Advertisement

12 Mar 2024
ވާހަކަ

ނާކާ | އެޕިސޯޑު - 13

ސަމާހު: "ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނައާ އޭނަ ދިމައެއް ނުވެޔޭ. އެކަމް މި ވީޑިއޯއިން ފެންނަނީ ހަމަ ނަޒީހު."

ނަޒީހު: "އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟"

ސަމާހު: "ރަނގަޅު. އެކަމް ދޮގުހަދަންޔާ ސަލާމަތްވާން ހައްތަހާ އުނދަގޫ ވާނީ. އަހަރެމެންނަށް އެއްބާރުލުން ދިން ވަރަކަށް އަވަސް ވާނީ."

Advertisement

ނަޒީހު: "ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟"

ނަޒީހު އިންތަނުން ތެދުވެ މޭޒުމަތީގައި އޭނާގެ ދެ އަތުން ޖެހިއެވެ.

ސަމާހު: "އޭއިއޭއި. ހަމަޖެހޭ.. އެ ރޭ އެ ފިހާރަ ކުރިމަތީގައި ތަޅާފައި ދިޔަފަހުން ނަޒީހުއާއި ފަޒީން ދިމާވިތަ؟"

ނަޒީހު: "ނޫން. ނުވޭ.."

ސަމާހު: "އެރޭ ތި ދެ މީހުން ތަޅާފޮޅީ ކިއްވެ؟"

ނަޒީހު: "ހަމަ އެހެން ނޫނިއްޔާ ވެސް ހާޑުވާ  ކަންތަކާ ހާޑުވެގެން.. ޝިމާގެ މައްސަލައިގަ."

ސަމާހު އިންތަނުން ތެދުވެ އެ ދެމީހުން ތިބި ކޮޓަރިން ނުކުތެވެ. "އެކަކުވެސް އެއްބަހެއް ނުވި" ޕޮލިސް އިންޗާޖު އަލީ އުމަރުގެ މޭޒު ކައިރީގައި ހުއްޓިލާފައި ސަމާހު ބުނެލިއެވެ. އެވަގުތު އަލީ އުމަރު ސަމާހުއާ ދިމާއަށް ބަލައިލިއެވެ. "އެހެންވިއްޔާ އިހަށް ބައިތިއްބާ. މާދަމާ ބަންދަށް މުއްދަތު ޖަހާނީ.." 

**********************

އުޑުމަތިން ތަރިތައް ވިދަމުންދެއެވެ. ހަނދު ވަނީ ފުރިހަމަވެފައެވެ. ރަށުގެ މީހުން މޫދަށްއެރި މަޖާކޮށްހަދާލަން އަންނަ އުތުރު ފަރާތުގެ މި ހަމަހިމޭން މާހައުލަކީ މި ރަށުގެ ހިތްގައިމު މަންޒިލްތަކުގެ ތެރެއިން އެއް މަންޒިލެވެ. ފަތީންއާއި ޝައިހާ މޫދުގެ ރާޅުޖަހާހިސާބާ މާ ދުރުނޫން ހިސާބެއްގައި ހުރި ބެންޗެއްގައި އިށީނދެލައިގެންތިބި އިރު އިވެމުންދަނީ  ގޮނޑުދޮށުގައި ހުރި ހިމޫން ދޮންވެލިތަކުގެ މައްޗަށް ކަނޑުގެ ހިމޭން އޮއިވަރުން އުފެދިގެން ފުރޮޅެމުން އައިސް ބީއްސާލާ ރާޅުތަކުގެ އަޑެވެ. ޖައްވުން ފޯރުކޮށްދޭ ފިނި ވައިރޯޅިން ހިތް ފުރާލަދޭފަދައެވެ.

ފަތީން: "މިރޭ ފެނުނު ނަޒީހުމެން ޖިޕަށް އަރުވާތަން. އިރާދަ ކުރެއްވިއްޔާ ބޭބެއަށް އިންސާފު ލިބޭނެ."

ޝައިހާ: "އެ ކީއްވެ އަނެއްކާ އެ ގެންދިޔައީ؟ ކުރިން ދުވަހު ގެންގޮއްސަ ދޫކޮށްލީއެއްނު؟"

ފަތީން: "އާނނ.. އަދި ނުބުނެވޭދޯ؟ މިއަދު ފެނިއްޖެޔޭ އާނިސް މެންގެ ފިހާރަ ކެމެރާއަށް އަރާފަ ހުރިތަން ނަޒީހުއާ އަދި ދެމީހަކާ ތިއްތިބެ ގައިގަ ތަޅާތަން. އެހެންވެ އެވީޑިއޯ ޕޮލިހުންނަށް ދިނީމަ ކަންނޭގެ އެ ހައްޔަރު ކުރީ.."

ޝައިހާ: "އެހެންވިއްޔާމު ފަތީންގެ ބޭބެ މަރުވީ އެމީހުން އަތުންތާދޯ؟"

ފަތީން: "އަދި ޔަގީންކޮށް ބުނާކަށް ނޭނގެ. އެކަމަކު ވަރަށް ބޮޑަށް ޝައްކު.."

އެ ރޭ ވެސް ލޯބިން އެތައް އިރަކު ވާހަކަ ދައްކަން ފަތީންއާއި ޝައިހާ ތިއްބެވެ. މިވީ ހަތަރު ވަރަކަށް ދުވަސްތެރޭ ފަތީންގެ ހިތުގައި ޝައިހާއާ މެދު އުފެދިފައި މިވާ ލޯބި ގަބޫލު ކުރަން ވެސް ފަތީންއަށް އުނދަގުލެވެ. ނަމަވެސް މިއީ ހަމަ ޙަޤީޤަތެވެ.

އެރޭ ފަތީން ގެއަށް ދިޔައިރު އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ގެއަށް ވަތް އިރު ބައްޕަ އިބްރާހިމް ހުރީ ފަތީން ނައިސްގެން ރުޅިއައިސްފައެވެ. "ކޮންތާކަށް ގޮއްސަތަ ތިއައީ؟ ފޯނުވެސް ނިވާލައިގެނޭ އުޅެނީ މީހަކު ގުޅާފާނެތީ.. މީނަ ވެސް މިހާރު މި އުޅެނީ މީނަގެ ބޭބެ ދިޔަ މަގުން ދާންދޯ؟" އިބްރާހިމް ފަތީންއާ ދިމާއަށް ހަޅޭލަވަން ފެށިއެވެ. "އަޅުގަނޑު މި އައީ ޖިޔާދު ކައިރިއަށް ވާހަކައެއް ބުނަން ގޮސްފަ.." ފަތީން މަޑުމަޑުން ބުނެލިއެވެ. "މީތަ މީހުން މީހުން ކައިރީގަ ވާހަކަ ބުނަން ދާގަޑިއަކީ؟ ފޯނާ އަނެކެއްޗަކާ އަނެކެއްޗަކާ ދީފަ ތިޔަ އޮއްނަނީ ވާހަކަތައް ގޭގަ ހުރެގެން ބުނެވޭތޯ..." އިބްރާހިމް ހުރީ ވަރަށް ރުޅި އައިސްފައެވެ. އިބްރާހިމްގެ ހަޅޭކުގެ އަޑަށް ކޮޓަރީގައި ހުރެފައި ފާތުމާ ވެސް ނުކުތެވެ.

"ތި ގޮވަނީ ހަމަ ކަލަ.. ބައްޕަތީ ވަރަށް ދަހި މީހެއް. ފޯނެއް ދިނީތީ ތިގޮވަނީ އަބަދު ފޯނު ދިން ވާހަކަ.. ބަލަ ބައްޕަ ހަނދާނެއް ނެތްތަ މީ އަހަރެން ފިހާރައިގަ މަސައްކަތް ކޮށްދީގެން ހޯދި ރުފިޔާއަށް ގަތް ފޯނެއް ކަމެއް؟؟ އެކަމަކު ވެސް ތި ބުނަނީ މިއީ ބައްޕަ ގަނެދިން އެއްޗެކޭ.. ތިއީ އަހަރެމެންނަށް އެއްޗެއް ގަނެދޭ މީހެއްތަ؟" ފަތީން ކައިރިއަށް ރުޅިއައެވެ.

"ފަތީން..." ފާތުމާ ބަލަން ނުހުރެ ހަޅޭލަވައިގަތެވެ. "މަންމަ މި ކަމުގެ ތެރެޔަށް އަނގަ ނުލާބަލަ.. ބައްޕަ އެ އުޅެނީ މާ ރަނގަޅަށްތަ؟ މަންމަ ފުރަތަމަ ބައްޕަ އިސްލާހު ކޮށްބަލަ.. މީ އަހަރެމެންނަށް ކޮން ކަމެއް ކޮށްދޭ ބައްޕައެއް؟؟ އެހާ ވަރަށް ފައިސާ ގެޔަށް ވަންނަ އިރު ވެސް އަހަރެމެން ސުކޫލުގެ ސްޕޯޓްސް ބޫޓު ގަންނަން ބޭނުންވިއަސް ޖެހޭނީ ގޮސް އޭނަގެ ފިހާރައިގަ ގުލާނުކޮށްދެން.. ދެން އެ ގޯސްވީ މަ އެންމެ ފަހަރަކު ބޭރުގަ ލަސްވީމަ އެ ކަންތައް. ތިއްތިބެ މަރުވީ ވެސް ހަމަ ތި ބައްޕަޔާހެދި.. ބައްޕަ އެރޭ ތިއްތިއާ ދިމާއަށް އެއްޗެހި ނުގޮވާ ރަނގަޅަށް ނަސޭހަތް ދިންނަމަ ތިއްތި ނޯންނާނެ ގެޔަށް ނުވަންނަން ބޭރަކު.. ހަމަ ކަމެއް ވާއިރަށް ބަލާނީ ހަޅޭ ލެވޭތޯ.." ފަތީން ރުޅި އައިސްގެން ހުރެ އެއްޗެހި ގޮވަމުން ގެންދިޔައެވެ. "އޭއި.. ކޮންތާކުންތަ މާ އަނގަފަޅައިގެން މި އުޅެނީ.." އިބްރާހިމް އައިސް ފަތީންގެ ގައިގައި ޖެހިއެވެ. އެއީ އިބްރާހިމްގެ އަބަދުގެ ވެސް ހާލެވެ. މާ އަވަހަށް ރުޅި އިސްކުރުމާއި ދަރިން ގައިގައި ޖެހުމަކީ އޭނާއަށް މާ އުނދަގޫ ކަމެއް ނޫނެވެ.

"ކީއްވެ ތިހާ މަޑުން ތި ޖެހީ؟؟ ޖެހިޖެހީނުން މަ މި ތަނަށް ދަންމާލަބަލަ.." ފަތީން ދިޔަގޮތަށްގޮސް ކޮޓަރިއަށް ވަދެ ވަރަށް ބާރަށް ދޮރުލެއްޕިއެވެ.

********************

ޖެހިގެން އައި ދުވަހު ފަތީން އަނެއްކާ ވެސް ވަރަށް ބޮޑަށް އެ ގޮތްނޭގޭ މީހާ ބުނި ފައިސާ ހޯދާނެ ގޮތާމެދުގައި ވިސްނިއެވެ. ކޮންމެ ގޮތެއްވިއަސް މިކަން ނުކުރެވިއްޖެއްނަމަ ވެއްޓޭނީ ފަތީންގެ އަގެވެ. ވެއްޔާ މޮޑެވިގެންދާނީ ފަތީންގެ މުސްތަގުބަލެވެ. އެ މީހާ ބުނި ގޮތުންނަމަ މާދަމާރޭ ވެގެންދާނީ އެ ފައިސާ ހޯދުމަށްއޮތް ވަގުތު ނިމޭ ރެޔަށެވެ. ކޮންމެ ގޮތެއް ވިއަސް މާދަމާރޭ އެ ފައިސާ ދައްކަން ޖެހޭނެއެވެ

ދެބަސްވެވުނީތީ އަލުންގޮސް މައާފަށް ނޭދި ހުއްޓަސް ވާނެ އެއްވެސް ފައިދާއެއް ނެތެވެ. ރުޅި އާދެވުނީތީ އަބަދުގެއަބަދަށް ގުޅުން ކަނޑާލުމުގެ މާނައެއްވެސް ނެތެވެ. އަދިވެސް ވަގުތު އެބަ އޮތެވެ. ފަތީން ވިސްނީ އަލުން ޖިޔާދު ކައިރިއަށްގޮސް އެކަމުގަ ގޮތެއް ނިންމާށެވެ. ނަމަވެސް ކަންތައްވީ އެހެންނަކުން ނޫނެވެ.

ފަތީން ހުކުރު ނަމާދުން ފައިބައިގެން ނުކުތް ވަގުތު ފަހަތުން އައިސް ޖިޔާދު އޭނާއާ އަރާ ހަމަކުރިއެވެ.

ޖިޔާދު: "މަށަށް އިއްޔަ ވާހަކަ ދެއްކުނީ ރަނގަޅަށް ނޫންކަން މަށަށް އެނގޭ.. އަސްލު ފަތީން ތި ބުނީ ރަނގަޅު ވާހަކައެއް. މަ ތިގޮލާ މި ކަމުގެ ތެރެޔަށް ބާނުވާ ނުލިނަމަ މިއަދު ތި ގޮލާ އަތުން ތިހާ ބޮޑު އަދަދުން ފައިސާތަކެއް ދާކަށް ނުޖެހުނީސް.."

ފަތީން: "އާނ.. ތި ވާހަކައޭ މަވެސް ބުނީ.. އެކަމަކު މަގޭ ގާތަށް ނެއްޓީ އަސްލު ތި ގޮލާ ހެލްޕެއް ވެވެން ނެތޭ ބުނީމަ.."

ޖިޔާދު: "ތި ގޮލާއަށް ވެސް ހަމަ ރަނގަޅަށް އެނގޭނެ މަށަށް ފައިސާއެއް ނުލިބޭނެކަން. އެކަމަކު ތި ގޮލާ އޯކޭއިއްޔާ މަށަށް ތި ގޮލާ ބައްޕަގެ އެކައުންޓުން އެއަދަދަށް ފައިސާ ނަގަން ހެލްޕް ވެވިދާނެ.."

ފަތީން: "އެއީ ކިހިނެއް..؟"

ޖިޔާދު: "އޮންލައިން ބޭންކިން ޔޫސް ކޮށްގެން ނިއައްޓެ ކަޓުވާނެ މީހުން އެކައުންޓުން ފައިސާ.. އޭނަ މިކަމަށް ވައްދާލެވިއްޖެއްޔާ ތިކަން ވެދާނެ.."

ނިއައްޓެއަކީ ޖިޔާދުގެ ކްލާސް ކުއްޖެކެވެ. އޭނާގެ އަސްލު ނަމަކީ ނިއަމްއެވެ. ނިއަމްއަކީ ކޮންޕިއުޓާ ހެކިންގައި ވަރަށް ކުރީގައި އުޅޭ ކުއްޖެކެވެ.

ފަތީން: "އޭ ތީތި ކަޑަ. މަގޭ އަތަކު ނެތް އެކްސެސް ވެވޭނެ އެއްވެސް ކޭޝް ކާޑެއް.. އެހެންވީމަ އޮންލައިން ބޭންކިންގް އިސް ޔޫޒްލެސް ދޯ.. އެހެންނޫނަސް މަ ބޭނުމެއްނޫން ތި ނިއައްޓެއަށް ޓްރަސްޓް ކުރާކަށް. އޭނަ ކަމަކާ ހާޑުވުން ލަސްވާނީ.. އަހަރެމެން ދެމީހުން ބާނުވާލާނެ."

ޖިޔާދު: "އެއީ މަށަށް ފެނުނު އެންމެ ރަނގަޅު ގޮތް.. ދެން ތި ގޮލާ ގޮތެއް ކިޔާ.."

ފަތީން: "ހިނގާ ފިހާރަ ތިޖޫރީ ކޮޅާލަން.. މަ ހޯދާނަން ތަޅުދަނޑި.. ފިހާރައިގެ ޑަބަލް ކީވެސް އިންނާނެ މަގޭ އަތުގަ.. ފިހާރައިގަ އިންނާނެ ބައްޕަ ބޮޑު ތިޖޫރީއެއް ބައިންދާފަ މީހުނަށް ނުފެންނަ ގޮތަށް. އެ އިންނާކީ ފާރު ތެރޭގަ ކަނޑާފަ ލާފަ. ފިހާރަޔަށް ވަދެފަ އޭތިން ނެގީމަ ނިމުނީ... ކަލޭ އެކަމަކު މަށާއެކީގަ ދާންވާނެ.."

ޖިޔާދު: "މައްސަލައެއް ނެތް.."

ފަތީން: "އިރު އޮއްސުނީމަ މަގުޅާނަން އިނގޭ.."

ޖިޔާދު މެންގެއާ އަރާ ހަމަވުމުން ޖިޔާދު ގެއަށް ވަނެވެ. ގެއަށް ދިޔަ މަގުމަތީގައި ފަތީންއަށް އެ ނޫން ކަމަކާ ދޭތެރޭގައެއް ނުވެސް ވިސްނެއެވެ. ހިތަށް އަރަނީ އެ ނުލަފާ މީހާއަށް ފިހާރައިގެ ރަޖިސްޓްރީ ދީފިއްޔާމު ވާނެ ގޮތަކާއި މެދުގައެވެ. ކޮންމެ ފަދަ ގޮތެއް ވެސް އޭނާ އެއަށް ހަދާފާނެއެވެ. އޭނަ ކުރާކަމެއްގެ ސަބަބުން ބައްޕަގެ އަތުން ފިހާރަ ވީއްލިގެން ވެސް ގޮސްދާނެއެވެ. އެހެންވެއްޖެނަމަ އެކަމާ ޒިންމާވާން ޖެހޭނީ ވެސް ހަމަ ފަތީންއަށެވެ. ބައްޕަ ކަންތައް ކުރާ ގޮތުން ފަތީން ބައްޕަދެކެ ކިތަންމެ ރުޅިއަޔަސް ހަމަ އެ މިންވަރަށް ފަތީން ބައްޕަދެކެ ލޯބިވެސް ވެއެވެ. އެހާ ބޮޑު ގެއްލުމެއް ބައްޕައަށް ވެގެންދާތަން ދެކޭކަށް ފަތީންއަކަށް ކެތެއް ވެސް ނުވާނެއެވެ.

= 13 ވަނަ އެޕިސޯޑު ނިމުނީ =

ކޮމެންޓް
އިތުރު އާޓިކަލް
03 May 2024
ޔޫރޮޕާ ލީގު
ރަށުން ބޭރުގައި ރޯމާ ބަލިކޮށް ލެވަކޫސެން ޔޫރަޕްގެ ފައިނަލަކާ ގާތަށް
ޔޯރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ އޭއެސް ރޯމާއާ ދެކޮޅަށް އިޓަލީގައި ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް، 22 އަހަރަށްފަހު ޔޫރަޕުގެ މުބާރާތެއްގެ ފައިނަލާ ކައިރިޔަށް ބެޔާން ލެވަކޫސެން ޖެހިލައިފިއެވެ.
03 May 2024
ޚަބަރު
ބޮޑު ދެ އިންތިޚާބުން ބަލިވި ސަބަބު ދެނެގަތުމަށް އެމްޑީޕީން ދިރާސާއެއް ކުރަނީ
އެޕާޓީން ބުނީ، އެގޮތަށް ނިންމާފައި ވަނީ، ނިމިގެންދިޔަ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާއި ގުޅިގެން އެ ޕާޓީ ކުރިއަށްދާނެ ގޮތެއް ކަނޑައެޅުމަށް މަޝްވަރާކުރުމަށް ބުދަ ދުވަހުގެ ރޭގައި ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުުުމުގައި ކަމަށެވެ. ޤައުމީ މަޖިލީހުގެ އެބައްދަލުވުުމުގައި، އެމަޖިލީހުގައި ހިމެނޭ 50 ވުރެ ގިނަ މެމްބަރުން ބައިވެރިވިއެވެ.
02 May 2024
ޚަބަރު
ޤައުމަށް ގެއްލިގެން އެދިޔައީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް: ރައީސް
ޑޮކްޓަރ އާމިނަތު ރަމްޝާގެ ވަކިވެދިޔުމާއި އެކު ޤައުމަށް ގެއްލިގެން އެދިޔައީ ކުޅިވަރުގެ މައިދާނުގައި ރީތި ނަމޫނާ ދެއްކެވި މޮޅު އެތުލީޓެއް ކަމާއި އަދި އެއީ އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި ރެޔާދުވާލު މަސައްކަތްކުރެއްވި ވާގިވެރިއެއް ކަމާއި، ބަލިމީހުންނާ ނުކުޅެދޭ މީހުންނަށް ހިތްވަރުދެއްވުމުގައި އޯގާތެރި އެހީތެރިއެއްކަން ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.
02 May 2024
ޚަބަރު
ވަޢުދު ނުފުއްދޭކަން ފާހަގަވެގެން ފެނާއި ކަރަންޓް ބިލްތަކަށް އަލުން ލުއިދޭން ރައީސް އަންގަވައިފި
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް އަންގަވާފައި މިވަނީ، ކަރަންޓާއި ފެންބިލްތައް ބޮޑުވެ އެކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާއި އެއްގޮތަށް އެކަން ފުރިހަމަ ނުކުރެއްވޭ ކަމުގައި ނޫސްވެރިން ފާހަގަކުރުމުން އާދީއްތަ ދުވަހު ބޭއްވި ނޫސްކޮންފަރެންސްގައި ސަރުކާރުން އެކަން ދިފާޢުވެސް ކުރިއެވެ.