ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
18 Nov 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދިނުމަށް އެ ޤައުމުގައި އެދިއްޖެ
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ. މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
18 Nov 2023
ޚަބަރު
މުލިއާގޭގެ މަރާމާތު ނިމެންދެން ރައީސް ދިރިއުޅުއްވާނީ ދިމްޔާތުގައި
ރިޔާސީ ގަނޑުވަރު މަރާމާތުކޮށް ނިމެންދެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިރިއުޅުއްވާނީ އަމިއްލަ ގެކޮޅުގައިކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
18 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތުރުކިޔޭގެ ޓޫރިޒަމް މިނިސްޓަރ އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ތުރުކިޔޭގެ މިނިސްޓަރ އޮފް ކަލްޗަރ އެންޑް ޓޫރިޒަމް، މެހްމަތް ނޫރީ އާސޯއި ވަނީ، ރިޔާސީ އިންތިޚާބުގައި، ހޯއްދެވި ކާމިޔާބިއަށާއި، އަދި މަޤާމުގެ ހުވާކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް ތަޙްނިޔާ ދަންނަވާފައެވެ.
18 Nov 2023
ޚަބަރު
ރައީސް ޑރ. މުއިއްޒު ލަންކާގެ ރައީސާއި ބައްދަލުކުރައްވައިފި
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ހުވައިކުރުމުގެ ރަސްމިއްޔާތަށް ދެއްވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި ވަޑައިގެންދެއްވީތީ އެކަމަށް، ސްރީލަންކާގެ ރައީސަށް ޝުކުރު ދަންނަވާފައެވެ. އަދި އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމަކީ ދެޤައުމުގެ ގުޅުން ދައްކުވައިދޭ ކަމެއް ކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
17 Nov 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް މަޤާމްތަަކަށް ބޭފުޅުން ޢައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިރޭ 8:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
17 Nov 2023
ޚަބަރު
ރާއްޖެއަށް ދެމެހެއްޓެނިވި ޢަދުލުވެރި ތަރައްޤީގެ ނިޒާމެއް ބޭނުންވޭ: ރައީސް
މިގޮތުން، ސަރަހައްދީ ތަރައްޤީ ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކަށް ތަރައްޤީއާއި ރަށްވެހިކަމުގެ މަންފާ ބެހެވިގެންދާ ގޮތަށް އެކަށައެޅޭ ޒަމާނީ މަފުހޫމެއްގެ ތެރެއިން، އެކަމަށްޓަކައި މެދުރާސްތާގެ އަމާޒުތަކަކާއި، ދުރު ރާސްތާގެ އަމާޒުތަކެއް ކަނޑައެޅިގެންދާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
17 Nov 2023
ޚަބަރު
ރާއްޖެއަކީ ބޭރުގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނަން: ރައީސް ޑރ. މުއިއްޒު
ދިވެހިރާއްޖެއަކީ ބޭރުގެ އެހެން އެއްވެސް ޤައުމެއްގެ ސިފައިން ނެތް ރާއްޖެއަކަށް ހަދާނެކަމަށާއި، ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގެން، ޤައުމާ މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައެވެ.
17 Nov 2023
ޚަބަރު
އަޅުގަނޑުމެން ކަށަވަރުކުރަން ބޭނުންވަނީ، ރާއްޖޭގެ ބާރުތަކުގެ މިނިވަންކަން: ރައީސުލްޖުމްހޫރިއްޔާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވަކިން ޚާއްޞަކޮށް، މިސަރުކާރުން، ޢަދުލު އިންޞާފުގެ ނިޒާމުގެ ތެރެއަށް، ސަރުކާރުގެ ކުޑަވެސް ނުފޫޒެއް ވަންނާނެ ޖާގަ އެއް ނުދޭނެ ކަމަށެވެ. އަދި އޭގެ މާނައަކީ، ފަހަރެއްގައިވެސް ދިވެހިރައްޔިތުންނާއި ދިވެހި ދައުލަތަށް ޚިޔާނާތްތެރިވުމުން، އެފަދަ ކުށްތައް ކުރާ މީހުންނާ މެދު ސަރުކާރުން ލޯ މަރާލުމެއް ނޫން ކަމަށާއި، އެއާ ޚިލާފަށް، އޭގެ މާނައަކީ، ސަރުކާރުން، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މި ހިނދުން މި ހިނދަށް ނިމިގެން ދިޔުންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
17 Nov 2023
ޚަބަރު
ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްުޔާ ކަމުގެ މަޤާމުގެ ހުވާކުރައްވައިފި
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރެއްވި، ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވަނީ މަޤާމުގެ ހުވާގެ އިޤުރާރުގައި ސޮއެކުރައްވާފައެވެ.
17 Nov 2023
ޚަބަރު
އިންތިހާބީ ރައީސް މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި
މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެ މަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި މާލެ ސިޓީގެ ރައްޔިތުން ޑރ. މުއިއްޒު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައިވެއެވެ.
17 Nov 2023
ޚަބަރު
ޑރ. މުއިއްޒު ހުވާކުރެއްވުމުގައި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ
އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ އޮންނާނީ، މިއަދު ހަވީރު، 4:45ގައި ޖުމްހޫރީ މައިދާނުގައެވެ.
17 Nov 2023
ޚަބަރު
އައު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މިއަދު ހުވާކުރައްވާނެ
އައު ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު ހުވާކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ޚާއްސަ ޖަލްސާއެއްގެ ތެރެއިން ބޭއްވޭ ރަސްމިއްޔާތުގައެވެ. މިޖަލްސާ އޮންނާނީ މިއަދު ހަވީރު، 4:45ގައި ޖުމްހޫރީ މައިދާނުގައެވެ.
15 Nov 2023
ޚަބަރު
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ކުރާނެ ކަންކަން އިއުލާންކޮށްފި
އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި އެންމެ މުހިންމު އިސްކަމެއް ދެއްވައިގެން ކުރައްވާނެ ކަންކަން ހިމެނޭ "ހަފްތާ 14 މަގުޗާޓް" ލޯންޗްކޮށްފިއެވެ. މި މަގުޗާޓު ލޯންޗްކޮށްދެއްވީ ދަރުބާރުގޭގައި ބޭއްވި ޙާއްސަ ހަފްލާއެއްގައި ޑރ. މުހައްމަދު މުއިއްޒުއެވެ.
15 Nov 2023
ޚަބަރު
ހުވާކުރުމުގެ ރަސްމިއްޔާތު އޮންނަ ދުވަހު އިސްލާމީ މަރުކަޒު ބަންދު ނުކުރުމަށް އަންގައިފި
ހުވާކުރެއްވުމުގެ ރަސްމިއްޔާތާ އޮންނަ ދުވަހު އެއްވެސް ނަމާދު ވަގުތެއްގައި އިސްލާމީ މަރުކަޒު ބަންދުނުވާނެގޮތަށް އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށްވެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
14 Nov 2023
ޚަބަރު
މައުލޫމާތު ނުފޮރުވައި ނޫސްވެރިންނަށް ހާމަކުރާނަން: މުއިއްޒު
ސަރުކާރުން މައުލޫމާތު ނުފޮރާވާނެ ކަމަށާ ހުރިހާ މައުލޫމާތެއް ނޫސްވެރީންނަށް ހާމަ ކުރައްވާނެ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ދިވެހި ނޫސްވެރީންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައެވެ.
11 Nov 2023
ޚަބަރު
އިންޑިއާ ސިފައިންގެ މައްސަލަ މަގުމަތިން ހައްލެއް ނުކުރެވޭނެ: އިންތިޚާބީ ރައީސް
އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންޑިއާ ސިފައިންގެ މައްސަލައަކީ އިންޑިއާއާ ވާހަކަ ނުދައްކައި ހައްލު ކުރެވޭނެ މައްސަލައެއް ނޫންކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ވީހާ ވެސް ބޮޑަކަށް އިންޑިއާއާ ގާތުން ވާހަކަ ދައްކައިގެން މި މައްސަލަ ހައްލު ކުރަންކަމަށާއި އެއީ މަގުމަތިން ހާސިލުކުރެވޭނެ ކަމެއް ނޫން ކަމުގައިވެސް އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.