮލާ ތި ބޭނުންވަނީ؟" އަރުމަން އަހާލިއެވެ.
"ފައުޒާ އަކީ އަންހެން ކުއްޖަކަށް ވެފަ އޭނަ ލަދުގަންނާނެތީ.." އަފްސަލް ބުންޔެވެ.
"މަގޭ ކުރިމަތީ އުޅެންތަ އޭނަ ލަދު ގަންނަނީ. ކަލޭ ކުރިމަތީގަ އޯކޭ ދޯ؟ އެއީއެއް ނޫން ވާގޮތަކީ. މަ އޮތިއްޔާ މިނިވަން ކަމެއް ނޯންނާނެ އެއްނު. އެހެންވެ ތިއުޅެނީ. ހަމަ ފައްކާ ރަންޑިއެއް އެއީ." މިޝާހު ރުޅިއައިސްގެން ފައުޒާއަށް ބަލާލިއެވެ.
"ހުއްޓާލާ.. ކަލޭ ބޭޒާރުކޮށްލަން ބޭނުން ނުވާތީ މިވާހަކަ ރީތިކޮށް މި ދެއްކީ.. އެކަމް ކައެމެނަށް އިނގޭތަ؟ މަގޭ މިއަދު އޮފީހުން އައިރު މި މިޝާހު އުޅެނީ ފައުޒާއާ ބެހެން ވެގެން...." އަފްސަލް އިންތަނުން ތެދުވިއެވެ.
"ބައްޔެއްނު މިޝާހު. ކަލޭ ތިހެން އުޅެން ހެޔޮނުވާނެ.." ތަސްނީފްވެސް އެރީ އަފްސަލްއާ އެއްކޮޅަކަށެވެ.
އިތުރަށް އެވާހަކަ އަޑުއަހަން ފައުޒާއަކަށް ނީނދެވުނެވެ. ފައުޒާ ތެދުވެގެންގޮސް ކޮޓަރިއަށް ވަނެވެ.
"އެއީ ކާކުތަ ކަލޭ މާ ޕްރޮޓެކްޓް ކޮށްގެން ގެންގުޅެން؟ ފިލައިގެން އުޅޭ ގޮލައެއް. ރަނގަޅު ވާނެތަ؟" މިޝާހު އަމިއްލަ ދިފާއުގައި ވާހަކަ ދައްކަމުން ދިޔައެވެ.
އެއް ވާހަކައަކުން އަނެއް ވާހަކައެއް ނުކުމެ އެ މާޙައުލު އެއްކޮށް ހޫނުވެގެން ދިޔައެވެ. ފަހުން ތަސްނީފް އާއި އަރުމަންވެސް ބޭނުންވީ އެމީހުންގެ ކޮޓަރިއަށް މިޝާހު ބަދަލުވާށެވެ. ނަމަވެސް މިޝާހުއަކީ އެހާ ފަސޭހައިން ގޮތްދޫކުރާނެ އިންސާނެއް ނޫނެވެ.
"ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް މަ އޮންނާނީ މަ މިއުޅޭ ކޮޓަރީގަ. އެނޫން ގޮތެއް ހަދަން އުޅެފިއްޔާ ފައުޒާ މިގޭގަ ހުރިކަން މަ ކޮޕުންނަށް އަންގާނަން.." މިޝާހު އޭނާގެ ފަހުބަސް އިއްވިއެވެ.
އަފްސަލްއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އަފްސަލް ގޮސް ވަނީ ކޮޓަރިއަށެވެ.
"ހިނގާ ބޭރަށް. މިރޭ ނިދާނީ ސޯފާގަ.." ކޮޓަރީގައި ރޯންއިން ފައުޒާގެ ކޮނޑުގައި އަފްސަލް އަތް ޖައްސާލިއެވެ.
22 ވަނަ އެޕިސޯޑް ނިމުނީ
*******