ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
09 Jan 2024
ޚަބަރު
ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް ޙަސީނާ ހޮވިވަޑައިގަތުމުން ރައީސް ތަހުނިޔާ ވިދާޅުވެއްޖެ
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމަށް، އެ ޤައުމުގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އައު ދައުރަކަށް އިންތިޚާބުވެވަޑައިގަތުމާ ގުޅިގެން އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.
09 Jan 2024
ޚަބަރު
ފަތުރުވެރިކަމުގެ 1 ވަނަ މާކެޓަށް ޗައިނާ ހެދުމަށް މަސައްކަތް ކޮށްދިނުމަށް ރައީސް ގޮވާލައިފި
ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެދިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިހާރު ޗައިނާގައި ކުރިއަށްދާ "އިންވެސްޓް މޯލްޑިވްސް" ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
09 Jan 2024
ޚަބަރު
ޗައިނާ އާއިއެކު ރާއްޖޭން ސޮއެކޮށްފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް ވަރަށް އަވަހަށް ތަންފީޒު ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޗައިނާ މޯލްޑިވްސް ފްރީޓްރޭޑް އެގްރިމެންޓް ނިމިދިޔަ ސަރުކާރުން ތަންފީޒް ނުކުރީ އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ލިބިދާނެ ފައިދާއަށްވުރެ ބޮޑަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބޭނެ ގެއްލުންތައް ބޮޑުކަމަށް ފާހަގަކޮށްފައެވެ.
08 Jan 2024
ޚަބަރު
ސިނަމާލެ ބުރިޖު އެޅުމުގެ މަސައްކަތްކުރި ކުންފުންޏާއި ރައީސް ބައްދަލުކުރައްވައިފި
އެކުންފުނީގެ އިސްބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވާފައި ވަނީ، މިހާރު އެމަނިކުފާނު ޗައިނާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުއެވެ. މިބައްދަލު ކުރެއްވުން އޮތީ، މިއަދު މެންދުރު ކުރީގައެވެ
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭންވެސް ދެޤައުމުގެ ސަފީރުން ހާޟިރުކޮށް ސުވާލުކޮށްފި
އިންޑިއާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ސަފީރު، އިބްރާހިމް ޝަހީބް އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ޙާޟިރުކޮށްފައި ވަނީ، ދިއްލީގެ ގަޑިން ހެނދުނު 9:30 އަށެވެ. އެގަޑިއަށް ރާއްޖޭގެ ސަފީރު، އިބްރާހިމް ޝަހީބު އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރީއަށް ވަޑައިގެންނެވިއެވެ. އެހެން ނަމަވެސް އެބައްދަލުވުމާއި ގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ފަރާތުން މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
08 Jan 2024
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރަމާނަ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެންފި
ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކުރައްވާ މި ފުރަމާނަ ދަތުރުފުޅުގައި އެޤައުމަށް މިއަދު ހެނދުނު ވަޑައިގަތުމުން އެއާޕޯޓުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރުޙަބާ ވިދާޅުވީ، ޗައިނާ ސަރުކާރުގެ އިސް ބޭފުޅުންނެވެ.
08 Jan 2024
ޚަބަރު
އިންޑިއާ އާއި ދިވެހިރާއްޖޭގެ ގުޅުން ނުތަނަވަސްވެފައި ވަނިކޮށް ރައީސް ޑރ. މުއިއްޒު ޗައިނާ ދަތުރުފުޅުފައްޓަވައިފި
ރައީސުލްޖުމްހޫރިއްޔާގެ މި ފުރަމާނަ ދަތުރުފުޅުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށާއި، އަދި ދެ ޤައުމުގެ ދެމެދު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ މުހިންމު އެއްބަސްވުންތަކެއް ބަދަލުކުރުމަށްވެސް ހަމަޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.
07 Jan 2024
ޚަބަރު
ފުރައްސާރަކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ޓެރިޓަރީއެއްގެ ގޮތުގައި އޮތް ލަކްޝަދީބަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ލަކްޝަދީބުގެ ޓުއަރިޒަމް ޕްރޮމޯޓް ކުރެއްވުމަށް، ސޯޝަލްމީޑިއާއަށް ދޫކޮށްލި ޕޯސްޓްތަކާ ގުޅިގެން އެ މަނިކުފާނާއި އެ ގައުމުގެ ސިޔާސީ ލީޑަރުންނަށް ނިސްބަތްވާ ގޮތަށް މީސްމީޑިއާގައި ބޭއަދަބީ ކޮމެންޓުކުރުން ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
07 Jan 2024
ޚަބަރު
ފަތުރުވެރިކަމުގެ ދާއިރާއަށް ސޯޝަލް ހައުސިން ކެޓަގަރީއެއް ތަޢާރަފްކުރުމާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
މިއަދު ބާއްވާ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ރައީސް އޮފީހުގެ ޕްރެސްޓީމާއި ރައީސުލްޖުމްހޫރިއްޔާ ޙިއްޞާކުރެއްވި މަޢުލޫމާތުގައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގައި ޑިވޮލޮޕްމަންޓް ބޭންކެއް އުފެއްދުމަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމުގެ އިތުރުން، ރާއްޖޭގައި އޮންލައިން ޕޭމެންޓް ޕްލެޓްފޯމްތައް ބޭނުންކޮށްގެން، ފައިސާ ދެއްކުމުގައި ހުރި ހުރަސްތައް ނައްތާލުމާއި ގުޅޭ ގޮތުންނާއި، ފަތުރުވެރިކަމުގެ ދާއިރާއަށް (މުވައްޒަފުންނާއި އާއިލާތަކަށް) ސޯޝަލް ހައުސިންގ ކެޓަގަރީއެއް ތަޢާރަފްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭ ގޮތުން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނޭ ކަމަށެވެ.
07 Jan 2024
ޚަބަރު
މެމްބަރު ހަސަންޓޭ އެމްޑީޕީ ދޫކޮށްލައްވައި ޕީއެންސީއަށް ސޮއެކުރައްވައިފި
އިނގުރައިދޫ ދާއިރާ ގެމެމްބަރު، ޙަސަން އަޙްމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއެ މިކުރެއްވީ، އެމްޑީޕީގެ އިތުރު މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާ ގުޅޭނެ ކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
07 Jan 2024
ޚަބަރު
މަޝްރަހު ގޯހުން ގޯހަށް، ސަރުކާރުގެ ބަހެއް ނެތް
އިންޑިއާގެ ބޮޑުވަޒީރު ލަކްޝަދީބުގެ ޗާލުކަމަށް ކުރެއްވި ތަޢުރީފާއިއެކު، އިންޑިއާގެ ސިޔާސީ ބައެއް ފަރާތްތަކުން، ލަކްޝަދީބުގެ ރަށްތަކާއި ދިވެހިރާއްޖޭގެ ފަތުރުވެރިކަން އަޅައި ކިޔައި ދެއްކި ވާހަކަތަކަށް މިސަރުކާރުގެ މިނިސްޓަރުންގެ ނައިބު ފެންވަރުގައި ތިބި ބޭފުޅުން ދެއްވި ބޭ އިޙްތިރާމާއި ބޭއަދަބީ ރައްދުތަކުގެ ސަބަބުން، ދެޤައުމުގެ ރައްޔިތުންގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ހަމަލާތައް ވަނީ ހޫނުވެގެން ގޮސްފައެވެ.
07 Jan 2024
ޚަބަރު
ރައީސް އޮފީހުގެ ވެބްސައިޓް ހިމެނޭ ގޮތަށް، ސަރުކާރުގެ މައި އިދާރާތަކުގެ ވެބްސައިޓްތައް ޑައުންވެއްޖެ
ނޫން.ޑޮޓްއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުަގައި، ސަރުކާރުގެ މުހިއްމު އިދާރާތަކުގެ މައިވެބްސައިޓްތައް ޑައުންކޮށްލާފައި ވަނީ ސައިބާ ހަމަލާތަކެއް ދީގެންނެވެ. އެހެން ނަމަވެސް އެކަން ސަރުކާރުން ކަށަވަރުކޮށެއް ނުދެއެވެ. އަދި ރާއްޖޭގެ ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ސައިބަރ ހަމަލާއެއް ދިންކަމުގެ ޒިންމާ އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.
06 Jan 2024
ޚަބަރު
ހުޅުމާލެ ފުރަތަމަ ފޭހުގައި ހުރި ފްލެޓްތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސް ވިދާޅުވީ، ގާތްގަނޑަކަށް 4،000 ރ. އިން ފެށިގެން ގޮސް 7،000 ރ. އާ ހަމައަށް ނޫނީ 6،000 އަށް ވުރެ ގިނައިން މެއިންޓެނެންސް ފީ ހިމެނޭހެން ކުލިދައްކަންޖެހޭ ފޭސް 1 ގައި ހުރި ފްލެޓުތަކުގެ ކުލި ކުޑަކޮށްދެއްވާނެ ކަމަށެވެ.
06 Jan 2024
ޚަބަރު
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭގޮތައް ޤަވައިދަށް ބަދަލު ގެންނާނަން: ރައީސް
ވިލިމާލޭގައި 10 ބުރިއަށް އިމާރާތް ކުރުމަށް ގަވައިދަށް ގެންނަން ޖެހޭ ބަދަލު ގެނެސް، ގާނޫނު އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ފަރާތުން މާލޭ މޭޔަރު އިންތިހާބުގައި ވާދަކުރައްވާ އާޒިމާ ޝަކޫރުގެ ކެމްޕޭނަށް މިއަދު ވިލިމާލެ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
06 Jan 2024
ޚަބަރު
ސިޓީ ކައުންސިލްގެ ދަށަށް ބަދަލުވާ މުވައްޒަފުންނަށް މިހާރު ލިބޭ މުސާރަ ކުޑަ ނުވާނެ: ރައީސް
ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތްތައް މާލޭ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމާއި ގުޅޭ ގޮތުން، މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައިވެސް ރައީސް ވަނީ އެކަން ފާހަގަކުރައްވާފައެވެ. އެހެން ނަމަވެސް އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް އެޗްޑީސީން އެމްސީސީއަށް ބަދަލުކުރުމާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުންގެ ކަންބޮޑުވުންތައް ވަނީ ލިބިވަޑައިގެންފައި ކަމަށެވެ.
05 Jan 2024
ރިޕޯޓް
ދިވެހިރާއްޖެއާ ގުޅުވައި މޯދީ މިދެއްވަނީ ކޮން މެސެޖެއް!
އިންޑިއާ އާއި ފެއަށް ސަރުކާރުން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަމުން ދާއިރު އިންޑިއާއިން ނުސީދާ ގޮތުން މިދޭ މެސެޖަކީ، އިންޑިއާއިން ދިވެހިރާއްޖެއާ މާދުރަށް ފިޔަވަޅެއް އަޅައިފާނެ ކަމުގެ ސިގްނަލެކެވެ. އިންޑިއާގެ ރައްޔިތުން ދިވެހިރާއްޖެއަށް އަންނަން ޖެހޭނޭ ބޭނުމެއް ނެތްކަމުގެ ސިގްނަލެކެވެ.