Advertisement

ޗައިނާ އާއި ރާއްޖެއިން އެއްބަސްވުންތަކުގައި ސޮއެކުރުން --

10 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އިޤުތިޞާދާއި އުމުރާނީ ތަރައްޤީ ހިމެނޭހެން 20 އެއްބަސްވުމެއްގައި ރާއްޖެއާ ޗައިނާއިން ސޮއިކޮށްފި

އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާ، އަދި ސިއްޙީ ދާއިރާ އާއި ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތައް ހިމެނޭހެން ދިވެހިރާއްޖެއާ ޗައިނާގެ މެދުގައި ތަފާތު 20 އެއްބަސްވުމެއްގައި މިއަދު ސޮއެކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް މިއަދު ޗައިނާގެ ބެއިޖިންގގެ ގްރޭޓް ހޯލް އޮފް ޕީޕަލްގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ބައިވެރިވެވަޑައިގެންނެވިއެވެ. އެއްބަސްވުންތަކުގައި ސޮއެކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ، ދެޤައުމުގެ އިސްވެރިންގެ މެދުގައި ބޭއްވި ރަސްމީ ވާހަކަފުޅުތަކަށް ފަހުގައެވެ.

މިއަދު ދިވެހި ރާއްޖެއާ ޗައިނާއިން ސޮއިކުރި އެއްބަސްވުންތަކުގެ ތެރޭގައި، ކާރިސީ ހީރާސް ކުޑަކުރުމަށް މަސައްކަތް ކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ނޫ އިޤުތިޞާދެއް ބިނާކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ޑިޖިޓަލް އިކޮނޮމީ ބިނާކުރުމާއި ގުޅޭ އެއްބަސްވުމަކާއި، އިންވެސްޓްމެންޓްތައް އިތުރު ކުރުމާއި ގުޅޭ އެއްބަސްވުމަކާއި، ދެޤައުމުގެ ސަރުކާރުގެ މީޑިއާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ. މީގެ އިތުރުން، ވިޔަފާރީގެ މަގު ބިނާކުރުމުގައި ދެޤައުމުން ބައިވެރިވުމާއި ގުޅޭ އެއްބަސްވުމަކާއި، ޑިޖިޓަލް އިކޮނޮމީ ބިނާކުރުމުގައި ދެޤައުމުން ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ އެއްބަސްވުމަކާއި، އެއްޤައުމުން އަނެއް ޤައުމަށް ޖަނަވާރާއި އެހެނިހެން ދިރޭތަކެތި ގެންދިއުމާއި ގުޅޭ އެއްބަސްވުމަކާއި، ދެޤައުމުގެ މެދުގައި އިސްތިރާޖީ ގުޅުންތައް ވަރުގަދަކުރުމާއި ގުޅޭ އެއްބަސްވުމަކާއި، އިއާދަކުރަނިވި ހަކަތައާއި ގުޅޭ އެއްބަސްވުމެއް ހިމެނެއެވެ. އަދި މީގެ އިތުރުން، ފުށި ދިއްގަރު ފަޅުގައި ސޯޝަލް ހައުސިންގ ޕްރޮޖެކްޓާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްޤީކުރުމުގެ ޕްރެޖެކްޓާއި، މަސްބަންދުކުރާ ކާރުޚާނާއެއް އެޅުމާއި، މާލެ އާއި ވިލިމާލޭގެ މަގުތައް ހެދުމާއި ގުޅޭ އެއްބަސްވުމެއްގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ރުއްތަކަށް މަޑީގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި ގުޅޭ އެއްބަސްވުމަކަށާއި، ރާއްޖޭގެ އަތޮޅުތަކުގެ ސިއްޙީ މަރުކަޒުތަކުގެ ލެބޯޓްރީތައް ތަރައްޤީކުރުމާއި ގުޅޭ އެއްބަސްވުމެއްގައިވެސް މިއަދު ވަނީ ސޮއެކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ޗައިނާ ސަރުކާރާއިއެކު ދިވެހިރާއްޖެއިން އެއްބަސްވުންތަކުގައި މިއަދު ސޮއެކޮށްފައިވާއިރު، މީގެ ކުރިންވެސް ރާއްޖޭގެ އިޤުތިޞާދީ އަދި ޢުމުރާނީ ތަރައްޤީއަށް ޗައިނާ ސަރުކާރުން ބޮޑެތި އަދި ގިނަ އެހީތަކެއް ވެދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.