Advertisement

19 Jul 2024
ނާކާ

ނާކާ | އެޕިސޯޑު - 24

"ގެއްލިގެން ހޯދަމުންދާ 16 އަހަރުގެ އަންހެން ކުއްޖާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މައުލޫމާތު ދޭ. އޭނާ ގެއްލިގެން ހޯދަން ފަށާފައި ވަނީ ހިނގަމުން މިދާ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތަކުން ފެށިގެން. އޭނާގެ މަޢުލޫމާތު.." ފަތީން ގެއަށް ވަތްއިރު ޓީވީއިން 2 ގެ ޚަބަރު ކިޔަމުން ދެއެވެ. ފާތުމާ އިނީ ސޯފާގައި ޓީވީ ބަލާށެވެ.

ފަތީން ގޮސް ފާތުމާ ކައިރީގައި އިށީނެވެ. ފާތުމާ އިނީ ރޯށެވެ. ފާތުމާއަށް ހިތްވަރު ދެވޭތޯ ފަތީން މަސައްކަތް ކުރިއެވެ. އޭނާ ހުއްޓުވޭތޯ ފަތީން އެތައް ވާހައެއް ދެއްކިއެވެ. ނަމަވެސް ފާތުމާގެ އެ ކަރުމަތަކުން ފަތީންގެ ހިތުގައިޖެހުން ނޫން ގޮތެއް ނުވިއެވެ. ފައުޒާގެ ހަނދާންތަކުން ފެށިގެން ފަޒީންގެ ހަނދާންތަކަށް ފަތީންގެ ހިތުގައި ފަސްލެވެމުން ފުހެވެމުންދިޔަ ހިތި ހަނދާންތައް ފާތުމާ ރޮމުން އިނދެ ފަތީންގެ ހިތުގައި އާލާ ކުރަމުން ދިޔައެވެ.

މިއަދަކީ އިބްރާހިމް ރަށަށް އަންނަން ހަމަޖެހިފައިވާ ދުވަހެވެ. އެކިއެކި ވާހަކަ ތަކުގެ ތެރެއިން ފަތީން އެވާހަކަ ދައްކަން ފެށިއެވެ. "ބައްޕަ ކީއްވެތަ ކޮއްކޮ ނުފެންނަނީން އެ އަންނަނީ؟"

"ނޭނގެ. އޭނައަށް މުހިންމުވާނީ އަހަރެމެންނަށްވުރެ އޭނަގެ ވިޔަފާރި.." ފާތުމާ އިނީ ފައުޒާ ނުފެންނަނީސް އިބްރާހިމް އަންނާތީ އެކަމާ ވަރަށް ބޮޑަށް ރުޅިވެސް އައިސްފައެވެ.

ހިނދުކޮޅެއް ފަހުން މީހަކު އައިސް ގެއަށް ވަތް އަޑަށް ފާތުމާ އާއި ފަތީން އެއްފަހަރާ އެދިމާލަށް ބަލާލިއެވެ. ގެއަށް ވަނީ އިބްރާހިމްއެވެ.

އިބްރާހިމް ފެނުމާއެކު ފާތުމާ ތެދުވެގެން ގޮސް އޭނާގެ ގާތުގައި ހުއްޓުނެވެ. އެއަށްފަހު ދޮރާށިން ބޭރަށް ނަޒަރު ހިންގާލީ ފައުޒާ ފެންނާނެ ކަމުގެ އުންމީދުގައެވެ. ފުލުހުންނަށްވެސް ފައުޒާ ނުފެންނަކަން އެނގި ހުރެވެސް ފާތުމާއަށް އޭނާ ފެންނާނެ ކަމަށް އުންމީދު ކުރެވުނީ އަމިއްލަ ޟަމީރުން ބޭރުވަމުންދިޔަ އޭނާގެ ބުއްދީގެ ބާރު ކެނޑިފައިވާތީއެވެ.

"ކީއްވެ ފައުޒާ ނުލާ ތި އައީ؟" ފާތުމާ އަހާލީ ވައި އަޑުންނެވެ. އިބްރާހިމްގެ މޫނަށް ނުރުހުމުގެ ނަޒަރަކުން ބަލާލާފައެވެ.

"ފައުޒާ ހޯދާނެއޭ ފުލުހުން. ފިހާރައިގެ ކަންކަން ބޮއްސުން ލައިގެން ދާތީ މަ މިއައީ.." އިބްރަހިމް ވާހަކަ ދެއްކިއިރު ފަތީން ހުރީ ރުޅި އައިސްގެން ފަޅައިގެންދާން ކައިރިވެފައެވެ. އޭނާގެ ދެލޯ ރަތްވެފައި ހުއްޓެވެ. އިބްރާހިމްގެ އަމިއްލަ އެދުން ބޮޑުކަމުގެ ސަބަބުން އެ އާއިލައިން ފައުޒާ އެއްކޮށް ގެއްލިގެންދާނެ ކަމުގެ ބިރު ފަތީންގެ ހިތުގައި އުތުރެމުން ދިޔައެވެ.

"ކަލޭތީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް.. އަހަރެން މިހާރު ހިތާމަކުރަން ކަލެއާ އިނދެވުނީމަ. ކަލޭ އަހަރެންގެ ދިރިއުޅުން ޖަހަންނަމައަކަށް ހަދާލާފި.." ފާތުމާ ރުޅިއައިސްގެން އިބްރާހިމް އަށް އެއްޗެހި ގޮވަން ފެށިއެވެ.

"މާގިނަ ވާހަކަ ނުދައްކާ.." އިބްރާހިމް ބަލަން ނުހުރެ އިސްކުރީ އޭނާގެ އަތެވެ. ފާތުމާގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އޭނާގެ އަތުން އަރުވާލިއިރު ފަތީންއަށް މަޑުން ހުރެވެނީ ހަމަ ކިރިއާއެވެ.

"ކަލޭ މަށާ އިނދެވުނީތީ ހިތާމަ ކުރަނީ މިއަދަކު ނޫން.. އަބަދުވެސް ހިތާމަ ކުރޭ. ދެން މިހާރު ކޮން އެއްޗެކޭ ކިޔަންތަ މިއުޅެނީ؟؟" އިބްރާހިމް ގޮސް ވަނީ ކޮޓަރިއަށެވެ.

ފާތުމާ އެނބުރި ގޮސް ސޯފާގައި އިށީން އިރުވެސް ފަތީންއަށް ބަލަން ހުރެވުނީއެވެ. އޯގާތެރިކަމާއެކު މަންމަ ގައިގައި ފިރުމާލަންވެސް ބޭނުންވިއެވެ. ނަމަވެސް ވީގޮތެއް ނޭނގުނެވެ. ހާދާނެ ގޮތެއް ނޭނގިގެން ފަތީން ދުވެފައި ގޮސް ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ.

ފިކުރުތައް ގިނަވާން ފަށައިފިއެވެ. ބޯ ހާސްވާންވެސް ފަށައިފިއެވެ. ކުޑަ އިރުކޮޅަކު އެނދުމަތީގައި އޮށޯވެލާގެން އޮތުމަށްފަހު ފަތީން ފޯނު ނެގީ ޝައިހާއަށް ގުޅާލާށެވެ.

"ހަލޯ.." ތިންވަނަ ރިންގާއެކު ޝައިހާ ފޯނު ނެގިއެވެ.

ފަތީން ބޭނުންވީ ބައްދަލު ވެލާށެވެ. ވާހަކަ ދައްކާލާށެވެ. ނަމަވެސް ޝައިހާގެ އެކްސްޓްރާ ކިލާހެއް މިރޭ އެބައޮތެވެ.

"ދަންވަރު ބައްދަލު ކުރަން ހޭލާ ނުހުރެ މިރޭ ނިދާލަންވީނުން؟ މިދުވަސްކޮޅު ފަތީން ދަންވަރު ބޭރުގަ އުޅެނިކޮށް މީހަކަށް ފެނިއްޖެޔާ ފެތުރޭނީ ވަރަށް ހަޑި އަޑެއް.. ބުނާނެ ކޮއްކޮ ގެއްލުނީމަވެސް އެ އުޅެނީ އުޅޭނެ ގޮތަކަށޭ.." ވާހަކައިގެ ތެރެއިން ޝައިހާ ފަތީންއަށް ވިސްނަދިނެވެ.

އެހެންނަމަވެސް ފަތީން ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ.

"ދެން އެހެންވިއްޔާ ފޯނުން ވާހަކަ ދައްކަބަލަ ހިތްހަމަ ޖެހެންދެން.. މިވެސް ގޮތެއްނު؟" ޝައިހާ ބުނެލީ ފަތީން ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައެވެ.

މިގޮތުގައި ވާހަކަ ދައްކަން ތިބެވުނު އިރެއްވެސް އެ ދެ ލޯބިވެރިންނަކަށް ނޭނގެއެވެ. މައިގަނޑު ގޮތެއްގައި ދެއްކުނީ ފައުޒާގެ ވާހަކައެވެ. ފައުޒާ ނެތުމުން ފަތީންގެ މަންމަ އުޅޭ ގޮތުގެ ވާހަކައެވެ. ކުރާ ހިތާމަތަކުގެ ސަބަބުން ފަތީންގެ ދިރިއުޅުމަށް ކުރާ އަސަރުތަކުގެ ވާހަކައެވެ. އެއިން ކޮންމެ ވާހަކައެއްވެސް ޝައިހާ އަޑުއެހީ ވަރަށް ޝައުގުވެރިކަމާއެކުގައެވެ. ފޫހިކަމެއް ނެތިއެވެ. ހަޔާތުގެ އެކި ވާހަކަ ތަކުގައި ހަވީރު ވަންދެން ވާހަކަ ދައްކަން ފަތީން އާއި ޝައިހާ ތިއްބެވެ.

ކޮންމެ ބައްދަލުވުމަކުންވެސް، އަދި އެކީގައި ހޭދަކޮށްލެވޭ ކޮންމެ ވަގުތުކޮޅަކުންވެސް ފަތީންގެ ހިތުގައި ޝައިހާގެ ލޯބި އާލާވަމުން ދެއެވެ. އެ ލޯތްބަށް އޮންނަ އިތުބާރަށް ފަތީން އެއްވެސް ޝައްކެއް ނުކުރެއެވެ.

ގަޑިން ހަގަޑި ބައިވީ ސަހާ ކޮޓަރިތެރޭގައި ޖިޔާދުގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓައެވެ. ޑުރެސިންގް ޓޭބަލް ދޮށުގައި ޝިމާ ހުރެގެން ރީތިވަމުން ދިޔައީ ޓިއުޝަނަށް ދާށެވެ. ޙަޤީޤަތުގައި އޭނާ ތައްޔާރު ވަމުން ދިޔައީ އެ ފަޅު ގެއަށް ދިއުމަށެވެ.

ވަގުތު ގާތްވަމުން ދިޔަވަރަކަށް ޝިމާގެ ހިތުގެ ވިންދު އަވަސްވަމުން ދިޔައެވެ. ބިރުން އޮވެ ހިތް ތެޅޭވަރުން ޝިމާއަށް ކެތްވަނީ ހަމަ ކިރިޔާއެވެ.

ރީތިވެ ނިމިގެން ދަބަސް ހާވާލުމަށްފަހު އެންމެ އަވަހަށް އަތުގައި ޖެހުނު ފޮތެއް ނަގައިގެން ޝިމާ ކޮތަރިން ނުކުތުމަށް ހިނގައިގަތެވެ.

'ޓޮކް ޓޮކް' އިވިގެންއައީ ކޮޓަރީގެ ކުޑަދޮރުގައި މީހަކު ޓަކިޖެހިއަޑެވެ. ޝިމާ ދިޔައީ ސިއްސައިގެންނެވެ. ކުއްލިއަކަށް އެދިމާލަށް ބަލައިލިއިރު ސަހާ ހެވިފައި ހުރެ ދޮރު ހުޅުވަނީއެވެ.

"ކާކު؟" ޝިމާ ވައިއަޑުން އަހާލިއެވެ.

"ޖިޔާ.. ތިއްތަ އަވަހަށް ދޭބަލަ.." ސަހާ ހުރީ އުފަލުން ފޮޅިފައެވެ.

ވަރަށް ހިތްވަރު ކޮށްފައި ގިރިޓީ ކުރެވިފައިވާ ހިނިތުންވުމެއް ސަހާއަށް ހަދިޔާކޮށްލަމުން ޝިމާ ކޮޓަރިން ނުކުތެވެ.

ޖިޔާދު ކޮޓަރިއަށް ވަނުމާއެކު ސަހާ އޭނާގެ ގައިގައި ވަރަށް ބާރަށް ބައްދާލިއެވެ.

"ކޮބާ އަހަރެންނަށް އޮތް ޕްރެޒެންޓް؟" ޖިޔާދު ހެވިލާފައި އަހާލީ މިރެއަކީ އެދެކުދިންގެ ގުޅުމަށް އެއް އަހަރު ފުރުނު އެނިވާސަރީ ވީމައެވެ.

"މަޑުކުރޭ މަޑުކުރޭ.." ސަހާ ދުވެފައި ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ.

ސަހާ އެނބުރި ޖިޔާދުއަށް ބަލާލި ވަގުތު ޖިޔާދު ހުރީ އޭނާ ގެނައި ހަދިޔާ ސަހާއަށް ދިއްކޮށްލާގެންނެވެ. އެއީ ލޯބި ލޯބި ރަތް ފިނިފެންމަލެކެވެ.

"ވާއޮ... ހާދަ ލޮތްބޭ.. ކޮންތާކުން ހޯދީ؟" ސަހާ އަނެއްކާވެސް ގޮސް ޖިޔާދުގެ ގައިގައި އޮޅުލައިގަތެވެ.

"ތިއެއް ނޫނޭ. ކޮބާ އަހަރެންނަށް ޕްރޮމިސްކުރި އެނިވާސަރީ ގިފްޓް؟ އާ ޔޫ ރެޑީ؟" ޖިޔާދު ހުރީ ވަރަށް އުންމީދާ އެކުގައެވެ.

ދެމަހެއްހާ ދުވަސް ކުރިން ސަހާ ދޭން ބުނެ ވައުދުވެފައިވާ ހަދިޔާ ލިބިގަތުމަށް ޖިޔާދުއަށް ކެތް ކުރެވެނީކީވެސް ނޫނެވެ. އެ ދެ ސިކުނޑިއަށް ނުވިސްނުނެއްކަމަކު އެ ހަދިޔާއަކީ އެދެމެދުގައި އޮތް ލޮތްބަށް އެއްވެސް ބާރެއް ގެނުވައިދޭނެ ހަދިޔާއެއް ނޫނެވެ. އެހެނެއްކަމަކު އެއީ އެ ގުޅުން ފުނޑުފުނޑު ކޮށްލަނިވި، އެ ދެކުދިންގެ އަބުރާ އިއްޒަތް ހަފުސްކޮށްލާނެ ވިހަގަދަ ޒަހަރެކެވެ.

ފެހި ބައްތީގެ ފަނޑު އަލީގައި ދެކުދިން ކަޝްފުވެލީ ހަށިގަނޑުގެ އެއްވެސް ގުނަވަނެއް ވަންހަނާ ނުވާނެހާ ފާޅުކަންވޮޑު ގޮތަކަށެވެ. ޖިސްމާނީ ހިއްސުތަކުގެ ކެކެމުންދިޔަ ޖަޒުބާތުތަކާއެކު އެނދުމަތީގައި ދެ ޖިސްމު ތަތްވެގެންދިޔައީ ފަޅިސުކުންތެއްގެ ތެރޭގައެވެ. ޖިންޒީ ޤަރީޟާގެ އަސަރުގަދަ ކަސްތޮޅުން އެ ދެ ޖިސްމު އަޅުދާސްތުކޮށްލިއެވެ.

ގަޑިން ހަތެއް ޖަހަން ފަސްނިމެޓަށް ވެއްޖެއެވެ. ފާލަމުގެ މަތިން ހިނގަމުން ހުއްޓެމުން، ފިޔަޅުތައް ގިޔާކުރަމުން ޝިމާ ދިޔައެވެ. އެންމެ ހިނދުކޮޅަކަށްވެސް ހިތް ހިމޭންނުވެ ތެޅެމުން ދިޔައެވެ. ބައެއް ފަހަރު އަނބުރާލަ ގެއަށް ދާންވެސް ޝިމާ ހިތަށް އަރައެވެ.

ގަޑިން ހަތެއް ޖެހުމުގެ ކުރިން ޝިމާއަށް އެ ގެގަނޑަށް ދެވުނެވެ. ބިރުން ހުރެ އެ ގެޔަށް ޝިމާ ވަތް އިރު އޭނާގެ ނޭވާ އަވަސް ވަމުން ދިޔައެވެ.

"އާދޭ.." ޝިމާ އެގެއަށް ވަތްއިރު މޫނުމަތި ނިވާވާގޮތަށް މާސްކެއް އަޅައިގެން އެމީހާ ހުރީ ފުރަގަސްދީގެންނެވެ. ނަމަވެސް ޝިމާގެ ފިޔަވަޅުގެ އަޑު އިވުމާ އެކުވެސް އެމީހާއަށް އެނގުނެވެ.

އެ މާހައަލު ޝިމާއަށް ހިތި ހަނދާންތަކެއް އާލާކޮށްދެން ފަށައިފިއެވެ. ކުރިމަތިން ފެންނަން ހުރި އެނދު އެ ބިރުވެރި ރޭގައި ހިނގި ކަންތައް ޝިމާގެ ހަނދާނާ ގުޅުވާދޭން މަސައްކަތް ފެށިއެވެ. ނޭވާ ހާސްވާން ފެށިއެވެ.

"ހިނގާބަލަ އިށީނދެލަން!!" އެމީހާ ގޮސް ޝީމާގެ އަތުގެ މުލައްދަނޑީގައި ހިފައިގެން މިސްރާބު ޖެހީ މީގެ ދުވަސްކޮޅެއް ކުރިން އެ އެނދެއްގައި ޝިމާގެ އަބުރާ އިއްޒަތް އޭނާ ފޭރިގަތް އެނދާ ދިމާލަށެވެ.

ޝިމާ ދެކޮޅު ހެދޭތޯ މަސައްކަތް ކުރިއެވެ. ކަރުނައިން ތެމެމުންދިޔަ ދެލޮލާއި ގޮށް ޖެހެމުންދިޔަ ދެ ބުމައިން އޭނާގެ ހިތުގައި އުތުރެމުންދިޔަ ހުރިހާ އިހުސާސްއެއް ބަޔާންކޮށްދެއެވެ. ތުންފަތުގެ އައިބު ހަރަކާތްތަކުން އެ މީހާއަށްޓަކާ ނުރުހުންވުން ހާމަކުރަމުން އޭނާ ދިޔައެވެ.

"ކޮން ގަދައެއްތަ ތި ހަދަނީ.. މިތާ ރީތިކޮށް އިނދެބަލަ.." އޭނާ ޝީމާ ގަދަކަމުން އެ އެނދުމަތީގައި ބެއިންދިއެވެ.

"ބިރު ނުގަނެބަލަ.. އަދި މަ ކަލެއަށް ކަމެއް ކުރާކަށް ނޫޅެމޭ.."  ޝިމާގެ މޫނު ފެނިފައި އޭނާ ސިމާގެ ކޯތާފަތުގައި ދެތިން ފަހަރަކަށް މަޑުމަޑުން ޖަހާލިއެވެ.

ތެދެކެވެ. އޭނާ މިރޭ ޝިމާ މިތަނަށް ގެނައި ހަމަ އެކަނި ބޭނުމަކީ ޝިމާގެ ފަރާތުން އެދުންވެރިކަމެއް ފުރިހަމަ ކުރުމެއް ނޫނެވެ. ޝިމާ އެނދުމަތީގައި ބައިންދައިގެން ކުރިމަތީގައި ހުރެ އޭނާ ދައްކަމުންދިޔަ ވާހަކަތަކުން ޝިމާއަށް އެކަން ހާމަވަމުން ދިޔައެވެ.

އެހެންނަމަވެސް ބައެއް ފަހަރު އޭނާގެ ވާހަކައިން ޝީމާގެ ފަރާތުން އަރާމުތަކެއް ލިބިގަންނަން އޭނާ ބޭނުންވެފައި ހުރިކަންވެސް ހާމަވެއެވެ. އޭނާ ބުނަމުން ދިޔައީ ޝިމާ އަކީ މިހާރު އޭނާގެ އަޅެއް ކަމަށެވެ. އޭނާ ބުނާ ކޮންމެ ކަމެއް ކުރަން ޝިމާ ހުންނަން ޖެހޭނީ ތައްޔާރަށް ކަމަށެވެ. އެހެންނޫންނަމަ އޭނާ ޝިމާ ބޭޒާރު ކޮށްލަން ބޭނުން ކުރާނީ ހަމައެކަނި މީގެ ހަފްތާއެއް ކުރިން އޭނާ ތައްޔާރުކުރި ވީޑިއޯއެއް ނޫނެވެ. މީގެ 20 ދުވަސް ކުރިން ފަޒީން މަރުވިރޭ ހިނގި ކަންކަމުގެ ތެރެއިން ޝިމާ ސިއްކު ކުރަމުން އެދާ ކަންކަންވެސް ހާމަ ކޮށްލާނެކަމަށެވެ.

ޝިމާއަށް އެތާ އިނދެ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ލޮލުން ވެއްޓޭ ކަރުނަތިކި ފޮހެލަން އަތް އުފުލާލަންވެސް ޝިމާ އިނީ ނުކުޅެދިފައެވެ.

ދެން އޭނާ ފެށި ވާހަކަ ޝިމާ ހައިރާން ކޮށްލިއެވެ.

"އަހަރެން މިރޭ ޝިމާގެ ކުރިމަތީގައި އަހަރެންގެ މޫނު ހާމަ ކޮށްލާނަން. އަދި އަހަރެން މިއީ ކާކުކަންވެސް ޝިމާއަސް ކިޔާދޭނަން. އެކަމް އެއީ ޝިމާ ބޭނުން ނަމަ.."

އޭނާ އެކަން ކުރަން ނިންމި ސަބަބެއް ޝިމާއަކަށް ނޭނގުނެވެ. ނަމަވެސް އެ އަނިޔާ ވެރިޔާގެ ސޫރަ ދެކިލުމަށް ޝިމާ އިނީ ކެތްމަދުވެފައެވެ. ޝިމާ މަޑުމުޑުން ބޯ ޖަހާލިއެވެ. އެއިރު ޝިމާގެ ހިތް އަވަސްވަމުން ދިޔައެވެ.

އޭނާ ދެއަތް އުފުލާލާފައި މާސްކު ގައި އަތް އަޅުވާލިއެވެ. ޝިމާ ކަޅި ހުއްޓާލައިގެން ބަލަން އިނީ ދެލޯ ކުޑަ ކޮށްލާގެންނެވެ.

އޭނާ އެ މާސްކު ނަގާ މޫނު ކަޝްފު ކޮށްލިވަގުތު ޝިމާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ފުންމައިގެން އިންތަމުން ތެދުވެވުނެވެ.

ހަނދާން ވޭތޯ ޝިމާ މަސައްކަތް ކޮށްލިއެވެ. ނަމަވެސް އެއްވެސް ގޮތަކަށް ޝީމާގެ ހަނދާނަކަށް ނައެވެ. އެހެންނަމަވެސް ޝިމާއަށް ޔަގީންވާ ކަމަކީ ކުރިމަތީގައި ހުއްޓިލަގެން އެހުރި ދެބައި އުމުރުގެ ފިރިހެނާ އަކީ ޝިމާ ކޮންމެސް ތާކުން ދެކެފައިވާ މީހެއް ކަމެވެ.

"ކީކޭ ހިތަށް އަރަނީ؟" ކުޑަ އިރުކޮޅަކު ހުރެލުމަށްފަހު އޭނާ އަހާލިއެވެ.

ދެންވެސް ޝިމާ ވާހަކައެއް ނުދައްކައެވެ. ހުއްޓުން އަރާފައި ޝިމާ ހުރީއެވެ. ވާހަކަ ދައްކާނެ ހިތްވަރެއް އެ ނިކަމެތި ހަށިގަނޑުގައެއް ނެތެވެ.

އޭނާ އަމިއްލައަށް ތަޢާރުފު ވެލިއެވެ. އޭނާގެ ނަމަކީ ޔޫސުފްއެވެ. ޔޫސުފް ރަފީއު އެވެ. ނަމަވެސް އެއީ ކޮންތާކު އުޅޭ ކީއްކުރާ މީހެއްކަމެއް އޭނާ ބުނެއެއް ނުދެއެވެ. އޭނާ ޝިމާމެންގެ ދިރިއުޅުމަށް ފުންމާލައިގެން އުޅޭ ސަބަބެއްވެސް އޭނާ ކިޔައެއް ނުދެއެވެ.

ޔޫސުފްގެ އެއްވެސް ވާހަކަ އަކުން ޝިމާގެ ހިތުގައި އޭނާގެ މައްޗަށް އޮތް ނަފުރަތާއި ރުޅިވެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ބިރުން ގުޑިލަން ނުކެރިފައި ހުރިނަމަވެސް ޝިމާގެ ހިތް ރުޅިވެރިކަމުން ވިރެމުންދިޔައެވެ.

ވާހަކަ އަކަށްފަހު ވާހަކައެއްގެ ތެރެއިން އޭނާ ގާތްވަމުން އައިސް ޝިމާގެ ހަށިގަނޑަށް އަތް ފޯރު ކުރިއެވެ. ހަމަ އެވަގުތު އެ އަތުތެރެއިން ރެކިގަނެގެން ޝިމާ ދުރަށް ޖެހިލިއެވެ.

"މަޑުކޮށްބަލަ! އެރޭ ވީ އަރާމުން އަދި އެއްފަހަރު ބޭނުން ވެގެނޭ މި ގެނައީވެސް.. ޝިމާއަށް އެނގޭގެ މިހާރު މިކަމަށް އޯކޭ ވެގެންކަން ހުންނަން ޖެހޭނީ.. އަދި ދެތިން ރެއަކު ކޮށްލަނިކޮށް ތި ލަދު ކެނޑިދާނެ." އޭނާ ގޮސް ޝިމާގެ ގައިގައި ތަތްވެގަނެ ޝިމާގެ ހަށިގަނޑުގެ ގުނަވަންތަކުގައި ބީހެވޭތޯ މަސައްކަތް ކުރަމުންދިއައެވެ.

އެވަގުތު ކުއްލިއަކަށް ޔޫސުފް ވެސް ސިހުނީ ބޭރު ދޮރުން މީހަކު އެތެރެއަށް ވަދެގެން އައި މަންޒަރު ފެނުމުންނެވެ. އެއީ ޅަވަރެއްގެ ޒުވާން ފިރިހެނެކެވެ. އޭނާގެ މޫނުމަތީގައިވެސް ޔޫފުސް އަޅައިގެން އުޅޭ ކަހަލަ މާސްކެއް އަޅާފައި ހުއްޓެވެ.

ދެލޯ ފުރާ އޮހިގެންދިޔަ ކަރުނަތަކުން ޝިމާގެ މުޅި ކޯތާފަތްމަތި ތެމިގެންދިޔައެވެ. މިންޖު ވެވޭތޯ ތެޅިގަތެވެ. ޝިމާ ހީކުރީ އެ ޒުވާނާއަކީ ޔޫސުފް ޝީމާގެ ފަރާތުން އެދުންތަކެއް ފުއްދުމަށް ގެނައި ޔޫސުފްގެ ބައިވެރިއެއް ކަމަށެވެ.

ކަންވީކީ ޝިމާ ހީކުރި ގޮތަކަށް ނޫނެވެ. އެ ޒުވާނާ ވަދެގެން އައިތާ މާގިނައިރެއްނުވެ ޔޫސުފް ޝިމާގެ ގައިން ދޫކޮށްލިއެވެ.

"ދޭ.." އެ ޒުވާނާ އަތުން އިޝާރަތް ކޮށްލީ އެ ގޭގެ ދޮރުން ބޭރަށެވެ. އޭނާ ވާހަކަ ދެއްކީ ޝިމާއާއި ކަން ދޭހަކޮށްދިނީ މާސްކުގެ ތެރެއިން ކަޝްފުވެފައިވާ އޭނާގެ ދެލޮލުންނެވެ.

ޝިމާ ވަގުތުން ދުއްވައިގަތެވެ.

"ބަލ***ނު! މަބުނިން ދޯ ކަލޭ ކައިރީގައި މިކަމުގެ ތެރެއަށް ނުވަންނާށޭ.." ޔޫސުފް ރުޅިއައިސްފައި ހަޅޭލަވައިގަތެވެ.

"ބައްޕާ ތިއީ ކޮން ކަމެއް؟ އަހަރެމެންގެ މިޝަންއާ މިކަމާ ހުރީ ކޮން ގުޅުމެއްތަ؟ އެނެމީޒް އަކީ ކޮބައިކަން ހަނދާން ނެތުނީތަ؟" ވާހަކަ ދެއްކީ އެ ޒުވާނާއެވެ.

"ކަލެއަށް އެއީ އެނެމީޒް ނޫނަސް މަށަށް އެއީވެސް އެނެމީޒްއޭ. ކީއްވެތަ މަ ކިޔައިދޭ އެއްޗެހި މި ކަންފަތުގަ ހަރުލާފަ ނުހުންނަނީ؟ އެއީވެސް އެނެމީޒްއޭ މަގޭ. ކަލެއަށް އެނެމީޒްއަށް ނުވިއަސް.." ޔޫސުފް އޭނާގެ ކަންފަތުގައި ހިފާލީ އޭނާގެ މޫނުމަތީގައި އޮތް މާސްކު ދަމައިގަނެފައެވެ.

"އެކަމަކުވެސް ހެޔޮ! މީގެ ފަހުން ޝިމާއަށް އެއްވެސް ގޮތެއް ނުހަދާތި. ބައްޕައަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ޝީމާއާ ގަޔާވާވަރު. ޝިމާއާ ކުޅެން ނުހާދާ.."

"އައްދޭ.. ކޮން ވަރެއްތަ ތި ވަނީ؟ އެ ނޫނަސް އަންހެނުން އެބަ ތިއްބޭ މި ރާއްޖޭގަ. ކަލޭ އޭނައާ ހެދިގެން ނޫޅެއްޗެ.. މުޅި މިޝަން ފަނިވަނީއޭ ތިހެން އުޅެގެން.. އެއީ ކާކުތަ އަދި؟ ކަލެއަށް އެއަށްވުރެ ރީތި ކުދިން ވާނެ.. ކަލޭ ވިސްނާލަބަލަ ދަރިފުޅާ.. ކިހިނެއް އިނގެނީ އެ ފަޒީން ކިޔާ ގޮލަ އޮންނާނީ އޭނަ ބޭނުން ނުކޮށް ކަމެއްވެސް؟ ކަލޭ ބޭނުންތަ ކަލޭގެ ދުޝްމިނެއް ދެކެ ލޯބިވާ މީހަކު ގެންގުޅެން؟ އެއީތަ ބައްދަ ދަރިފުޅު އުޅެން ދަސްކޮށްދިން ފެންވަރަކީ؟" ޔޫސުފް މަސައްކަތް ކުރީ އޭނާގެ ބޮލަށް އެރެވޭތޯއެވެ.

"ދެން ހެވޭ.. ފަޒީން އަކީ މަގޭ ދުޝްމިނެއް. އެކަމަކު ޝިމާ ދުވަހަކުވެސް ފަޒީން ދެކެ ޙަޤީޤީ ލޯބި ވެފަވާނަމަ އަހަރެން ދެކެ ލޯބިވާން އޭނައަށް މަޖުބޫރު ވާނެ. ކޮންމެ ހާލެއްގަވެސް އަހަރެން ޝިމާގެ ލޯބި ހޯދާނަން.." އޭނާ އެގެއިން ނުކުންނަން ހިނގައިގަތެވެ.

"ނުވާނެ ތިކަމެއް.. ހަނދާން ނައްތާލާ.. މަގޭ އަތުން ބޮނޑިއެއް ބޯން ތިއުޅެނީ ކަލޭ.." ޔޫސުފްގެ ރުޅިގަނޑު މައްޗަށް ދިޔައެވެ.

= 24 ވަނަ އެޕިސޯޑު ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
17 Nov 2024
ޚަބަރު
ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް
މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
17 Nov 2024
ޚަބަރު
މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.