Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

07 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ދިވެހީންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއް: ރައީސް

ޙަޤީޤަތުގައި ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ދިވެހީންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ،  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިޖަލްސާ އޮތީ މިއަދު ހެނދުނު ދަރުބާރުގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ދިވެހި ތާރީޚުގެ ފަތްފުށްތަކަށް ބަލައިލުމުން، ކޮރަޕްޝަނަކީ ދިވެހިންނާއި ބީރައްޓެހިއެއްޗެއްކަން ފެންނަ ވަރަށް ރީތި މިސާލުތައް ހުރިކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނު މޭރުން ކުރައްވާ އެކަމުގެ މާނައަކީ، ފަހަރެއްގައިވެސް ރާއްޖެގައި ދެރަ ކަންތަކާއި ގޯސްކަންތައް ހިނގާފައި ނެތް ވާހަކަ ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތާރީޚަށް ބަލާއިރުގައި، އިބްނު ބަޠޫޠާފަދަ ބޭރުގެ މުއައްރިޚުންގެ ލިޔުއްވުންތަކުން ފެންނަނީ ދިވެހީންގެ މާތް ސިފަތައް. ހަރުދަނާ އަޚްލާޤު. ދީނަށް ކަމޭހިތުން. ވެރިކަމުގެ ނިޒާމަށް ބެލިކަމުގައިވިޔަސް، އިބްނު ބަޠޫޠާ ރާއްޖޭގައި އުޅުއްވި ދުވަސްވަރުވެސް ރަސްކަމުގެ ފަރާތުން ފަނޑިޔާރުގެ ވަނީ މިނިވަންވެގެން. އެކަމަށް އޭނާ ތަޢުރީފް ކުރައްވާފައިވެސްވޭ."

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ---

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝައްކެއްނެތް ގޮތުގައި ދިވެހިރާއްޖެ ކުރިއަރައިދާނީ އެފަދަ ނަމޫނާ ސިފަތަކުންކަމަށެވެ. އަދި ދިވެހީންނާމެދު ބޭރު މީހުންގެ ހިތުގައި އިތުބާރު އުފެދޭނީ ރީތި އަޚްލާޤާއި، ތަހުޒީބު ދިރިއުޅުމަކުން ކަމަށާއި ރާއްޖޭގެ ފަތުރުވެރިކަމަށް އަދި އެނޫންވެސް ދާއިރާތަކަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބޭނީ މިކަންކަން އާލާކުރެވި، ބޭރު ދުނިޔޭގެ އިތުބާރު ހޯދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަކީ ޤައުމީ މަސައްކަތަކަށް ހަދަންޖެހޭ ކަމަށާއި އެއީ، ދިވެހި ޤައުމަށްޓަކައި ކުރާ ކަމަކަށްވާންޖެހޭ ކަމަށެވެ. އަދި އެއީ ދިވެހީންގެ ސަލާމަތަށްޓަކައި ކުރެވޭ ކަމަކަށްވެސް ވާންޖެހޭ ކަމަށާއި ދިވެހީންގެ ފުދުންތެރިކަމަށްޓަކައި ކުރެވޭ ކަމަކަށް އަދި ފަޚްރުވެރި ދިވެހި ޤައުމުގެ އަބުރާއި ޢިއްޒަތަށްޓަކައި ކުރެވޭ ކަމަކަށްވެސް ވާންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޙަޤީޤަތުގައި ކޮރަޕްޝަނަކީ ދިވެހީންނާއި އަދި ދިވެހީންގެ ރާއްޖެއާ ވަރަށް ބީރައްޓެހި އެއްޗެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއިރު، ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ކޮރަޕްޝަންތައް ހިނގާފައިވާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އަދި ބޮޑެތިކޮރަޕްޝަންތަކުގެ އިތުރުން ކުދިކުދި ކަންކަމާއި ހަމައަށްވެސް ކޮރަޕްޝަންގެ އަމަލުތައް ފެތުރި ރާއްޖޭގައި ކޮރަޕްޝަން އާއްމު ވެފައިވާ ކަމުގައި ދިރާސާކުރާ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.