ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
14 Mar 2024
ޚަބަރު
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާނެ ސީޕްލޭން ދައްކާލައިފި
ރާއްޖޭގެ އަމިއްލަ އުޅަނދު ފަހަރުގައި އެއާ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން އެ ވަޢުދާއި އެއްގޮތަށް މި މާރިޗު މަހުގެ 1 ވަނަ ދުވަހުންފެށިގެން ވަނީ، މޯލްޑިވިއަންގެ ޑޭޝް-8 މަތިންދާ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށް ޚިދުމަތަށް ނެރެފައެވެ.
11 Mar 2024
ޚަބަރު
ހުކުރު ދުވަހާ ހަމައަށް ބޭނި މަހުގެ ފައިސާ ދޫކޮށްފި
މިދިޔަ އާދީއްތަ ދުވަހު ދިން ފައިސާއާއެކު، ހުކުރު ދުވަހާ ހަމައަށް މަސްވެރިން ބާނާފައިވާ މަހަށް ފައިސާ ދީ، މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ބެކްލޮގް އެއްކޮށް ސާފު ކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މަސްވެރިންނަށް ނުދެވި ހުރި 157 މިލިއަން ރުފިޔާ ރޯދައިގެ ކުރިން ދޫކުރާނެކަމަށް ރައީސް ވަނީ ކުރިން ވިދާޅުވެފައެވެ. މި ފައިސާ ދޫކުރަން ފަށާފައިވަނީ އާދީއްތަ ދުވަހުއެވެ.
10 Mar 2024
ޚަބަރު
އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތީ ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދެވިގެން ކަމުަގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ހިންނަވަރުގައި ހިނގަމުން ދިޔަ ހައުސިންގަ މަޝްރޫއުގެ މަސައްކަތްތައްވެސް މަޑު ޖެހިފައި އޮތީ، އެމަޝްރޫޢު ކުރިޔަށް ގެންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި އޮވެގެން ކަމަށެވެ. މިގޮތުން ސަރުކާރުން ވަރަށް ގިނަ ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެބަހުރި ކަމަށާއި އެފައިސާގެ އަދަދު 9 ބިލިއަނަށް އަރާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.
09 Mar 2024
ޚަބަރު
އިންޑިއާގެ ޓާޓާ ކުންފުންޏަށް ދީފައި އޮތް ޅ. ޅޮއްސަލަފުށި އަތުލައްވައި ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވާނެކަމުގައި ރައީސް ވިދާޅުވެއްޖެ
ޅ. ޅޮއްސަލަފުއްޓަކީ، 7 ސެޕްޓެންބަރު 2010ގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުން ނިންމަވައިގެން، ދިހަހާސް ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ދަށުން ލަގްޒަރީވިލާ އަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސި ރަށެކެވެ. އެރަށް ދިނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި ފްލެޓް އެޅި އިންޑިއާގެ ޓާޓާ ކުންފުންޏަށެވެ.
05 Mar 2024
ޚަބަރު
ރާއްޖޭގައި ޤާއިމްކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ކުޑަހުވަދޫ ހިމެނޭ
ކުޑަހުވަދޫއަކީވެސް ރާއްޖޭގައި ޤާއިމުކުރާ 7 އާބަން ސެންޓަރުގެ ތެރޭގައި ހިމެނޭ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
04 Mar 2024
ޚަބަރު
މިފަހަރު ރޯދަމަހު ކަރަންޓާއި ފެނަށް ބިލްކުރާނީ އާއްމު މަސްތަކުގައި ހުންނަ ވަރަށް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިތުރަށް ލޯޑު ބޮޑުވިޔަސް ރައްޔިތުންގެ އަތުން އިތުރަށް އެއްޗެއް ނުނަންގަވާނެ ކަމަށެވެ. އަދި އެއީވެސް ރައްޔިތުންނަށް ލުޔެއް ދޭންވެގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ސްޓެލްކޯއިން ފެނުގެ ޚިދުމަތް ދެމުން އަންނަ ރަށްރަށުގައި، ފެނުގެ ކަނެކްޝަން ފީގެ ގޮތުގައި ކޮންމެ މަހަކު ނަގަމުން އަންނަ -/30ރ ގެ ފީވެސް އަންނަމަހުން ފެށިގެން ނުނަގާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
04 Mar 2024
ޚަބަރު
އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސައިފި
އޭދަފުށީގައި އިތުރަށް ބިން ހިއްކެން ނެތްކަމަށާއި، އެހެންކަމުން ބިމުގެ މައްސަލައަށް އޮތް ހައްލަކީ އިތުރު ރަށެއް ހޯދުންކަމުގައި ފާހަގަކުރައްވައި، އޭދަފުށިގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖައްސާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޢިޢުލާންކުރައްވައިފިއެވެ. މީގެ އިތުރުން ސަރުކާރުން ތަރައްޤީކުރާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރަކީ ބ އަތޮޅު އޭދަފުށި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
02 Mar 2024
ޚަބަރު
އަލިފުށީގެ ތަރައްޤީއަށް ބޭނުންވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް: ކައުންސިލް
ރ. އަލިފުށީގެ ތަރައްޤީއަށް އެންމެ މުހިންމު އެއްކަމަކީ އެރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުންކަމުގައި އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ. އަލިފުށީ ކައުންސިލުން މިކަން ފާހަގަކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަލިފުށީ ކައުންސިލާ އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާއެކު ބޭއްވެވި ބައްދަކުރެއްވުމުގައެވެ.
02 Mar 2024
ޚަބަރު
މި މަސް ތެރޭގައި އެއާ އެމްބިއުލެންސްއެއްގެ ގޮތުގައި ސީޕްލޭނެއް ވެސް ދުއްވަން ފަށާނެ: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއާ އެމްބިއުލެންސްގެ ސީޕްލޭންގެ ޚިދުމަތަކީ މެޑިކަލް އިވެކުއޭޝަންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަގުސަދުގައި ސަރުކާރުން ފައްޓަވާ ޚިދުމަތެއް ކަމަށެވެ. އަދި އޭރުން، ދުވާލު ގަޑީގައި ކުރިމަތިވާ ސިއްހީ ކުއްލި ހާލަތްތަކުގައި އެއާޕޯޓެއް ނެތް ރަށްރަށަށް ވެސް އެއާ އެމްބިއުލެންސްގެ ޚިދުމަތް ފުޅާވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
02 Mar 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ރ އަދި ބ އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅު ފައްޓަވައިފި
މި ދަތުރުފުޅުގައި 2 އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމުގެ އިތުރުން، ވަގުތު ލިބިވަޑައިގަތް މިންވަރަކުން 2 އަތޮޅުގެ ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އ.ތ.މ. ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައިވާކަމަށް ހާމަކޮށްފައިވެއެވެ. އަދި މި 2 އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.
29 Feb 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ބިލް ތަސްދީޤުކުރައްވައިފި، އިންތިޚާބު ދެން އޮންނާނީ ރޯދައިގެ ފަހުން
އަދި، ރޯދަމަހު މި އިންތިޚާބު ބޭއްވުމަކީ ބޭނުންފުޅުވެވަޑައިގަންނަވާކަމެއް ނޫންކަމަށާ، އިންތިޚާބު ރޯދައިގެކުރީން ބޭއްވުމަށް މީގެކުރީންވެސް އެދިވަޑައިގެންފައިވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
29 Feb 2024
ޚަބަރު
ބިލާއި ގުޅޭ ގޮތުން އޭޖީގެ ލަފަޔަށް ވާނީ އެދިފައި: ރައީސް
އެމަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި، ނ ކެނދިކުޅުދޫގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްުޖުމްހޫރިއްޔާ ދެއްކެވި ވާހަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ، 80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނެކަމަށާއި، މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށެވެ. އެހެންވެ އެކަމުގައި ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަކަށް މިހާރު ވާނީ ދަންނަވާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
28 Feb 2024
ޚަބަރު
ދިމްޔާތުގައި ހުންނެވިއިރު ދައުލަތުން ހަރަދުކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އަމިއްލަ ގެކޮޅު ކަމަށްވާ މ. ދިމްޔާތުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ޚަރަދު ކުރި ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ށ. ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
26 Feb 2024
ޚަބަރު
ކައުންސިލްތަކުގެ ހިންގުމުގެ ސްޕީޑް މިހާރު އަންނަނީ ހަލުވި ވަމުން: ރައީސުލް ޖުމްހޫރިއްޔާ
ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދާކަމަށާއި، އަދި ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައެވެ.
26 Feb 2024
ޚަބަރު
އިންތިހާބު ފަސްކުރުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވި ބިލު އަނބުރާ މަޖިލީހަށް ފޮނުވައިފި
ވިހި ވަނަ ރައްޔިތުންގެ މަޖިލިސް ހޮވުމަށް ބާއްވާ އިންތިހާބު މި އަހަރުގެ ރޯދަމަހާ ދިމާވާތީ، ރޯދަމަހަށްފަހު އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކޮށް، ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ތަސްދީގުކުރުމަށް ފޮނުވި ބިލް އަނބުރާ މަޖިލީހަށް ފޮނުވާލައިފިއެވެ. މި ބިލް ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލި ސަބަބެއް ކަމުގައި ރައީސް އޮފީހުން ބުނެފައިވަނީ، އިންތިހާބު ފަސްކޮށްފިނަމަ އިންތިހާބުގެ މިންވަންކަމާ އިންސާފުވެރިކަމަށް ހުރަސްއެޅިދާނެތީ ކަމަށެވެ.
26 Feb 2024
ޚަބަރު
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވެއްޖެ
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށާއި މި މަޝްރޫއަށް ލޯނު ހަމަޖައްސައިދިން ފަރާތާ މަޝްވަރާކޮށްގެން އެކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުއެވެ.