Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Oct 2023
ޚަބަރު

މަގާމު ލިބުމުން ފިނި ކޮޓަރިއަށްވަދެ ކަންކަން ހަނދާންނެތޭ މީހުން ގިނަ: ޔާމިން

މަގާމުތައް ލިބުމުން ފިނި ކޮޓަރިއަށް ވަދެ ކަންކަން ހަނދާން ނެތޭ ބޭފުޅުން ވަރަށް ގިނަ ކަމަށް ވިދާޅުވެ، އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ނުސީދާކޮށް ފާޑު ވިދާޅުވެއްޖެއެވެ.

ޖަލު ހުކުމެއްގައި ހުންނަވަނިކޮށް ގެއަށް ބަދަލުކޮށްފައިވަނިކޮށް، ބުދަ ދުވަހުގެ ރޭ އެމަނިކުފާނަށް ފަރިވަޅުއެރުވުމަށް ދިޔަ ސަޕޯޓަރުންނާއި ކުޑަދޮރުކައިރީގައި ހުންނަވައިގެން ވާހަކަފުޅުފައްކަވަމުން ޔާމީން ވިދާޅުވީ މިހާރުވެސް ފެނިގެން މިދަނީ އެތައް މަސައްކަތެއް ކުރުމަށްފަހުގައި، ގޭގައި ހުންނަންޖެހުނީމަ ނޫނިއްޔާ ޖަލަށްލީމަ އާދައިގެ އާންމު ރައްޔިތުންތަކެއް، އެމަނިކުފާނު ދެކެ ލޯބިވާ ރައްޔިތުންތަކެއް ނުކުންނަތަން ކަމަށެވެ.

"އެކަމަކު ބޮޑެތި ގޮނޑިތަކުގައި ތިބޭ މީހުންނަށް އެ ފަސޭހަތައް ލިބިގެން އެ ދިޔައީ ރައީސް ޔާމީނާއި ތި ރައްޔިތުން ކުރި މަސައްކަތުން. އެހެންވީމާ އިންސާނީ ތޮބިއްޔަތަކަށް މި ވަނީ މަގާމުތަކަށް އާދެވުނީމާ އެ ކަންކަން ހަނދާން ނެތުން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅު ވަނީ އިންސާފުވެރި ޝަރީއަތެއްގައި މައުސޫމްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވަން ކަމަށާއި މިނިވަންކޮށްދޭން އެދި މި ސަރުކާރަށް ވެސް އަދި އެހެން ބައެއްގެ ގާތުގައި ވެސް އާދޭސް ނުކުރައްވާނެ ކަމަށެވެ. އެންމެ ބޮޑު ވަރަކަށް ވެސް ގެންދާނީ ޖަލަށް ކަމަށާއި ނަމަވެސް، ޖަލަކީ ދެ ވަނަ ދިރިއުޅުމަށް މިހާރު ހަދާފައިވާ ކަމަށް ވިދާޅުވިއެވެ.

ދޫވެހީގެ ކުޑަދޮރު ކައިރީގައި ހުންނަވައި ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ހައްގުގައި އެންމެ ބުރަ މަސައްކަތެއް ކުރީ އާންމު ސަޕޯޓަރުންގެ ތެރެއިން އަންހެނުން ކަމަށާއި އެ މީހުން މަގުމަތީ އިހުތިޖާޖުގައި އުޅުނީ މައިންބަފައިންނާއި ދަރިން އަދި ފިރިން ގޭގައި ދޫކޮށްލުމަށް ފަހު ކަމަށާއި މަގާމުތަކަށް ވަޑައިގަންނަވާ ބޭފުޅުން ތިއްބެވީ އެކިއެކި ފިނިކޮޓަރީގައި ކަމަށެވެ. އެހެންކަމުން ވޯޓަށް އެދި ރައްޔިތުން ގާތަށް އަންނައިރު އެ ބޭފުޅުން އަންނަނީ ގައުމީ ހައްގުގައިތޯ ނުވަތަ އަމިއްލަ ކަމެއް ފުއްދަންތޯ ސާފުކުރަން ރައްޔިތުން ކިބައިން ޔާމީން އެދިވަޑައިގެންނެވިއެވެ.

"ކެރެން ވާނެ މަގުމަތީގައި އުޅެން. މަގާމުތައް ލިބުނީމައެއް ނޫން ބޮޑެތި ބަސްތައް ބުނަން ވާނީ. އެ މީހާގެ އެތެރޭގައި ހުރި ކަމެއް ދައްކަން ވާނީ އޭގެ ކުރިން،" ޔާމީން ވިދާޅުވިއެވެ.

ޔާމީން އެހެން ވިދާޅުވިއިރު އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔާމީން ރީތި ގޮތުގައި މިނިވަން ކުރުމުގެ ފުރުސަތު އެ މަނިކުފާނަށް ދެއްވައި، މަގުމަތީ ހަރަކާތްތަކާއި އެއްވުންތައް ނުބޭއްވުމަށް ސަޕޯޓަރުންނަށް އިލްތިމާސް ކުރައްވާފައެވެ. ނަމަވެސް، އެހެން ވިދާޅުވި ރޭ ވެސް ސަޕޯޓަރުން ޔާމީންގެ ގޭދޮށަށް އެއްވެ އަޑުއުފުލާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.