Advertisement

ހަނިމާދޫ ކައުންސިލާއިއެކު ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

26 Feb 2024
ޚަބަރު

ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭކަމަށް ރައީސް ވިދާޅުވެއްޖެ

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިތުރަށް ދިގު ކުރަން ޖެހޭ ކަމަށާއި މި މަޝްރޫއަށް ލޯނު ހަމަޖައްސައިދިން ފަރާތާ މަޝްވަރާކޮށްގެން އެކަން ކުރެވޭތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ ބޭނުންކުރަން ފަށާފައިވަނީ މިދިޔަ މަހުއެވެ.

ރައީސް ރާއްޖޭގެ އުތުރަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ މި ރަށު އެއާޕޯޓް ތަރައްގީކުރަން ކުރީގެ ސަރުކާރުން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައި އޮތް ނަމަވެސް، އެއީ އަސްލު އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހިންގާ މަޝްރޫއެއް ކަމަށެވެ. އަދި މި އެއާޕޯޓް ތަރައްގީކުރަނީ އެ އަގާ އަޅާބަލާއިރު، މަޝްރޫއު ހިންގަން ޖެހޭ ސްކޭލަށް ވުރެ މާ ކުޑަކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގާއިރު، އެކަމުގެ މަންފާ އެންމެ އެކަށީގެންވާ ގޮތެއްގައި ލިބޭގޮތަށް އިޤްތިޞާދީ ހަރަކާތްތަކާއި ތަރައްޤީ ގެންނަންޖެހޭކަމަށެވެ. އެގޮތުން ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރޮޖެކްޓް މިހާރަށްވުރެ ފުޅާކޮށް، ރަންވޭ ބޮޑުކުރުމަށް މިމަޝްރޫޢުގެ އިންވެސްޓަރާއި ވާހަކަދައްކަވައިގެން މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިހާ ބޮޑު ޚަރަދެއް ޕްރޮޖެކްޓަށް ކުރާއިރު 2.46 ކިލޯމީޓަރުގެ ރަންވޭއެއް މިހެދެނީ. މިއީ މި އެއަރޕޯޓްގައި ހުންނަންޖެހޭ ސްކޭލަށްވުރެ ކުޑަ ސްކޭލެއް. ރަންވޭ ބޮޑުވާންޖެހޭ. ލޯނު ހަމަޖެއްސި ފަރާތާއި ވާހަކަދައްކައިގެން ރަންވޭއަށް އިތުރު 700 މީޓަރު އިތުރުކުރުމަށް މަޝްވަރާކޮށް ފުރުޞަތު އޮތްތޯ ބަލާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  

ރައީސް ވިދާޅުވި ގޮތުގައި، 2.4 ކިލޯމީޓަރުގެ ރަންވޭއަކުން، 8،000 ޓޫރިސްޓް އެނދާއި އެހެނިހެން ސިނާއީ މަސައްކަތްތަކާއި ވިޔަފާރިތައް މި ސަރަހައްދަށް ގެންނަން ދަތިވާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.