Advertisement

09 Apr 2024
ވާހަކަ

ނާކާ | އެޕިސޯޑު - 17

ގަޑިން ބާރަ ޖެހީއެވެ. ހޮޅުވަށީގެ ހިތްގައިމު މާހައުލުގައި ޖިޔާދުގެ މޭމަތީގައި ބޯއަޅާލައިގެން ސަހާ އޮތްއިރު ވަގުތު ދާގޮތްވެސް ނޭނގެއެވެ. "ދާކަށް ނުވޭތަ؟ ތިއްތަ ހުންނާނީ މިހާރު ލަސްވެފަ ކަންނޭގެ." ޖިޔާދު ބުނެލިއެވެ. "އާނދޯ؟ ގަޑިން ކިހާވަރެއްބާ!" ސަހާ ތެދުވިއެވެ. "ބާރަ ޖަހާފިތަ؟" ޖިޔާދުވެސް ތެދުވެފައި އަހާލިއެވެ. "އާނ.. ހިނގާ ތިއްތަ ކާރިއަށްދާން ދޯ؟

ޝިމާ ހުންނަންބުނި ގަސް ކައިރިއަށް ޖިޔާދުއާއި ސަހާ އައިސް ހުއްޓުނުއިރު ޝިމާ ފެންނާކަށް ނެތެވެ. ކަޅުފޮއި އަނދިރީގެ މިފަދަ ރެއެއްގައި މާދުރު ހިސާބުތަކެއް ނުވެސް ފެންނާނެއެވެ. "ގުޅާބަ ތިއްތައަށް.." ދެކޮޅު ބަލާލުމަށްފަހު ޖިޔާދު ބުނެލިއެވެ. "އަޅެ ކޮބާތަ؟" ފޯނު ނަގާ ޑައިލް ކޮށްލަމުން ސަހާ ވަރަށް ހާސްވެލާފައި ބުންޔެވެ.

ޝިމާގެ ފޯނު އޮތީ ނިއްވާލާފައެވެ. ސަހާގެ ހާސްކަން އިތުރުވީ އެހެންވެގެންނެވެ. "ނިވާލާފަ!" ސަހާ ވަރަށް ދެރަވެލާފައި ބުންޔެވެ. "އަނެއްކާ ތިއްތަ ގެޔަކަށް ނުދާނެބާ؟" ސަހާގެ އަތުގައި ހިފާލަމުން ޖިޔާދު ބުނެލިއެވެ. "އާނ.. ނުދާނެ! ފަޒީން މަރުވިރޭވެސް ދައްތަ ދިޔައީ ގެޔަކަށް ނޫނެއްނު. އެތާ ބްރިޖާ ދިމާލަށެއްނު؟ އެހެންވީމަ މިރޭވެސް ކަމެއް ދިމާވެގެން ދިމާލަކަށް ދިޔައީ ކަމަށް ވާނީ." ސަހާ ބުނެލިއެވެ. "ހިނގާބަލަ އެދިމަ ބަލާލަން." ޖިޔާދު ސަހާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

Advertisement

"ހައްހައްހައް" އެނދުމަތީގައި ހިނގަމުންދިޔަ ކަންކަން ވީޑިއޯ ކުރަމުންދިޔަ އެ ނުލަފާ އިންސާނާ ހެމުންގެންދިޔައެވެ. "ފަތީން ހާދަ ފައްކަލޭ މިކަމަށް. ދެން އަނގައިން އަޑެއް ލައްވާލަބަލަ! އޭރުން ވީޑިއޯ ރީތިވާނީ." ލަދުން އޮތް ފަތީން ދެލޯ މަރާގެންއޮވެ ކުރިއަށް ގެންދިޔައެވެ. އޭނާ ދެއްކި ވާހަކައަށް ސަމާލުކަމެއް ނުދީއެވެ. ޝިމާގެ ގިސްލުމުގެ އަޑު އެންމެ ހިނދުކޮޅަކަށްވެސް ކެނޑިގެނެއް ނުދެއެވެ.

އެމީހާގެ އަޑެއްނީވޭތާ ކުޑަ ހިނދުކޮޅެއް ވެއްޖެއެވެ. އޭނާގެ ފޯނުގެ ފުލޭޝް ލައިޓުގެ އަލިވެސް ނިވާލައިފިއެވެ. އޭނާ ކޮބައިތޯ ބަލައިލަން ނުކެރިފައި ފަތީން އޮތީ ލަދުންނެވެ. އެހެން ނަމަވެސް ޝިމާ ގެންދިޔައީ އޭނާގެ ހަރަކާތްތަކަށް ރަނގަޅަށް ބަލަމުންނެވެ.

އަތުގައި އޮތް ފޯނު ޖީބަށް ލަމުން އޭނާ ގޮސް ހުއްޓުނީ އެގެއަށް ވަންނަ ދޮރުކައިރީގައި ބެހެއްޓިފައިހުރި ދިގު ލަކުޑިގަނޑެއް ކައިރީގައެވެ. އޭނާ އޭތި ނަގައިގެން އެނދާއި ދިމާލަށް ހިނގައިގަތް ވަގުތު ޝިމާގެ ދެލޯ ބޮޑުވިއެވެ. "އާރރހް" ނޭވާ އަވަސްވެ ޝިމާ ކަންބޮޑުވާން ފެށިއެވެ. އޭނާ ކުރަން އުޅޭ ކަމެއް ނޭނގޭތީއެވެ

އޭނާ ލަސްނުވެ އައިސް އަތުގައި ހުރި ބާރެއްލާފައި އެ ލަކުޑިގަނޑުން ފަތީންގެ ބޮލުގައި ޖެހިއެވެ. "އާރރރރ..." ދެލޯ ބޮޑުކޮށްލާފައި ޝީމާ ހަޅޭލަވައިގަތީ ބިރުންނެވެ. ހަމައެވަގުތު ފަތީން ޚަބަރު ހުސްވެގެން ޝިމާގެ މޭމައްޗަށް ވެއްޓުނެވެ.

"މީނަޔަށް ވީބައި ނިމުނީ. ދެން އޮތީ މަށަށް." އަތުގައި އޮތް ލަކުޑިގަނޑު ބިންމައްޗަށް ވައްޓާލަމުން އޭނާ ބުނެލިއެވެ. ނުސީދާގޮތެއްގައި ނަމަވެސް އޭނާ ބުނި ޖުމްލައިގެ މާނަ ޝިމާއަށް ދެނެގަތެވުނެވެ. އޭނާ ފަތީން ނަގާ ބިންމައްޗަށް ވައްޓާލި މަންޒަރު ފެނިފައި ޝިމާ ގަނޑުވިއެވެ. އެ ހިނދުކޮޅަށްޓަކާ އޭނާގެ ހިތާއި މުޅި ހަށިގަނޑުގެ ހިނގުން ހުއްޓުނު ކަހަލައެވެ.

މޭމަތިފުޅާ ހަށިގަނޑުން ބޮޑު އެ ފިރިހެނާ ލައިގެން ހުރި ފަޓުލޫނުގެ ބެލްޓު ނައްޓުވާލައި ފަޓުލޫނު ތިރިކޮށްލިތަން ފެނުމުންވެސް ޝިމާގެ ހަށިގަނޑު ގުޑާނުލިއެވެ. ޝިމާގެ ގިސްލުމުގެ އަޑު ކެނޑިގެންގޮސް މުޅި މާހައުލު ހަމަލިމޭންވެލި ވަގުތު އޭނާ އެނދުމައްޗަށް އެރިއެވެ. ޝިމާގެ ހަށިގަނޑުން ފޮނިމީރުކަން ހޯދަމުން އޭނާ ގެންދިޔައީ ޖަނަވާރެއްވެސް އެ އަމަލުހިންގާނެ ގޮތަށްވުރެ އިހާނެތިކޮށެވެ. ޝިމާގެ ގައިގައި އަޅަމުންދާނެ ވޭނަކަށް އޭނާ ބަލައެއް ނުލައެވެ. ހުއްޓުމެއްނެތި ފަސް މިނެޓެއްހާއިރު ވަންދެން އޭނާ އެ އަމަލު ހިންގީ އެކަމުގެ އަރާމާއި ހިތްހަމަޖެހުން އޭގެ އެންމެ ފުރިހަމައަށް އޭނާއަށްލިބި އޭނާއަށް ފުދޭ ވަރު ވަންދެނެވެ.

އެނދުމަތިން ފެއިބުމުގެ ކުރިން އޭނާ ޝިމާގެ ކޮލުގައި ދެތިންފަހަރަކަށް އަތުން ޖަހާލިއެވެ. ސިމާއަށް އޭނާގެ ދެލޯ ހުޅުވާލެވެނީވެސް ހަމަ ކިރިޔާއެވެ

އޭނާ ތެދުވިއިރު އޭނާގެ މާނޭވާލުމުގެ އަޑު ނޫން އިތުރު އެއްވެސް އަޑެއް އެމާހައުލަކުން ނީވެއެވެ. ފަޓުލޫނު މައްޗަށް އަރުވާލައި ގަމީސް ރީތި ކޮށްލުމަށްފަހު އޭނާގޮސް ޝިމާގެ ހަތަރެސްފައި މުހާލިއެވެ. "ދެން އަވަހަށްދޭ ގެޔަށް. އަދި ގުޅާލާނަން އަންނަން ވީމައި." ބިންމަތީގައި އޮތް ޝިމާގެ ޖިންސު ނަގާ ޝިމާގެ ބަނޑުމަތީގައި ބާއްވާލަމުން އެ ނުލަފާ އިންސާނާ ބުނެލީ މާނޭވާ ލަމުންނެވެ.

އޭނާ އެގެއިން ނުކުމެގެން ދިޔައިރުވެސް ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ގުޑުވާނުލާ ޝިމާ އޮތެވެ. ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. ހިތްވަރެއްވެސް ނެތެވެ. އެހެންނަމަވެސް ހަށިގަނޑަށް ލެވުނު ބާރެއްލާފައި އެ އެނގުމަތިން ތެދުވިއެވެ. އެވަގުތު ޝިމާގެ ލޮލުގައި އަޅައިގަތީ ކައިރީގައި އޮތް ފަތީންއެވެ. ހޭނެތިފައި ފަތީން އޮތް ގޮތް ފެނިފައި ޝިމާގެ ހިތުގައި ހަމްދަރުދީގެ ބަދަލުގައި އުފެދުނީ ނަފުރަތެވެ

ފަތީންއަށް އެކަން ކުރަން މަޖުބޫރުވީ ސަބަބަކީ ކޮންމެ ސަބަބެއް ކަމުގައިވިއަސް އެ އަމަލަކީ އަންހެން ކުއްޖެއްގެ ހިތުން ޖާގަދެވޭނެ އަމަލެއް ނޫނެވެ. ފަތީން ހޭއެރުވުމުގެ ބަދަލުގައި ޝިމާ ޖިންސް ލައިގެން އެތަނުން ދިއުމަށް ހިނގައިގަތް ސަބަބަކީވެސް އެއީއެވެ.

"އަޅެ ހާދަ ލަސްވެޔޭ އެބަ. ފަނަރަ ވަރަކަށް މިނެޓު ވެދާނެ ކަންނޭގެ މިހާރު ހިނގާތާވެސް. ދެން ކޮންތަނެއްތަ ބަލާނީވެސް؟" ޝިމާގެ އިންތިޒާރުގައި ހުރި ސަހާ ކެތްމަދުވެގެންހުރެ ވާހަކަ ދައްކަމުން ދިޔައެވެ. "ތިއްތަ ނުދާނެ ސަހާ ބަހައްޓާފަ ގެއަކަށް. ހިނގާބަލަ އަދި ކުޑަ ވަގުތުކޮޅަކު މިތާ މަޑުކޮށްލަން! އެހެންތާކަށް ނުގޮސް." ދެކުދިން ހުއްޓިލައިގެން ތިބީ ގޮނޑުދޮށުގެ ފާލަމާ މާދުރުނޫން ހިސާބެއްގައި ހުރި ގަހެއް ކައިރީގައެވެ

"އަޅެ އަދި ބަލާލަންތަ ގުޅޭތޯ؟" ސަހާ ފޯނު ނަގާ ހުޅުވާލިއެވެ. "މަޑުކޮށްބަލަ! އެހެރަ އަންނަނީ ތިއްތައެއް ނޫންތަ؟" ސަހާ ވަގުތުން ބަލާލީ ޖިޔާދުގެ މޫނަށެވެ. އަތުގެ ހަރަކާތުން ޖިޔާދު އެ ދައްކަނީ ފާލަމެވެ. ސަހާވެސް އެދިމާލަށް ބަލައިލިއެވެ. ޖިޔާދު ބުނިހެން ފާލަންމަތިން ރަށާއިދިމާލަށް އަންހެން ކުއްޖަކު ދުވެފައި އަންނަތަން އެބަފެނެއެވެ. "ތިއްތާ! ޖިޔާ ހިނގާބަލަ. އެއީ ތިއްތަ ކަންނޭގެ." ޖިޔާދުގެ އަތުގައި ހިފައިގެން ސަހާ ދުއްވައިގަތެވެ.

ސަހާއަށާއި ޖިޔާދުއަށް ފާލަމާއި ހަމައަށް ދެވުނުއިރު އެއީ ޝިމާކަން ޔަގީންވެއްޖެއެވެ. އެއިރު ޝިމާ ދުވެފައި އައިސް ފާލަމުގެ ކޮޅުގައި ހުއްޓެނީއެވެ. ފާލަމުގެ ދެފަރާތުގައި ދިއްލާފައިހުރި ދޮން ބައްތިތަކުގެ އަލީގައި ޝިމާގެ ސިފަ ވަރަށް ސާފުކޮށް ފެންނަން ހުއްޓެވެ. "ތިއްތާ! ކޮންތާކުން ތިއައީ؟" ސަހާ ހައިރާންވެފައި ސުވާލު ކޮށްލިއެވެ.

ޝިމާ އެއްވެސް އެއްޗެއް ނުބުނެ އިސްދަށަށް ޖަހައިގެން ހުއްޓެވެ. ސަހާ އޭނާއާއި ގާތަށް ޖެހިލިއެވެ. ޝިމާގެ އިސްތަށިގަނޑު ވަނީ ހާވާލެވިފައެވެ. ތުންފަތްމަތީގައި ހާކާފައިހުރި ކުލަތައްވަނީ މުޅި އަނގަމައްޗަށް ފޭދިފައެވެ. ދެލޮލުން ތެތްކަމުގެ އަސަރު ފެންނަން ހުއްޓެވެ. މޫނުމަތިން މާޔޫސްކަމާއި ނުތަނަވަސްކަން އިންތިހާއަށް ފެންނަން ހުއްޓެވެ.

"ތިއްތާ! އަޅެ ކިހިނެއްތަވީ؟ ކިހިނެއްވެފަ ތިހި.." ސަހާ ދެވަނަ ފަހަރަށް ވާހަކަ ދައްކަން ފެށިވަގުތު ޝިމާ ސަހާގެ ގައިގައި އޮޅުލައިގަތެވެ. އަޑުންއަޑުނަގާ ރޯން ފަށަމުންނެވެ. "ތިއްތާ! އަޅެ ކިހިނެއްތަ މިވަނީ؟ ތިއްތައަށް ބަޔަކު ކަމެއް ކުރީތަ؟" ސަހާ ދެލޮލުން އޭނާގެ ހިތަށް ކުރަމުންދިޔަ އިހުސާސްތަކުގެ އަސަރު ބޭރުވާން ފެށިއެވެ. ޝިމާ އެއްވެސް އެއްޗެއް ނުބުނެ ސަހާ ގައިގައި ބައްދައިގެންހުރެ ރޮމުން ދިޔައެވެ.

"ޖިޔާ... ދެން ކިހިނެއް ހަދާނީ.." ސަހާގެ ކޮނޑުގައި ޖިޔާދު އަތް ޖައްސާލި ވަގުތު ޖިޔާދުއަށް ބަލާލަމުން ސަހާ ބުނެލިއެވެ. އެއިރު ސަހާއަށްވެސް ހުރީ ރޮވިފައެވެ. "ހިނގަދާން. މިތާ ތިބުން މާ ރަނގަޅެއް ނުވާނެ." ޖިޔާދު ބުނެލީ ޝިމާގެ ކޮނޑުގައިވެސް އަތް ޖައްސާލަމުންނެވެ. "ހިނގާބަލަ ތިއްތާ.." ސަހާ ހިނގައިގަތީ ޝިމާގެ އުނަގަނޑުގައި އަތްއަޅުވާލައިގެންނެވެ. ޝިމާގެ ހަށިގަނޑުގައި ވަރެއްނެތްކަން އެވަގުތު ސަހާއަށް ފާހަގަ ކުރެވުނެވެ. ސަހާގެ އަތްދަނޑި މައްޗަށް ބުރަވެގެންހުރެ ޝިމާ ހިނގައިގަތް ވަގުތުވެސް ޝިމާގެ ދެލޮލުން ކަރުމަތައް ފައިބަމުން ދިޔައެވެ.

ތިންކުދިން އެއްވަރަކަށް ހިނގާފައިގޮސް ގަސްގަނޑުގެ ތެރެއަށް ވަންނަމުން ޖިޔާދު ފަހަތަށް އެނބުރި ބަލާލިއެވެ. ފާލަމާއި ދިމާލަށެވެ. އަދި މުޅި އެ ސަރަހައްދަށެވެ. ފަތީން ފެނޭތޯއެވެ. ޖިޔާދުއަށް ވިސްނާލެވުނެވެ. މިރޭ ފަތީން އެހާވަރަކުން ޝިމާ މިތަނަށް ނުގެންނަން އެ މަސައްކަތް ކުރީ މިރޭ ކޮންމެސް ނުބައިކަމެއް ވާން އުޅޭކަމް ފަތީންއަށް އިނގޭތީކަން ޖިޔާދުއަށް ޔަގީންވިއެވެ

"ޖިޔާ އާދެބާ ބާރަށް!" ފަތީންއާ ގުޅަން ޖިޔާދު ފޯނު ނެގި ވަގުތު ސަހާ ފަހަތަށް ބަލާލާފައި ބުނެލިއެވެ. ޖިޔާދު ފޯނު ޖީބަށްލާފައި ހިގައިގަތެވެ.

ފަތީންއަށް ދެލޯ ހުޅުވާލެވުނުއިރު އޭނާ އޮތީ އަދިވެސް އެގޭ ތެރޭގައެވެ. ދެއަތުން ދެލޯ އުނގުޅާލުމަށްފަހު އެންމެ ފުރަތަމަވެސް ފަތީންއަށް ބަލާލެވުނީ އޭނާގެ އުނަގަނޑާދިމާލަށެވެ. ލައިގެންއޮތް ޖިންސްއޮތީ ކަކުލުން ތިރީގައެވެ. ބޮކުސާވެސް އޮތީ އެހާ ހިސާބުގައެވެ. "އާރްހް.." ޖިންސު މައްޗަށް އަރުވާލަމުން އެތަނުން ތެދުވަން ފަތީން އުޅުން ވަގުތު ބޮލަށް ވަރަށް ބޮޑަށް ތަދުވިއެވެ. ބޮލުގައި އަތްޖައްސާލިއިރު ބޮލަށް ހަމަލާދިން ތަން ވަނީ ދުޅަވެފައެވެ.

ކުއްލިއަކަށް ކައިރީގައިހުރި އެނދަށް ފަތީން ބަލާލިއެވެ. އެތާކު ޝީމާއެއް ނެތެވެ. އެއަށްފަހު ގޭގެ ތެރެއަށް ފަތީން ނަޒަރު ހިންގާލިއެވެ. އެ ނުލަފާ މީހާގެ ހިލަމެއްވެސް ފެންނާކަށް ނެތެވެ. ހަށިގަނޑަށް ހިތްވަރެއްލާފައި ތެދުވެ ފަތީން އެގެއިން ނުކުތެވެ.

"ޝިމާ.." ފަތީން ހިނގައިގަތީ ރަށުގެ ތެރެއަށެވެ. ޝިމާ ފެނޭތޯއެވެ. 'ޓިންންން..' ވައިބުރޭޓުވެލީ ފަތީންގެ ޖީބުގައި އޮތް ފޯނެވެ. ފޯނު ނަގާ ބަލާލިއިރު އެއީ ޝައިހާގެ މެސެޖެކެވެ. 'ކޮބާ؟

ފަތީން ބަލައިލީ ގަޑިއަށެވެ. އެއިރު ގަޑިން ބާރަގަޑި ބައިވަނީއެވެ. ޝައިހާ ގާތުގައި އެގެއަށް ދާނަމޭ ބުނެވުނުކަންވެސް ފަތީން ހަނދާންވީ އެވަގުތެވެ. 'އެބަދަން. ފައިވް މިނެޓްސް' ޝައިހާއަށް މެސެޖެއް ފޮނުވާލުމަށްފަހު ފަތީން ދުއްވައިގަތީ ފާލަން ހުންނަ ފަރާތަށެވެ

ފާލަމާ އަރާހަމަވެފައި ފަތީން އަނެއްކާވެސް ފޯނު ހުޅުވާލިއެވެ. ޝިމާއަށް ގުޅާށެވެ. އެއްފިޔަވަޅަށްވުރެން ހަލުވިކޮށް އަނެއް ފިޔަވަޅު އަޅަމުން ހިނގާފައި ދިޔައިރު ފަތީން ދިޔައީ ޝިމާގެ ނަންބަރަށް ގުޅަމުންނެވެ. ނަމަވެސް އިވެނީ ހަމަ އެއްއަޑެކެވެ. 'ތިޔަ ގުޅުއްވި ނަމްބަރު މިވަގުތު ވަނީ ނިއްވާލާފައި. ނޫނީ ގުޅޭ ސަރަހައްދުން ބޭރުގައި. ފަހުން ގުޅުއްވާ.' 

ސަހާއާއި ޝިމާގެ ފަހަތުން އެދެކުދިންނާ އެއްވަރަށް ހިނގާފައި އެގޭ ގާތަށް ޖިޔާދު ދިޔަ އެންމެ ފުރަތަމަ ރެއަކީ މިއީއެވެ. "ތިއްތަ ވަދޭ ފުރަތަމަ." އެ ދެކުދިން ނިދާ ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުއްޓިލާފައި ސަހާ ބުނެލިއެވެ

ޖިޔާދުގޮސް އެ ކުޑަދޮރު ހުޅުވާލި ވަގުތު ޝިމާ އެތެރެއަށް ވަނެވެ. "ދެން އަހަރެން ދަނީ އިނގޭ. ތިއްތައަށް ރަނގަޅަށް ބަލައްޗެ." ސަހާ ޖިޔާދުއަށް ބަލާލިވަގުތު ޖިޔާދު ބުނެލިއެވެ. "އާނ.." ސަހާގެ މޫނުމަތިން ފެންނަން ހުރި ހާސްކަން އޭނާގެ އަޑުގައިވެސް ހުއްޓެވެ. "ދެން އެހާ ހާސް ނުވާތި އިނގޭ. ހަނދާން ކުރައްޗެ އަހަރެން ވަރަށް ލޯބިވާކަން. ކަމެއް ގޯސްވިއަސް ލަސްނުކޮށް އަހަރެންނަށް ގުޅާތި!" ވަކިވެލުމުގެ ކުރިން ސަހާގެ ގައިގައި ބައްދާލަމުން ޖިޔާދު ބުނެލިއެވެ. "ހްމްމް." ޖިޔާދުގެ މޭގައި ބޯއަޅާލައިގެންހުރި ސަހާ ދެލޯ މަރާލަމުން ބުނެލިއެވެ.

'ޓޮކް ޓޮކް' މަގުގެ ދެފަރާތަށް ބަލަމުން ފަތީން ޝައިހާގެ ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ. މާގިނައިރެއްނުވެ ޝައިހާ ދޮރު ހުޅުވާލިއެވެ. ފަތީންއަށް ބަލާލެވުނީ އޭނާގެ ފަޔަށެވެ. އެއްވެސް ތަފާތެއް ނެތެވެ. މިރޭވެސް ލައިގެން އެހުރީ ކިރިޔާ އުނަގަނޑު ފޮރުވޭވަރުގެ ކުރު ސޯޓެކެވެ. ފައިގެ އޮމާންކަމުން ފެށިގެން މުޅި ހަށިގަނޑުގައި ފިރިހެނުންގެ ހިތްދަމައިގަންނަ ދުނިޔަވީ ރީތިކަމުގެ ސިފަތަކަށް ފަތީން ރަނގަޅަށް ބަލާލިއެވެ. މޭމަތިން ރޮނގެއް ފާޅުވާހާ ކަރުބޮޑު ޓީޝާތެއް ލައިގެން ޝައިހާ ހުރިއިރު އޭނާގެ ބަނޑު ނިވާނުވާހާ އެ ޓީޝާޓު ކުރެވެ. ފަތީންގެ މޫނު މައްޗަށް ވެރިވީ ހިނިތުން ވުމެކެވެ

"ދެން ތިހެން ނުހުރެ ވަދެބާ" ލަދުރަކި ހިނިތުން ވުމަކާއިއެކު ޝައިހާ އިސްދަށަށް ޖަހާލިއެވެ. ފަތީން ގޭތެރެއަށް ވަދެގެންގޮސް މައިގޭގެތެރޭގައިހުރި ސޯފާކައިރީގައި ހުއްޓުނެވެ.

ދޮރުލައްޕާ ތަޅުލުމަށްފަހު ޝައިހާ ގޮސް ފަތީންގެ ފުރަގަހުން ބައްދާލިއެވެ. " އަވަސްކޮށްފަ އައިމަ ތިހިރީ ދާވެސް ހިއްލާފަދޯ؟ ސޮރީ މާގިނައިން ގޮވުނީތީ. ހާދަ އިރެއް ވެއްޖެއޭ މި ވަގުތުކޮޅަށް އަހަރެން އިންތިޒާރު ކުރާތާ."

"ހެހެ. އަސްލުވެސްތަ؟" ފަތީންގެ މޭމަތީގައި އޮތް ޝައިހާގެ ދެއަތް ހުޅުވާލުމަށްފަހު އެނބުރިލަމުން ފަތީން ބުނެލިއެވެ.

"ހްމްމްމް.." ފަތީންގެ މޫނަށް ޝައިހާ ބަލާލިއެވެ. "ކިހިނެއްވެފަ ތިހިރީ؟ ކީއްވެ ތިހާ ހާސްވެފަ ތިހުރީ؟" އެގެއަށް ވަނީއްސުރެ ފަތީން ފޮރުވަން މަސައްކަތްކުރަމުންދިޔަ މާޔޫސްކަން ޝައިހާގެ ދެލޮލަކަށް ނުފޮރުވުނެވެ. އެކަން ފަތީންގެ މޫނުމަތިން ޝައިހާ ދެނެގަތީ އެއްވެސް ޝައްކެއްނެތިއެވެ.

"ހެހެ.. ކަމެއްނުވެ. މީހަކަށް ފެނިދާނެތީ ވަރަށް ބިރުން މިހުރީ އައިއިރު. އެހެންވެ ޝައީއަށް ހީވާގޮތްތީ.." ޝައިހާގެ ދެކޮލުގައި ހިފައި ފަތީން ފިތާލިއެވެ. "ދެން ހިނގާ ކޮޓަރިއަށްދާން. މުޅި ދުވަހު ޕެކިންގަ އުޅުނީމަ ވަރަށް ޓަޔަޑު." ފަތީން ބުނެލިއެވެ.

ކޮޓަރީގެ ދޮރާ ހިސާނަށް ނުދެވެނީސް ފަތީންގެ ފޯނު ރިންގުވާންފެށިއެވެ. ފަތީން ފޯނު ނަގާ ބަލާލިއިރު އެއީ ޖިޔާދުއެވެ. މިވަގުތު އެ ފޯނުކޯލަށް ޖަވާބުދީފިނަމަ ޖަވާބުދޭންދަތި އެތައް ސުވާލެއް ޝައިހާގެ ފަރާތުން އަންނާނެއެވެ. އެހެންކަމުން ފޯނުގެ ރިންގު އޮފްކޮށްލުމަށްފަހު ފަތީން ޖީބަށްލިއެވެ. މިރޭ މިހިނގާދިޔަ ކަންތައްގަނޑު ޝައިހާއަށް ޝައްކުވާކަށްވެސް ފަތީން ބޭނުމެއްނޫނެވެ.

"އަހަރެން ފުރީމަ އަހަރެންމަތިން މިސްވާނެތަ؟" އެނދުމަތީގައި އިށީންނަމުން ފަތީން އަހާލިއެވެ.

"އަޅެ ފަތީން! ތީދެން އަހާކަހަލަ ސުވާލުތަ؟ ޝައީ ލޯބިވާވަރު ފަތީންއަށް ނޭނގެނީތަ؟" ފަތީންގެ ފައިކައިރީގައި ހުއްޓިލަމުން ޝައިހާ ބުނެލީ ތުން ދަމާލަމުންނެވެ.

"ހެހެ.. އަހަރެން މިސްނުވާނެތީ އަހަރެން ހީކުރީ ޝައިވެސް މިސްނުވާނެކަމަށް.." ފަތީން މަސައްކަތްކުރީ ސިކުނޑި ތާޒާކޮށްލާ ބޮލުގައި ހުރި ފިކުރުތައް ނެރެލެވޭތޯއެވެ. "އަޅެ.. މީނަ ހާދަ ގޯހޭ.." ފަތީންގެ މޫނުމަތީގައި އަތުން ޖަހާފައި ޝައިހާ އެނބުރުނީ އަނެއްފަރާތަށެވެ.

"އޭއި.. އެއީ މަޖަލޭ.." އެނދުމަތިން ތެދުވެގެން ފަތީން ގޮސް ހުއްޓުނީ ޝައިހާގެ ކުރިމަތީގައެވެ

"އަސްލުތަ؟ މިސް ވާނެތަ އެހެންވިއްޔާ؟" ޝައިހާ ދެރަވެލާފައި އަހާލިއެވެ.

"އާނ.. ވަރަށް ބޮޑަށް މިސްވާނެ. ކޮންމެ ދުވަހަކު ގުޅާނަން އިނގޭ.. ފޯނު އަތްފޯރާ ހިސާބެއްގަ އަބަދުވެސް ބާއްވާތި.." ފަތީން ޝައިހާގެ ގައިގައި ބައްދާލިއެވެ. އަތުގައިހުރި ބާރެއްލާފައި ޝައިހާ މޮޑެލިއެވެ. "އަޅެ ނުދޭބާ.." ފަތީންގެ ޓީޝާޓުގައި ހިފާ ހިއްލާލަމުން ޝައިހާ ބުނެލިއެވެ.

"އާރރ" ޓީޝާޓު ބޭލުނު ވަގުތު ފަތީންގެ ބޮލަށް ތަދުވިއެވެ. "ކިހިނެއްވީ؟ ކޮންތާކަށް ތަދުވީ؟" ފަތީންގެ ހަށިގަނޑުގެ ކޮންމެސް ތަނަކަށް ތަދުވެއްޖެކަން ޝައިހާއަށް އެނގުނެވެ. "ބޮލަށް ފާޑަކަށް ތަދުވާތީ މިއުޅެނީ." ފަތީން ބޮލުގައި އަތް އަޅާލަމުންގޮސް އިށީނެވެ

"ދައްކަބަ ބަލާލަން." ފަތީން އަތްއަޅައިގެން އިންތަން ޝައިހާ ބަލާލިއެވެ. "މިއޮތީ ދުޅަވެފައެއްނު؟ ކިހިނެއްތަވީ އަނެއްކާ؟ މީހަކު ޖެހީތަ؟" ޝައިހާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ. "ނޫނޭ.. ފޮށި ނަގަން އުޅެނިކޮށް ފޮށި ކަހާލައިގެން އައިސް ޖެހުނީ ބޮލުގަ." ފަތީން ބުނެލިއެވެ. "އަޅެ. އަންނާނަން ފެންޕެޓީ ހިފައިގެން. މަޑުކުރައްޗޭ."

**********

މޫނުދޮވެ ދަތް އުނގުޅައިގެން ސަހާ ފާހާނާއިން ނުކުތްއިރު ޝިމާ އޮތީ އެނދުމަތީގައި ބިތްދޮށަށް އެނބުރިގެންނެވެ. ސަހާ ގޮސް އެނދުކައިރީގައި ހުއްޓުނީ ޝިމާ ގިސްލާއަޑު އިވޭތީއެވެ. ފުން ގިސްލުމަކާއެކު ޝިމާލާ ކޮންމެ ނޭވާއަކާއެކު އޭނާގެ ހަށިގަނޑު ތެޅެމުންދިޔައެވެ. "ތިއްތާ.. ތެދުވެބަލަ. ރޯންއޮވެ ނިދާކަށް ނުވާނެ." އެނދުމައްޗަށް އަރާ ޝިމާގެ ކޮނޑުގައި ހިފާލަމުން ސަހާ ބުނެލިއެވެ

އެތަނުން ޝިމާ ތެދުވީ ސަހާ އެތައް މަސައްކަތެއް ކުރުމުންނެވެ. "ދެން ޕްލީސް ތިއްތާ.. އަހަރެން ވަރަށް ބިރުގަނޭ އެބަ. ވީގޮތެއް ބުނެބަލަ." ސަހާ ރޮވިފައި ބުނެލިއެވެ. އެއިރު ޝިމާ އިނީ އެނދުގެ ފަޑީގައި ލެނގިލައިގެންނެވެ. "ތިގޮތަށް ވާހަކަ ނުދައްކާ އިނުމަކުން އެއްވެސް ކަމެއް ހައްލެއް ނުވާނެ. މީހަކު ކަމެއް ކުރިއަސް ބުނެބަލަ." ޝިމާގެ ކުރިމަތީގައި އިނދެ ސަހާ ވާހަކަ ދެއްކިއެވެ.

"މަދ.. މާދަން..." ޝިމާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. "ކީކޭ؟ މާދަން ކިހިހެނެއްވީ؟" ސަހާ ދެލޯ ބޮޑުކޮށްލާފައި އަހާލިއެވެ.

"މާދަން ބުނާނަން. މިރޭ ދައްތަ ބޭނުމީ ނިދާލަން." ޝިމާ ދެލޯ ފުހެލާފައި ހަމަޖެހިލިއެވެ. "އެހެންވިއްޔާ އަވަހަށް އޮށޯވޭ. ދެން ނުރޮއްޗޭ!" ސަހާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެވަގުތެވެ.

*************

ގަޑިން ދެގަޑި ބައިވަނީއެވެ. ޝައިހާގެ ފައިމަތީގައި ބޯއަޅާލައިގެން އޮތް ފަތީންއަށް އޮތީ ނިދިފައެވެ. ކަޅި ޖަހާނުލާ ފަތީންގެ މޫނަށް ބަލަން ޝައިހާ އިނީ ހިނިތުންވެލާގެންނެވެ. އެއްއަތުން ފަތީންގެ ބޮލުގައި ފިރުމާލަ ފިރުމާލައެވެ.

"ހޭލާކަށް ނުވޭތަ؟" ފަތީން މޯޅިއަކަށް ދެމިލި ވަގުތު ޝައިހާ އަހާލިއެވެ. ފަތީންއަށް ހޭލެވުނީ އެވަގުތެވެ. ދެލޯ ހުޅުވާލައި ޝައިހާގެ މޫނަށް ބަލާލުމަށްފަހު ހިނިތުން ވެލާފައި ފަތީން އަނެއްކާވެސް ދެލޯ މަރާލިއެވެ.

"ގަޑިން ކިހާވަރެއްތަ؟" ލޯ މަރައިގެންއޮވެ ފަތީން އަހާލިއެވެ. "ދެގަޑި ބައިވީއޭ މިއޮއް!" ފޯނަށް ބަލާލާފައި ޝައިހާ ބުނެލިއެވެ

ކުއްލިއަކަށް ފުންމައިގެން ފަތީން ތެދުވިއެވެ. "ކޮބާ ޓީޝާޓު؟" ދެފަރާތް ބަލާލުމަށްފަހު ފަތީން އަހާލިއެވެ. އެވަގުތު ޝައިހާ ތެދުވެގެން ގޮސް އަލަމާރީގެ ދޮރު ހުޅުވާލިއެވެ. "އަހަރެން ފެންޕެޓީ ލާން ގޮސްފަ އަންނަން ވާއިރަށް ފަތީން އޮތީ ނިދާފަ. އަހަރެން ގޮވީމަ އަޅާވެސް ނުލި." ފަތީން އެނދުމަތިން ތެދުވިވަގުތު ޓީޝާޓު ހިފައިގެން އައިސް ދިއްކޮށްލަމުން ޝައިހާ ބުނެލިއެވެ.

"ބޭބީ! ވަރަށް މިސް ވާނެ. ދެން ދަނީ އިނގޭ!" ޝައިހާގެ ކޮލަށް ދޮނެއް ދެމުން ފަތީން ވާހަކަ ދެއްކިއިރު އޭނާގެ ދެލޯ ރަނގަޅަށް ނުވެސް ހުޅުވެއެވެ. "އައި ވިލް މިސް ޔޫ މޯ." ފަތީން ގައިގައި ބައްދާލަމުން ޝައިހާ ބުނެލިއެވެ.

އެގެއިން ނުކުމެ ހިނގައިގަންނަމުން ފަތީން ފޯނު ނަގާ ޖިޔާދުގެ ނަންބަރަށް ޑައިލް ކޮށްލިއެވެ. "ހަލޯ ކޮންތާކު؟" ޖިޔާދު ފޯނު ނަގާފައި އަހާލިއެވެ. "އޭ މަ އެގަޑީ ބިޒީ ވީއޭ! ކައޭ ނިދީތަ؟ ނުކުމެބެ ބޭރަށް." ފަތީންވެސް ކޮށްލީ ސުވާލެކެވެ

"އޭ ކަލޯ.. މަމިއޮތީ ޕެޓީ ލައިގެން ނިދަން އަރާ.. ވަރަށް ފައްކާ ވީޑިއޯއެއް އަޅުވާގެން މިއޮތީ.. ވަރަށް ފަގީރު ކުދިން ކޮޅެއް މީގަ އެއުޅެނީ.. އެއްވެސް ގޮލަޔަކު ގަޔަށް އެއްޗެއްވެސް ނުލާ އެތިބީ.. މިގަޑީގަ ކިހިނެއް ނުކުންނާނީ؟" ޖިޔާދު އޮތީ މުޅިން އެހެން ދުނިޔެއެއްގައެވެ. "އޭ ބަލާއެއްނު. އޯކޭ ބާއްވަނީ." ފަތީން ބުނެލިއެވެ.

"އޭ މަޑުކޮށްބަލަ. ކައޭ ކީއްކޮށްގެންތަ ތިއުޅެނީ؟ ޝިމާ ހާދަ ވަރަށް ރޮއެފައޭ ގެޔަށް ދިޔައީވެސް.." ޖިޔާދު އަހާލިއެވެ. "ތިވާހަކަ ދައްކަން މަ ދިމާ ކުރާނަން. ފޯނަކުން ނުކިޔާ ދެވޭނެ." ފަތީން ފޯނު ކަނޑާލިއެވެ.

ދުނިޔޭގެ އަމުރަށް ތަބާވެގެންހުރެ ސުކުންތުކަށި އޭތީގެ އެންމެ ހަލުވި ބާރުމިނުގައި ދުވަމުން ދަނީއެވެ. އޭގެ ފަހަތުން މިނެޓުކަށި ހިނގަމުންދިޔައިރު އެންމެ ފަހަތުގައިއިން ކުޑަކަށި ނުވައަކާ އަރާ ހަމަކުރަނީއެވެ. ކުޑަދޮރުގެ ބިއްލޫރިގަނޑު ތެރެއިން ކޮޓަރީގެ ފާރުބިތުގައި އަޅުވާފައިހުރި ގަޑިއަށް ދެމުންދާ އަވީގެ ރިވެލި މޫނަށް އެޅިފައި ހުރިއިރުވެސް އޭގެ އަސަރު ގަދަ ނިދީގައި އޮތް ފަތީންއަށް ކުރާހެނެއް ހިއެއްނުވެއެވެ.

"ދަރިފުޅާ.. ފަތީން.. ތެދުވޭ.. ފުރާގަޑި ޖެހެނީ." ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެގެން އައީ ފާތުމާއެވެ. ކައިރީގައި އޮތް ބާލީހުގައި އޮޅުލައިގަންނަމުން ބިއްދޮށަށް އެނބުރުނު ފަތީންއަށް މީހަކު ގޮވާހެންވެސް ހީނުވެއެވެ. "ދަރިފުޅާ.. ދެން ތެދުވެބަލަ." ދެވަނަ ފަހަރަށް ފާތުމާ ގޮވާލީ ބަންޑުންއޮތް ފަތީންގެ އުނަގަނޑުން ބޮޑުބައި ހާމަވާވަރަށް ތިރިއަށް ފައިބައިފައި އޮތް ނޫކުލައިގެ ގޮޅިޖެހި ބޮކްސާ މައްޗަށް އަރުވާލަމުންނެވެ.

"އަބަދު ބުނަމޭ މިހާ ދޫ އެއްޗެހި ލައިގެން ނިދަން ނޯންނާށޭ. އޭއި! ދަރިފުޅާ ދެން ތެދުވާށޭ!" ފަތީންގެ ގައިގައި ކޮށްޓަމުން ފާތުމާ ގޮވަމުންދިޔައެވެ. "އޯއި. މި ތެދުވަނީއޭ.." ދެލޯ ހުޅުވުމާއެކު އެންމެ ފުރަތަމަވެސް މޯޅިއަކަށް ދެމިލަމުން ފަތީން ބުންޔެވެ.

ފެންވަރައިގެން ނުކުމެ ތަޅުންމައްޗަށް އެއްލާލާފައި އޮތް ބޮކްސާ ނަގާ އުނަގަނޑަށް އަރުވާލައިގެން ފަތީން އިށީނީ އެނދުމަތީގައެވެ. ފޯނު ނަގާ ހުޅުވާލީ ޝިމާއަށް ގުޅާލަން ހިތުގަލައިގެންނެވެ.

ފޯނު ހުޅުވާލިއިރު އެ ނުލަފާ މީހާގެ މެސެޖެއް އައިސްފައިއިނެވެ. ފަތީންގެ މޫނު މަތި ފުސްވެގެންދިޔައެވެ. ނަފުރަތާ ރުޅިވެރިކަމުންނެވެ. 'ކަލޭ ޖިޔާދުއަށް އެއްވެސް ކަމެއް ކިޔައިދީގެން ނުވާނެ. ބޭޒާރު ކޮށްލާނަން' އެ މެސެޖު ހުޅުވާލުމާއެކު ފަތީންއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ހަނދާނަށް އައީ ރޭގައި ޖިޔާދުއާ ގުޅައިގެން ދެކެވުނު ވާހަކަތަކެވެ

'ބޮޑު ކަމެކޭ ސަހާދަތް. ހަމަނޭވާ ލެވެންވެސް ނެތޭ. ފަލަކޮށް ގުއިރުނަސް މިގޮލަޔަށް އެބަ އެނގޭ..' ފަތީން ހިތާހިތުން ކިޔާލިއެވެ.

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި ކޮޓަރިއަށް ވަނީ އިބްރާހީމެވެ. އަތުގައި އޮތް ފޯނު އެނދުމަތީގައި ބާއްވާފައި ފަތީން ތެދުވެގެން ގޮސް އަލަމާރި ކައިރީގައި ހުއްޓުނެވެ. އިބްރާހިމްއަށް އެއްވެސް ސަމާލުކަމެއް ނުދީއެވެ. "އޭއި." ފަތީންގެ ފަހަތުން އައިސް އިބްރާހިމް އޭނާގެ ކައިރީގައި ހުރެފައި ގޮވާލިއެވެ. ފުރަގަސްދީގެންހުރި ފަތީން އެނބުރުނެވެ. "ކަލޭ ނެގިންތަ ފިހާރަ ތިޖޫރީގަ ހުރި ފައިސާކޮޅު؟" ފަތީންއާ ހަތަރުކަޅި ހަމަވިވަގުތު ދެބުމަ ގޮށްޖަހައިގެން ހުރި އިބްރާހިމް އަހާލިއެވެ.

"ނުނަގަން!" މޫނު އަނބުރާލަމުން ފަތީން ބުނެލިއެވެ. "ކަލެއަކަށް ދޮގެއް ނުހެދޭނެ އިނގޭ މަގޭ ކައިރިއަކު. އަދި އެހާހިސާބަކަށް ނުދެ. އެރޭ ވަދެގެން އުޅުނީމަވެސް މަށަށް އެނގުނޭ ކޮންމެސް ނުބައި ގަނޑެއް ގަންނަންކަން މިއުޅެނީ." ފަތީންގެ ކަރުގައި ހިފައި ބަންލާފައި އަލަމާރީގެ ދޮރުގައި ޖައްސަމުން އިބްރާހިމް ބުނިއިރު އޭނާގެ މޫނުމަތިން ފެންނަން ހުރީ ދިލަ އަލިފާންފަދަ ރުޅިވެރިކަމެކެވެ.

"މަ ނުނަގަމޭ.." ނޭވާ ނުލެވިގެން ސަލާމަތްވުމަށް ދެއަތުގައި ހުރި ހިތްވަރެއްލާފައި މަސައްކަތް ކުރަމުންދިޔައިރު ފަތީންގެ މޫނުމަތި ވަނީ ރަތްވެފައެވެ

"ދޮގު ނުހަދާ ނުބޭ! އެހެންނޫނީ އޮރިޔާންކޮށްފަ ނެރޭނީ ބޭރަށް!" އިބްރާހީމްގެ ވާތުން ފަތީންގެ ބޮކްސާގައި ހިފާ މުށުތެރެއަށް ބާރުކޮށްލިއިރު ފަތީންގެ ދެފައި ބިމުގައި ޖެހެނީ ހަމަކިރިޔާއެވެ.

"ދޫއ.. ދޫކ.." އިބްރާހިމްގެ އަތްދަށުން ދެމިގަތުމަށް މަސައްކަތްކުރަމުން ފަތީން ވާހަކަ ދެއްކުމަށް ކުރި މަސައްކަތް ވީ ނާކާމިޔާބެވެ.

"ކަލޭ އެ ފައިސާތައް މާލެއިން އައިސް މަށާ ހަވާލުނުކޮށްފިއްޔާ ކުޅިދައްކާލާނަން." އަތުގައިހުރި ބާރެއްލާފައި ކޮޓަރީގެ ތަޅުންގަނޑު މައްޗަށް ފަތީން ކޮށްޕާލަމުން އިބްރާހިމް ދިން އިންޒާރުގެ އަޑު ފަތީންގެ ކަންފަތަށް އިވުނުއިރު އޭނާގެ ދޫވަނީ އަނގައިން ބޭރުގައެވެ. ދެލޯވަނީ މުދުނާހަމައަށް ބޮޑުވެފައެވެ. ކަރުގައި އަތްއަޅައިގެން އެއްވެސް ހަރަކާތެއްނެތި އިބްރާހިމް އެކޮޓަރިން ނުކުމެގެން ދަންދެން ފަތީން ބަލަންއިނެވެ

- ސަތާރަ ވަނަ އެޕިސޯޑު ނިމުނީ - 

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޚަބަރު
ހުޅުމާލެ ފަޅުގައި އޮތް ޑްރެޖަރެއްގައި ހިނގި ހާދިސާއެއްގައި ބިދޭސީއަކު މަރުވެއްޖެ
ފުލުހުންގެ އިދާރާިއން ވިދާޅުވީ، އެމީހާ ހުޅުމާލެ ހޮސްޕިޓަަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެހާދިސާގައި މަރުވެފައި ވަނީ އުމުރުން 30 އަހަރުގެ އިންޑިއާ މީހެއް ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
03 May 2024
ޚަބަރު
ސިހުރު ހަދާ ކަމަށް ތުހުމަތު ކުރެވެނު 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި
ނޫން.އެމްވީއަށް އިތުބާރުހުރި ގޮތެއްގައި މައުލޫމާތު ލިބިފައިވާ ގޮތުގައި، ހައްޔަރުކޮށްފައި ވަނީ، ކޮޅުމަޑުލު ވިލުފުއްޓަށް ނިސްބަތްވާ، މާލޭގައި ދިރިއުޅޭ މީހެކެވެ. އޭނާ ފުނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކޮށް ވަނީ ބަންދުގެ މުއްދަތު ޖަހާފައެވެ.
03 May 2024
ޚަބަރު
ނޫސްވެރީންގެ ޤައުމީ މަސްއޫލިއްޔަތާއި ވާޖިބު، ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއެކު އަދާކޮށްދިނުންމަތީ ދެމިތިބުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، ނޫސްވެރީން މަސައްކަތްކުރާނެ އޮފީސް ޖާގަ އަގުހެޔޮކޮށް ލިބޭނެ މީޑިއާ ވިލެޖެއް ބިނާކުރުމާއި، އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނުގެ ފުރުޞަތު މީޑިއާތަކަށް އިތުރުކޮށްދިނުމާއި، ޚަބަރު ފެތުރުމުގެ ދާއިރާ ކުރިއަރުވަން އުފައްދާފައިވާ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާއި ދިވެހި ނޫސްވެރީންނާ ގުޅުން ބަދަހިކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރައްވާނެ ކަމަށެވެ.
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.