Advertisement

ނާކާ - ޕްރޮފައިލް

12 Aug 2023
ވާހަކަ

ނާކާ | އެފިސޯޑު - 10

ނާކާ | އެފިސޯޑު - 10

އާ ދުވަހަކަށް އިރު އެރީ ފަތީންއާއި ފައުޒާއަށް ފާތުމާ ގޮވަމުން ދަނިކޮނެވެ. "ރޭގަނޑު ގަޑީގަ ނުނިދާ ފޯނާ ބެހެން ތިބެންޔާ ހެޔެއް ނުލެވޭން ނުންތަ.." ބަދިގެއަށް ވަންނަމުން އިބްރާހިމާ ދިމާއަށް ފާތުމާ ބުނެލިއެވެ. "ދެން ފާތުން އެވަރަށް ހަޅޭ ނުލަވާބަލަ. އަވައްޓެރިން ތިބޭނީ ކިޔާނެ އެއްޗެއް ނުފެނިފަ.." އިބްރާހިމް ކޮފީތަށި ބޮއިލައިގެން ބަދިގެއިން ނުކުތެވެ. ފިހާރައަށް ދާށެވެ.

"ބޮޑު މީހާ... ބޮޑު މީހާ އަހަރެން މުސާރަ ލިބެނީ ކޮންއިރަކުން؟" އިބްރާހިމް ގޮސް ފިހާރަޔަށް ވަނުމާއެކު މަސައްކަތުމީހާ ރުބޭލް އަހާލިއެވެ. "ޕިސްޕިސްޕިސް.. އަދި މިއީ މަހުގެ ތިނެކޭ.. އަދި ނުވެއެއްނުންތަ މުސާރަ ނުލިބިގެން އުޅޭކަށް.. ތިހެން އުޅެންޔާ ވަޒީފާއިން ވަކި ކޮށްފާނަން.." އިބުރާހިމް ފިހާރަ ތެރެއަށް ވަނީ ހަޅޭއްލަވަމުންނެވެ.

*******************

"މިހާރު ކޮށްކޮއާ އާނިސްއާ އޯކޭތަ؟" ސުކޫލަށް ދިޔަ މަގުމަތީގައި ފަތީން، ފައުޒާ ކައިރިން އަހާލިއެވެ. "އާނ މިހާރު އޯކޭ.." ފައުޒާ ބުނެލިއެވެ.

ސުކޫލަށް ދިޔަ މަގުމަތީ ފަތީން އޭނާގެ ބޮލުގައި އެޅިގެން މިދިޔަ ބޮޑު ޒިންމާއާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނިއެވެ. ކޮންމެ ގޮތެއްވިއަސް ފަތީންއަށް މި ކަމުން ސަލާމަތް ވެވޭކަށް ނެތެވެ. މި ކަންތައްގަނޑު ފަޅާއެރިއަސް އެހާ ގިނަ ފައިސާ ސުކޫލަށް ދައްކަން ޖެހޭނެއެވެ. ނަމަވެސް އޭރުން ފަތީންގެ އަގު އެންމެންގެ ކުރިމަތީގައި ވެއްޓޭނެއެވެ. ލީވިންގް ސެޓްފިކެޓު ހަޑިވުން ވެސް ގާތެވެ. އެހެންކަމުން ރީތި ގޮތަކީ އެ މީހާގެ އަތުން އެވީޑިއޯ ލީކު ވިއަނުދީ ކުރެވެންއޮތް ހުރިހާ ކަމެއް ކުރުމެވެ.

ކުލާހުގައި ހޭދަވި އެންމެ ހިނދުކޮޅަކުވެސް ފަތީންގެ ސިކުނޑިން އެ ވިސްނުންތައް ދުރަކަށް ނުދެއެވެ. އާދައެކޭ އެއްފަދައިން އިންޓަވަލް ގަޑީގެ ރަނގަބީލު ޖެހުމާ އެކު ޝިމާއާއި އާނިސް އިންޓަވަލްއަށް ގެނައި ކާއެއްޗެހި ހިފައިގެން ފަތީން އިންތަނަށް އައެވެ. "ކޮބާ ނެތްތަ އޮލަ ވާހަކަ އެއް؟" އާނިސް އަހާލިއެވެ. އެވަގުތު ފަތީންގެ ސިކުނޑިއަށް އައީ ރޭގެ ހާދިސާއެވެ. އެ ވާހަކަ އެ ދެ އެކުވެރިންނާއި ކިތަންމެ ހިއްސާކޮށްލާ ހިތްވި ކަމުގައިވިއަސް ފަތީންއާއި ޖިޔާދު އެރޭ ސުޕަވައިޒާސް ރޫމުގެ ކޮންޕިއުޓަރުތައް ހަލާކު ކޮށްލިކަން އެ ދެކުދިންނަށްވެސް ނޭނގޭނެއެވެ. "ކަލޭމެން ދެ މީހުން މިތަނަށް އައިމަ އަހަރެން އެންމެ މިސްވަނީ ތިއްތިބެ މަތިން.. މިހާރު މި ތަނުގަ މަދީ ތިއްތިބެ އެކަނި.." ފަތީން ބުނެލިއެވެ. "އާނނ.. ވަރަށް މިސްވޭ ފަޒީން މަތިން.. ވަރަށް ބޮޑަށް މިސްވޭ.." ޝިމާ އިންޓަވަލް ތަށި ހުޅުވާފައި ކާން ފެށިއެވެ.

އާނިސްއާއި ޝިމާ ވާހަކަ ދައްކަން ތިއްބައި ފަތީން ތެދުވެގެން ހިނގައިގަތެވެ. "ކޮންތާކަށް ތި ދަނީ އިންޓޯލް ނުބޮއެ؟" ޝިމާ އަހާލިއެވެ. "އެބަ އަންނަން.."

ފަތީން ނުކުމެގެން ދިޔައީ ޖެހިގެން ހުރި ކުލާހަށެވެ. އެ ކުލާހުގެ ކުލާސް ޓީޗަރަކީ ޝައިހާއެވެ. ފަތީން ގޮސް އެ ކުލާހުގެ ދޮރުމަތީގައި ހުއްޓުނު ވަގުތު ޝައިހާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުން އޭނާ ފޮރުވާލިއެވެ. "ޖިޔާދު!" މޭޒެއްގެ ދޮށުގައި އިށީނދެގެން އިން ޖިޔާދުއަށް އިނގިލިން އިށާރަތްކޮށްލަމުން ފަތީން ޝައިހާ ގާތު ބުނެލިއެވެ. އެ މަންޒަރު ފެނުމުން ޖިޔާދުއަށް ފަތީން އެއައީ އޭނާ ހޯދަންކަން އެނގުނެވެ. ޖިޔާދު ތެދުވެގެން އައިސް ކުލާހުން ނުކުތެވެ.

ޖިޔާދު: "ކިހިނެއްވީ ބްރޯ؟؟"

ފަތީން: "ވަރަށް ކަޑަ ކަމެއް ވެއްޖެ.. ކުރީރޭ އަހަރެމެން ސުޕަވައިޒާސް ރޫމް ފުނޑާލަން ދިޔައިރު ކަލޭ އެއްވެސް މީހަކު ކައިރީ ބުނިންތަ؟"

ޖިޔާދު: "ނޫން ނުބުނަން.. ކިހިނެއްވީ؟"

ފަތީން: "އެކަމް އެރޭ މީހަކު އެބަ އޮތޭ ވީޑިއޯ ކޮށްފަ!"

ޖިޔާދު: "އޭ ވަޓް؟ ކާކު އެއީ؟"

ފަތީން: "ނޭނގެ މަށަކަށް.. ރޭގަ ނުދަންނަ ނަންބަރަކުން މަށަށް އެ ވީޑިއޯ ފޮނުވީ.."

ޖިޔާދުއާ އެ މީހާގެ ވާހަކަ އަދި ހިއްސާ ކުރާކަށް ފަތީން ބޭނުމެއް ނޫނެވެ. އެހެންކަމުން ފަތީން ހަދާލީ މޮޅު ދޮގެކެވެ.

ޖިޔާދު: "އައްޗީޑި. ހާދަ ކަޑައޭ.. އޭ... ތި ވާހަކަ ދައްކަން ހިނގާބެ ދިމާވާން މިއަދު.. މިތަން ކައެއަށްވެސް އެނގެއެންނު މިއީ އެންމެ ރަނގަޅު ތަން ނޫންކަން ތި ވާހަކަ ދައްކަން.."

ފަތީން: "އާނ އޯކޭ މަ ނައްޓާލީ އިނގޭ.."

ފަތީން އެނބުރި ކުލާހަށް ދަމުން އެ ކުލާހުގެ ކިޑިކީދޮރުން ކުލާސް ތެރެޔަށް ބަލާލިއެވެ. ޝައިހާ ހުރީ ފަތީންއާ ދިމާއަށް ބަލާށެވެ. ފަތީން ދިޔައީ ޝައިހާއާ ދިމާއަށް އެއް ލޯ މަރާލާފައެވެ. އެ ވަގުތު ޝައިހާ އިސްޖަހާލިއެވެ. ކުލާހުގެ ކުއްޖަކަށް ޝައްކު ވެދާނެތީއެވެ.

*************

ސުކޫލު ނިންމާފައި ގެޔަށް ގޮސް އާނިސް ލެޕްޓޮޕް ހިފައިގެން އޮށޯވެލީ ބައްޕަ އުޒައިރު ރޭގައި ގެނައި ފުޓޭޖުތައް ބަލާލާށެވެ. ވީޑިއޯ އަކަށްފަހު ވީޑިއޯއެއް އޮޅަމުން އޭނާ ގެންދިޔައެވެ. ފިހާރައިގެ ދޮރުމަތީގެ ވީޑިއޯ އޮޅަމުން ދަނިކޮށް އާނިސްގެ ސަމާލުކަން ހުއްޓުނީ ބަޔަކު ތަޅާ މަންޒަރު ފެނުނު ހިސާބުންނެވެ. އަވަސްމިނުގައި އޮޅަމުންދިޔަ އެ ވީޑިއޯ އާނިސް ހުއްޓާލިއެވެ. އަދި އަލުން އެ ވީޑިއޯ އޭނާ އެޅުވިއެވެ. އެންމެ ފުރަތަމަ ފެންނަނީ ފިރިހެން ކުއްޖަކު ހިނގާފައި އައިސް ހުއްޓޭތަނެވެ. އެ ވަގުތު އާނިސް ވީޑިއޯ ޕޯސް ކޮށްލިއެވެ. ވީޑިއޯއިން އެ ފެންނަނީ ފަޒީންއެވެ. އާނިސްގެ ސަމާލުކަން އިތުރަށް ދަމައިގަތީ އެ ހިސާބުންނެވެ. ވީޑިއޯގެ ބާކީ އޮތް ބައި ބެލުމަށް އާނިސް ލެޕްޓޮޕްގެ "ސްޕޭސް" ބަޓަނަށް ފިތާލިއެވެ.

ފަޒީން އައިސް ފިހާރައިގެ ދޮރުމައްޗެއްހާ ހިސާބުގައި ހުއްޓި ހުރެލުމަށްފަހު ފަހަތަށް ބަލައިލިއެވެ. އެ ވަގުތު އޭނާއާ ދިމާއަށް އިތުރު ތިން މީހަކު ހިނގާފައި އައެވެ. އެއަށްފަހު ފަޒީން އެމީހުނާ ވާހަކަ ދައްކާކަން ދޭހަވާގޮތަށް އޭނާގެ އަތުގެ ހަރަކާތްތައް ހުއްޓެވެ. ފަޒީންގެ ގާތުގައި ހުރީ ނަޒީހުއާ އަދި އިތުރު ދެމީހުންކަން ވެސް އާނިސްއަށް ސާފުކޮށް އެނގެއެވެ. އިރުކޮޅަކުން ނަޒީހު ފަޒީންގެ މޭމަތީގައި އަތް އަޅުވާލައި ކޮށްޕާލާފައި ހިނގައި ގަތެވެ. އެ ވަގުތު ފަޒީން އޭނާގެ ފަހަތުން ގޮސް އޭނާއަށް ހަމަލާދިނެވެ. އެ ދެމެދުގައި ތަޅާފޮޅުންގަނޑު އުފެދުނީ އެ ހިސާބުންނެވެ.

އާނިސްގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. އޭނާ ވަގުތުން އޭނާގެ ފޯނު ނަގާފައި ފަތީންގެ ނަމްބަރަށް ޑައިލް ކޮށްލިއެވެ.

= އެޕިސޯޑް 10 ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.