ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
01 Nov 2023
ޚަބަރު
މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތައް 1000 އާންމުންނަށް ދައުވަތު ދެނީ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ. މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.
30 Oct 2023
ޚަބަރު
ނުރަސްމީ ދަތުރުފުޅެއްގައި އިންތިޚާބީ ރައީސް މިރޭ ސިންގަޕޫރަށް ވަޑައިގަންނަވަނީ
ޕީއެންސީގެ އިސްބައެއް ފަރާތްތަކުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތުދީފައިވާ ގޮތުގައި، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ސިންގަޕޫރަށް ފުރާވަޑައިގަންނަވާނީ ސިންގަޕޫރް އެއާލައިންސްގެ ފްލައިޓެއްގައެވެ. އެހެން ނަމަވެސް މިދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަން ހާމަކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރައްވާފައެއްނުވެއެވެ.
30 Oct 2023
ޚަބަރު
މުއިއްޒު ހުވާކުރުމުގެ ރަސްމިއްޔާތައް 22 މިލިއަން ރުފިޔާ
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ހަމަޖެއްސުން 22 މިލިއަން ރުފިޔާއަށް ކުންފުންޏަކާއި ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސިފައިންގެ ވެލްފެއާ ކުންފުންޏާއެވެ.
30 Oct 2023
ޚަބަރު
ވީއައިއޭ އައު ޓާމިނަލް ސެޕްޓެމްބަރ މަހަށް ނިމޭނެ: މުއިއްޒު
ނުނިމި ދިގުލައިގެން ގޮސްފައިި އޮތް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މަޝްރޫއު، އެންމެ ލަސްވެގެން އަންނަ ސެޕްޓެމްބަރަށް ނިންމޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
29 Oct 2023
ޚަބަރު
މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ތެރެއިން އެލަވަންސްއެއް ދިނުމަށް މަސައްކަތް ކުރާނަން: މުއިއްޒު
މަޖިލީހަށް ހޮވޭ އަންހެނުންނަށް ޕާޓީގެ ފަރާތުން ހާއްސަ އެލަވަންސެއް ދޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށް ޕީއެންސީގެ ރައީސް އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީން %20 ގޮޑިއަށް އަންހެނުން ވާދަކޮށް، އެ ކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
24 Oct 2023
ޚަބަރު
އައު ރައީސް ހުވާކުރުން ނޮވެމްބަރ 17 ގެ ހަވީރު
އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާ ކުރެއްވުމަށް ބާއްވަވާ ޖަލްސާ އޮންނާނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ހަވީރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.
22 Oct 2023
ޚަބަރު
ފަލަސްތީން މައްސަލައާއި ގުޅޭ ގޮތުން އިންތިހާބީ ރައީސާއި އުރުދުގާން ފޯނުން މަޝްވަރާކުރައްވައިފި
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުގާން، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޯނުން ގުޅުއްވައި ފަލަސްތީނާއި އިޒްރޭލާ ދެމެދު ހިނގަމުންދާ ހަނގުރާމަ އާއި މެދުއިރުމަތީގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
22 Oct 2023
ޚަބަރު
މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބިލު އަވަސްކުރުމަށް މުއިއްޒު އެދިވަޑައިގަންނަވައިފި
މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ޞިއްހީ ރައްކާތެރިކަމުގެ ބިލުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ.އި ންތިހާބީ ރައީސް ޑރ.މުއިއްޒު މިކަމަށް އެދިވަޑައިގަތީ އިއްޔެ ހދ. މަކުނުދޫގައި ގޭސް ފުޅިއެއް ގޮވައި، ދެ މީހަކު މަރުވި ހިތާމަވެރި ހާދިސާއާއި ގުޅިގެން ނެރުއްވި ބަޔާނުގައެވެ.
21 Oct 2023
ޚަބަރު
ހިޔާ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކޮށްދޭނަން: މުއިއްޒު
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި، ހިޔާ ފްލެޓުތަކުގައި އިތުރު ލިފްޓް ހަރުކުރުމަށް ހިމަނާފައިވާނެކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އިއްޔެ ހަވީރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
17 Oct 2023
ޚަބަރު
އައު ސަރުކާރުވާނީ އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް: އިންތިޚާބީ ރައީސް
އެމަނިކުފާނުގެ ބަޔާނުގައި ވިދާޅުވީ، 17 ނޮވެމްބަރު 2023ގައި ޤާއިމްވާ، ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރު ވާނީ، އިސްލާމްދީނާއި ދިވެހިންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަށް ކަމަށެވެ. އަދި މިޤައުމުގެ އިސްތިޤުލާލާއި، ފަޚުރުވެރިކަން ނަގަހައްޓައިދޭ، ދިވެހިންގެ ރީތި އުޅުމާއި ގުޅުމާއި ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާއި އަބުރު ބައިނަލްއަޤުވާމީ މަސްރަހްގައި އުފުލައިދޭނެ ސަރުކާރަށްވެސް އެސަރުކާރު ވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
15 Oct 2023
ޚަބަރު
އުންމީދަކީ ހަފްތާއެއްގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރުން: މުއިއްޒު
އުންމީދަކީ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އިންޑިއާ ސިފައިންގެ މައްސަލަ ހައްލުކުރެވުންކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
13 Oct 2023
ޚަބަރު
ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ސަރުކާރުގެ ފަރާތުން އެއްބާރުލުން ލިބޭ: މުއިއްޒު
ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ސަރުކާރުން ދެމުންދާ އެއްބާރުލުމާމެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
11 Oct 2023
ޚަބަރު
އެއްވެސް މަޝްރޫއެއް ހުއްޓާކަށް ނާންގަން: ޑރ. މުއިއްޒު
ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން އެއްވެސް ރަށެއްގައި ހިންގާ އެއްވެސް މަޝްރޫއެއް ހުއްޓާލަން، ނުވަތަ މަޑުޖައްސާލަން ބުނެފައި ނުވާނެކަމަށް، އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
08 Oct 2023
ޚަބަރު
އިންތިހާބީ ރައީސްގެ އޮފީސް ސްޓެލްކޯގައި ޤާއިމްކޮށްފި
"އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ހިނގަމުންދާނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ 5 ވަނަ ފަންގިފިލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
07 Oct 2023
ޚަބަރު
އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު އެންމެ ބޮޑު އަގުލަބިއްޔަތެެއް ލިބުނު ތ.ގުރައިދޫއަށް
އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަން އިއުލާނުކުރައްވައިފިއެވެ. އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޒިޔާރަތް ކުރެއްވި ރަށްތަކުން އެދެމުން ދިޔައީ އެ ރަށްތަކަށް އަލުން ވަޑައިގަތުމަށް ކަމަށެވެ.
05 Oct 2023
ޚަބަރު
މަގާމު ލިބުމުން ފިނި ކޮޓަރިއަށްވަދެ ކަންކަން ހަނދާންނެތޭ މީހުން ގިނަ: ޔާމިން
މަގާމުތައް ލިބުމުން ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށް ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.