Advertisement

ނާކާ - ޕްރޮފައިލް

20 Aug 2023
ވާހަކަ

ނާކާ | އެފިސޯޑު - 11

ފަތީން އިނީ ސުކޫލު ފަޓުލޫނު ލައިގެން ބަދިގޭގައި ސައިބޯށެވެ. އެއިރު މެންދުރު ނަމާދަށް ބަންގި ގޮވަމުން ދަނީއެވެ. ކުއްލިއަކަށް އޭނާގެ ފޯނަށް އައި މެސެޖަކަށް އޭނާ ބަލައިލިއެވެ. "ކޮބާ ތި މީހާ؟" އެއީ ޖިޔާދު ފޮނުވި މެސެޖެކެވެ. "އާދޭ މިގޭ ކާރިއަށް.." ފަތީން ރިޕްލައި ފޮނުވާލިއެވެ.

ކައިނިމިގެން ފަތީން ތެދުވެގެންގޮސް ސިންކު ކައިރީގައި ހުއްޓުނު ވަގުތެވެ. އޭނާގެ ފޯނު ރިންގްވާން ފެށިއެވެ. ފަތީން އަތް ދޮވެގެން އަންނަން ވާއިރަށް ފޯނު އޮތީ ކެނޑިފައެވެ. ފަތީން ފޯނަށް ބަލައިލި އިރު އެއީ އާނިސްއެވެ.

"ކަމޯން ފަތީން ފޯނު ނަގާބަލަ" ހިތް އަވަސް ވެފައި ހުރިވަރުން އާނިސްއަށް އެކަނި އިނދެ ވާހަކަ ވެސް ދެއްކުނެވެ. ކުޑަ އިރުކޮޅަކު މަޑުކޮށްލުމަށްފަހު އާނިސް އަނެއްކާވެސް ފޯނު ނަގާ ފަތީންއަށް ގުޅަން ފެށިއެވެ. މިފަހަރު ފަތީންގެ ފޯނު ރިންގްވާންފެށީ ފަތީން ކޮޓަރި ތެރޭގައި ޓީޝާޓުލާން ހުއްޓައެވެ. "ހަލޯ.. ކިހިނެއްވީއޭ ބުރޯ؟" ފަތީން ފޯނު ނަގާ ކަންފަތުގައި ޖަހައިގެން ގެއިން ބޭރަށް ދާން ހިނގައިގަތެވެ. "އޭ މޭން ކަލޭ ގަބޫލެއްވެސް ނުކުރާނެ މަށަށް މިއޮށް ފެނުނު އެއްޗެއް.." އާނިސް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަހިނގާލަ ހުއްޓެވެ. "ކޯއްޗެއް ފެނުނީތަ؟ ކީއްވެގެންތަ މާ ހާސްވެފަ ތި ހުރީ؟" ފަތީން ސުވާލު ކޮށްލިއެވެ. "ފަޒީން ގައިގަ ނަޒީހުމެން ތަޅަނިކޮށް މިއޮތީ މިގޭ ފިހާރަ ސީސީ ކެމެރާއަށް އަރާފަ.. މަ ދެންމެ އޭތި ޗެކް ކޮށްލި ތަނާ މި ފެނުނީ.." އެއަޑު އަހާފައި ފަތީންއަށް ހުރެވުނު ތަންވެސް ނޭނގުނު ކަހަލައެވެ. "އޭ ހިނގާ ޕޮލިހަށް ތީތި ހަވާލުކުރަން.. މަ ދާންތަ ބަލާ؟" ފަތީން އަހާލިއެވެ. "އާނ ފައޫ ގޮވާގެން އަންނައްޗެ.." އާނިސް ބުނެލިއެވެ.

Advertisement

ފަތީން ގޭތެރެއަށް ވަދެ ފައުޒާ ހޯދާލިއެވެ. އެއިރު ފައުޒާ އިނީ ކޮޓަރީގައެވެ. "ކޮށްކޮ އާދެބެ ވަރަށް އަވަހަށް އާނިސް މެންގެޔަށް ދާން.. އޭނަ އެބަ އުޅޭ ތިއްތިބެ ގައިގަ ނަޒީހުމެން ތަޅާ ވީޑިއޯއެއް ހޯދައިގެން.." ފަތީން ބުނެލީ ވައިއަޑުންނެވެ. ކޮޓަރީގައި އުޅޭ އޭނާގެ މަންމަ ފާތުމާއަށް އަޑުއިވިދާނެތީއެވެ. "ކީކޭ؟؟ އަސްލުތަ؟" ފައުޒާ އެނދުމަތީގައި އިނދެފައި ތެޅެމުންފޮޅެމުން ދުއްވައިގަތެވެ.

ފަތީންއާއި ފައުޒާ ދޮރުމައްޗަށް ނުކުތްއިރު ޖިޔާދު އިނީ ބައިސްކަލެއްގައި ގޭގެ ދޮރުމަތީގައެވެ. "އޭ ވަރަށް ބޮޑަށް ސޮރީ.. މަ ވަރަށް އަވަހަށް ދާން ޖެހިއްޖެ ގެޔަކަށް.. މަ ދަންތަ މި ކަންތަށއ ނިންމާލާފަ ތި ގެއަށް؟" ފަތީން ފައިވާނަށް އަރަމުން އަހާލިއެވެ. "އާނ މައްސަލައެއް ނެތް.. ކޮންތާކަށްތަ މާ އަވަހަށް ތި ދަނީ މޭން؟" ފަތީން އުޅުނު ގޮތުން ޖިޔާދު އަހާލިއެވެ. "އޭ މަ ކިޔާދޭނަން ފަހުން..." ފައުޒާއާ އެކީގައި ދުއްވައިގަންނަމުން ފަތީން ބުނެލިއެވެ.

ފަތީންއާއި ފައުޒާ ދުވެފައިގޮސް އާނިސް މެންގެޔަށް ވަތްއިރު އާނިސްގެ މަންމަ ޝިރާނީ ހުރީ ގޭތެރެ ކުނިކަހާށެވެ. "ކޮށްކޮމެން ކީއްވެގެން ތި ދުވަނީ؟؟" ފަތީންއާއި ފައުޒާ ލަހިވެފައި ތިބި ވަރު ފެނިފައި ޝިރާނީ އަހާލިއެވެ. "ޝިރާނިއްތާ ކޮބާ އާނިސް؟ އޭނަ ހޯދާށޭ މި އައީ.." ފަތީން ބުނެލިއެވެ. "ދޭބަލަ ކޮޓަރީގަ ވެއްޖެ. ކީއްވެތަ ތި ދުވަނީ ދެ ކުދިން؟ ކަމެއް ގޯސްވީތަ؟" ޝިރާނީ އަނެއްކާ ވެސް ސުވާލުކޮށްލިއެވެ. ފައުޒާއަށް ލަދުން އެއްވެސް އެއްޗެއް ބުނާކަށް ނުކެރުނެވެ. "ކަމެއް ނުވެ.." ފަތީން މިހެން ބުނަމުން ގޮސް އާނިސްގެ ކޮޓަރިއަށް ވަނެވެ.

ފައުޒާ ކޮޓަރިއަށް ވަތްގޮތަށް ގޮސް އާނިސް ގައިގައި ބައްދާލިއެވެ. "ކޮބާ އެ ވީޑިއޯ؟" ފަތީން ހާސްވެފައި ހުރެ އަހާލިއެވެ. "މި އޮތީ.. ހިނގާބެ ބަލަން. މަވެސް އަދި އެއްކޮށްނެއް ނުބަލަން.." ފައުޒާގެ އަތުގައި ހިފައިގެން އާނިސް ގޮސް އެނދުމައްޗަށް އެރިއެވެ. ފަތީން ވެސް އެނދުމަތީގައި އިށީނެވެ.

އެ ތިން މީހުންވެގެން ފަޒީން ގައިގައި ތަޅަން ތިބެފައި އެ ތަނުން އެކަކު ހިނގައިގަތުނެއެވެ. އެއިރު ވެސް ދެ މީހަކު ފަޒީންގައިގައި ތަޅައެވެ. ފަޒީން ވެސް ދިފާއުގައި ހަމަލާ ދެމުން ގެންދެއެވެ. އިރުކޮޅަކުން ހިނގާފައި ދިޔަ މީހާ އެނބުރި އެތަނަށް އައެވެ. އެއިރު އެމީހާގެ އަތުގައި ދިގު އެއްޗެއް އޮތެވެ. ލަފާކުރެވޭގޮތުގައި އެއީ ލަކުޑިބުރިއެއް ކަހަލަ އެއްޗެކެވެ.

"ހުއްޓާލާ.. ދެން ނުބެލޭނެ. އެހެއް އެހެއް.." ފައުޒާ ރޮއިގަނެފައި އާނިސްގެ ކޮނޑުގައި އޭނާގެ މޫނު އެޅިއެވެ. ފަތީންގެ ހިތަށް ވެސް ވަރަށް އަސަރު ކުރިއެވެ. އެ ވަގުތު އާނިސް އެ ވީޑިއޯ ހުއްޓާލިއެވެ. "އެ ލަކުޑިބުރި ހިފާގެން އެ ހުރީ ނަޒީހުދޯ؟" ފަތީން އަހާލިއެވެ. "އާނ ހީވަނީ.. ފައޫ ހުއްޓާލަބެ.." ފައުޒާ ހުއްޓުވަން މަސައްކަތް ކުރަމުން އާނިސް ބުނެލިއެވެ. "ތެދެއް ކޮއްކޯ.. މީތި ޕޮލިހުންނާ ހާވާލުކުރަން ބޭނުމިއްޔާ އަހަރެމެން ޖެހޭނެ ކަންވީގޮތް ބަލަން.. މިއީ ތިއްތިގެ ތަހުގީގަށް ވަރަށް ކުރިއެރުން ލިބޭނެ އެއްޗެއް.." ފަތީން މިހެން ބުނެފައި އެ ވީޑިއޯ އަލުން އަޅުވާލިއެވެ.

ފަޒީންގެ ގާތުގައި ތިބި ދެމީހުން ފަޒީންގެ ދެ ފަރާތުން ހިފެހެއްޓިއެވެ. އެ ވަގުތު ލަކުޑިބުރި ހިފައިގެން ހުރި މީހާ ފަޒީންގެ ބޮލުގައި އޭގެން ވަރަށް ބާރަށް ޖެހިއެވެ. އެ ވަގުތު ފަޒީން އެދެމީހުން އަތުތެރެއިން ސަލާމަތްވާން ވަރަށް ބާރަށް ތެޅިގަތެވެ. ނަމަވެސް އެ މީހުން ދުލެއް ނުކުރިއެވެ. ވީޑިއޯ ބަލަން ތިބި އެ ތިން ކުދިންގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. ފަޒީންގެ ހަށިގަނޑުން ވާގި ދޫވެގެން އޭނާ ހިފަހައްޓައިގެން ހުރި ދެ މީހުންގެ އަތުތެރެއަށް ތިރިވިއެވެ. އެ ވަގުތު އަނެއްކާވެސް އެމީހާ ފަޒީންގެ ބޮލުގައި ޖެހިއެވެ. އެ ވަގުތު ފައުޒާ ހަޅޭއްލަވައިގަތެވެ. އޭނާ ރޯންފެށިއެވެ. ދެން ފެނިގެން ދިއައީ އެ ތިންމީހުން ފަޒީން އެ ތަނުގައި ބައްވާފައި ހިނގައިގަތް މަންޒަރެވެ. ވީޑިއޯ ދައްކާ ގޮތުން އެއީ އެރޭގެ 11 ގަޑި ފަނަރަމިނެޓުގައެވެ. ފަޒީން 10 ވަރަކަށް މިނެޓު އެ ތަނުގައި ގުޑިވެސް ނުލާ ވެއްޓިފައި އޮތެވެ. އެއަށްފަހު އޭނާ ކޫތެމުން ގޮސް ފިހާރައިގެ ބިތުގެ އެހީގައި ކޮޅަށް ތެދުވެގެން ހިނގައިގަތެވެ. އެ ހިސާބުން ކެމެރާ ކަވަރު ކުރާހިސާބުން ފަޒީންއަށް ބޭރަށް ދެވުނީއެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ޝިރާނީ ހުޅުވާލިއެވެ. އެއިރު ފައުޒާ އޮތީ އާނިސްގެ ކޮނޑުމަތީގައި ބޯއަޅައިގެން ރޯށެވެ. "ކީއްވެ ފައުޒާ އެރޮނީ؟ ކިހިނެއް ވެގެން ދަރިފުޅުމެން ތި އުޅެނީ؟" ޝިރާނީ ފެނުމާއެކު ފައުޒާ އާނިސްގެ ގާތުން ދުރަށް ޖެހިލިއެވެ. "މީ ރޭގަ ބައްޕަ ގެނައި ފިހާރައިގެ ސީސީ ކެމެރާ ފުޓޭޖުތައަ. މީގަ މި އޮތީ ނަޒީހުމެން ފަޒީން ގައިގަ ތެޅިތަން." އާނިސް ބުނެލިއެވެ. "އެހެންވެގެންދޯ މި ކުދިން މާ ހާސްވެފަ އެ އައީ.. މަންމަ ހިތަށް އަރާފިއޭ ކީއްވެގެން ބާއޭ." ޝިރާނީ މިހެން ބުނި ވަގުތު ފަތީން އެނދުމަތިން ތެދުވިއެވެ. "ހިނގާ ކޮއްކޯ މީތި މަންމަ މެނަށް ދައްކަން ގެންދަން.." އެ ވަގުތު ފައުޒާ ތެދުވިއެވެ.

އާނިސްގެ އެނދުމަތީ އޮތް ޕެންޑްރައިވް އަކަށް އެ ވީޑިއޯ އަޅައިގެން ގެޔާދިމާއަށް ދާން ފަތީންއާއި ފައުޒާ ހިނގައިގަތް ވަގުތު އާނިސް ވެސް އެ މީހުންގެ ފަހަތުން ހިނގައި ގަތެވެ. ނަމަވެސް އެ ވަގުތު ޝިރާނީ އާނިސްގެ އަތުގައި ހިފެހެއްޓިއެވެ. ފައުޒާއާއި ފަތީން ގެއަށްދާން ހިތްއަވަސްވެފައި ހުރުމުގެ ސަބަބުން އެ ކުދިން ފަސްއެނބުރި ބަލާނުލާ ކުރިއަށް ދިއައެވެ. "ދަރިފުޅު މިގަޑީގަ ދިއުން ރަނގަޅެއް ނުވާނެ!" ޝިރާނީ ބުނެލިއެވެ. ނަމަވެސް އާނިސް ހުރީ ވަރަށް ބޮޑަށް ފައުޒާގެ ފަހަތުން ދާން ބޭނުންވެފައެވެ. އޭނާ ދާން ބޭނުންވެފައި ހުރި ވަރު ހުދު ޝިރާނީއަށް ވެސް އޭނާގެ މޫނުމަތިން ފެނުނެވެ. ނަމަވެސް އެ އާއިލާ ހިތާމަ ކުރަމުންދާ ވަގުތު އާނިސް އެތާ ހުރުން ރަނގަޅު ނުވާނެތީ ޝިރާނީ އާނިސް ހުއްޓުވީއެވެ.

އާނިސް ޝިރާނީއާއި ދިމާއަށް ބަލައިލިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. "މަންމާ އެމީހުން ފަޒީންގެ ބޮލުގަ ވަރަށް ބާރަށް ޖެހީ.. އޭނަ ސަލާމަތްވާން ތެޅިގަތް ވަގުތު އޭނާގެ ގައިން ވާގި ދޫވެގެން އޭނާ އެއްކޮށް އެ މީހުންގެ އަތްމަށްޗަށް ދެމުނީ.. އެއީ ހާދަ ނުލަފާ ބައެކޭ މަންމާ.." އާނިސްއަށް ރޮވެން ފެށުމުން ޝިރާނީ އޭނާގެ ގައިގައި ބައްދާލިއެވެ. "އަހަރެން ވަރަށް ހަނދާންވޭ ފަޒީން މަތިން.. ވަރަށް ބޮޑަށް ހަނދާންވޭ މަންމާ.." އާނިސްއަށް ގިސްލާ ރޮވުނެވެ. "ހުއްޓާލާ ދަރިފުޅާ.. އިރާދަކުރެއްވިއްޔާ އަދި ދަރިފުޅަށް އެކަހަލަ އެކުވެރިއަކު ލިބޭނެ. ފަތީންވެސް އެހެރީނުން. ހިނގާބަލަ މަންމައަށް ތި ވީޑިއޯ ދައްކާލަން."


= އެޕިސޯޑް 11 ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
27 Jul 2024
ޚަބަރު
ނޭޕާލުގައި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުން ސަލާމަތް ވީ ޕައިލެޓް އެކަނި
ސައުރަޔާ އެއާލައިންގެ 9N-AME މަތިންދާ ބޯޓު ވެއްޓުނީ، ނޭޕާލްގެ ޕޮކްރާއަށް ދިޔުމަށްޓަކައި، ތްރިބުވަން އެއާޕޯޓުން ފުރިތަނާއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ އެއާލައިންގެ 19 މުވައްޒަފުންނެވެ. އެމީހުންގެ ތެރެއިން ޕައިލެޓް ފިޔަވާ އެހެން އެންމެން ފްލައިޓް ވެއްޓުނު އެހާދިސާގައި ވަނީ މަރުވެފައެވެ.
27 Jul 2024
ޚަބަރު
ޒައިދާން މަރުވި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި
ޒައިދާންގެ މަރުގެ މައްސަލައިގައި މިހާތަނަށްވެސް އެމްއެންޑީއެފުން އެއްވެސް ވާހަކައެއް އެހާދިސާ އާއި ގުޅޭ ގޮތުން ދައްކާފައި ނުވާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގުމުން އެމްއެންޑީއެފްގެ ތެރޭގައި އަމަލުކުރަމުން އަންނަގޮތުގެމަތިން އެހާދިސާ ހިނގިގޮތް ބަލާ ނިމިފައިވާ ކަމުގައި ދަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ބަލައި ނިމުނީ ކޮން ދުވަހަކު ކަމެއް އަދި ބެލި ބެލުމުން ފާހަގަވީ ކޮންކަމެއް ކަމެއް، އިތުރަށް އެޅީ ކޮން ފިޔަވަޅެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.
27 Jul 2024
ކުޅިވަރު
ޖޫނިއަރ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއަރ އަންހެޓީމުން، ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދައިފިއެވެ.
27 Jul 2024
ކުޅިވަރު
އުމުރުން 13 އަހަރުގެ ތަޒްކިޔާ ފެތުމުގެ ދެ ރެކޯޑެއް ހަދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު، ގައުމީ ދެ ރެކޯޑެއް ހަދައިފިއެވެ.