ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
05 Dec 2023
ޚަބަރު
ހައްޖު ފަރުޟުނުވާ 50 މީހަކު ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މިއަހަރު ހައްޖަށް ފޮނުވައިދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ހައްޖަށް ދިޔުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ އަދި ހައްޖު އެބައެއްގެ މައްޗަށް ވާޖިބު މީހުން، ހައްޖު ކޯޕަރޭޝަނަށް ހައްޖަށް ދިޔުމަށް ފައިސާދައްކައި، ކޯޓާ ނުލިބިގެން ހައްޖަށް ނުދެވި ތިއްބައި، ރާއްޖެއަށް ލިބޭ މަދުކޯޓާ ބޭނުންކޮށްގެން، ހައްޖު އެބައެއްގެ މައްޗަށް ފަރުޟު ނުވާ މީހުން، ސަރުކާރުން ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ހައްޖަށް ފޮނުވައި ދިނުމަކީ، އެންމެ ރަނގަޅުގޮތް ނޫންކަމުގައި ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
05 Dec 2023
ޚަބަރު
ސްކޫލުތަކުގެ އެސެމްބްލީގައި ޤައުމީ ސަލާމް ޖަހާގޮތަށް އަލުން ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަމުގެ ބޭނުމަކީ ޤައުމީ ލަވައާއި، ޤައުމީ ދިދައާއި، އަދި ޤައުމިއްޔަތަށް ސްކޫލުތަކުގެ ދަރިވަރުން ލޯބިޖެއްސުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމީ ސަލާމް ކިޔާނީ ހުރިހާ ސްކޫލެއްގައިވެސް ސެޝަން ފަށާއިރު އެސެމްބްލީގައި ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
05 Dec 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސައްޙަ އަދަދު އަދިވެސް ސަރުކާރަށް ނޭނގޭކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމާއި ގުޅޭ ގޮތުން ޑިފެންސް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ ގުޅިގެން އުފައްދާފައިވާ ކޮމިޓީން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށެވެ.
05 Dec 2023
ވިޔަފާރި
މިފްކޯ އެސްޓީއޯގެ ދަށުން ވަކިކޮށް ވަކި ކުންފުންޏަކަށް ހެދުމަށް ނިންމައިފި
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިނިންމުން ނިންމެވީ މަސްވެރިކަމުގެ ސިނާޢަތުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި މަސްވެރިންނަށް ލިބިދެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގެ މަސްވެރިކަން ކުރިއަރުވައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާ ކުރެވޭނީ މިފްކޯ ހަރުދަނާ ކުރެވިގެން ކަމުގައިވެސް ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަސްވެރިންނަށް ޚާއްޞަ ކޯޕަރޭޓިވްއެއް ޤާއިމުކުރައްވައި، އެ ކޯޕަރޭޓިވްއަކީ މިފްކޯގެ ހިއްސާދާރެއް ކަމުގައި ހެއްދެވުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.
05 Dec 2023
ޚަބަރު
ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމެންޓް %50އަށް ކުޑަކޮށްދިނުމަށް ނިންމަވައިފި
މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއަށް ފަހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިނަރެސް ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަންޖެހޭ އަދަދު %50 އިންސައްތަ ކުޑަކޮށްދިނުމަށާއި، އަދި ފުލެޓްކުލިން 4200 ރުފިޔާ ކުޑަކޮށްދެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
05 Dec 2023
ޚަބަރު
އަތޮޅުތަކުގައި އަޅާފައިވާ ހައުސިންގ ޔުނިޓްތަކުގެ އަގުތައް ކުޑަކޮށްފި
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަތޮޅުތަކުގައި ދޫކޮށްފައި ހުރި ހައުސިން ޔުނިޓްތަކުގެ ތެރޭގައި 5000 ވުރެ ބޮޑުކޮށް މަހުކުލި ދައްކަންޖެހޭ ތަންތަން ހުރި ކަމަށެވެ. އެހެން ކަމުން އަލަށް ސަރުކާރުން މިގެނައި ބަދަލާއިއެކު، މިހާރު 3330ރ އަށް ވުރެ ބޮޑު ކުއްޔެއް ދައްކަންޖެހޭ ހުރިހާ ތަންތަނެއްގެ ކުލިވެސް 3330ރއަށް ކުޑަވެގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
04 Dec 2023
ޚަބަރު
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު %33 އިތުރު ކުރުމަކީ ވަރަށް ފަސޭހައިން ޙާސިލްކުރެވިދާނެ ކަމެއް: ރައީސް
ރައީސުލްޖުމްހޫޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިސަރުކާރުގެ އަމާޒަކީ މިދައުރު ނިމުގެ ކުރިން ރާއްޖޭގައި ބޭނުން ކުރާ ހަކަތައިގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތަ ކަމުގައި ހެއްދެވުމަށެވެ. އަދި އެކަން ހާސިލްކުރުމަށް ކަނޑައަޅާފައި ވަނީ ފަންޑު ހޯދައިގެންނާއި އިންވެސްޓްްމެންޓްތައް އިތުރުކޮށްގެން ކަމުގައި ރައީސުލްުޖުމްހޫރިއްޔާ ވިދާޅުވިއެވެ.
03 Dec 2023
ޚަބަރު
ފަސްޓް ކްލާހުގައި ދަތުރުފުޅު ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި، ފަސްޓް ކުލާހުގައި ފުރަތަމަ ދަތުރުފުޅުކުރެއްވީ ޖާގަ ނުލިބިގެން - ރައީސް
03 Dec 2023
ޚަބަރު
ރާއްޖެއިން ތުރުކިޔޭއަށް ބޭރުކުރާ މަަހުގެ ޓެރިފް ކުޑަކުރުމުގެ މަސައްކަތް ފަށައިފި
އެމަނިކުފާނު މިހެން ވިދާޅުވީ، ތުރުކީވިލާތަށާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ.) އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
03 Dec 2023
ޚަބަރު
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް އެގައުމުން އެއްބަސްވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމާއި ގުޅޭ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން ވަގުތުން ވަގުތަށް ކަންކަން ނިންމޭފަދަ ހައިލެވެލް ކޮމިޓީއެއް އެކުލަވާލުމަށް މިހާރު ނިންމިފައިވާ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.
03 Dec 2023
ޚަބަރު
ދެ ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި ރައީސް މާލެވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިމަހުގެ 26 އިން 28އަށް ތުރުކީ، ވިލާތަށް ކުރެއްވި ދަތުރުފުޅަކީ، އެޤައުމުގެ ރައީސް، ރަޖަބް ޠައްޔިބް އުރްދުޣާންގެ ދަޢުވަތަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި، ދެޤައުމުގެ ސަރުކާރުގެ މެދުގައި ރަސްމީ ވާހަކަތައް ބާއްވަވައި، ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމާއި ގުޅޭ މަޝްވާރަތައް ކުރެއްވިއެވެ.
02 Dec 2023
ޚަބަރު
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ހަފްލާގައި ރައީސް ބައިވެރިވެވަޑައިގެންފި
ޒައިދު ސަސްޓެއިނަބިލިޓީ އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބައިވެރިވެވަޑައިގެންފިއެވެ.
02 Dec 2023
ޚަބަރު
އިންޑިއާގެ އެންމެ މުއްސަނދިމީހާއާ ރައީސް ޑރ. މުޢިއްޒާއި ބައްދަލުވެވަޑައިގެންފި
މުކޭޝް އަމްބާނީއަކީ، އިންޑިއާއާ އިންޑިއާއިން ބޭރުގައި ބޮޑެތި ވިޔަފާރިތައް ހިންގާ ބޭފުޅެކެވެ. މިގޮތުން މުވާސަލާތާއި، ތެލާއި ހަކަތަ އަދި ވިޔަފާރު ބަނދަރުތައް ހިންގުމުގެ ވިޔަފާރިތައް ކުރާއިރު އޭނާގެ މިލްކިއްޔާތުގެ އަގު ގާތްގަނޑަކަށް 92 ބިލިއަން ޑޮލަރަށް އަރައެެވެ.
02 Dec 2023
ޚަބަރު
އިންޑިއާ ނޫސްވެރިއަކު ސުވާލުކުރަމުން ރައީސުލްޖުމްހޫރިއްޔާގެ ފަހަތުން ހިނގައިފި
އިންޑިއާ ޓުޑޭގެ ނޫސްވެރިޔާ ގީތާ މޯހަން، ރައީސުލްޖުމްހޫރިއްޔާ އާއި ސުވާލުކުރައްވާފައި ވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރައްވާނެކަމުގައި ރައީސް ވިދާޅުވެފައި ވާއިރު، އިންޑިއާގެ ކިބައިން ރާއްޖެއިން އުއްމީދުކުރާ ކަމަކާއި ގުޅޭ ގޮތުންނެވެ.
01 Dec 2023
ޚަބަރު
ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއެއް ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ބަޔާން އިއްވަވާފައެވެ.
01 Dec 2023
ޚަބަރު
ކޮޕް-28ގެ ހަވާސާގައި، ރައީސް ޑރ. މުއިއްޒު އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ކޮޕް-28ގެ ހަވާސާގައި، ދެބޭފުޅުން ބޭއްވެވި މިބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ. އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާއާ ރާއްޖޭގެ ގުޅުން ބަދަހިކުރުމަށް ކޮމިޓީއެއް އުފެއްދެވުމާއި، އަދި ދެޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުފުޅާ ކުރުމާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.