Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ---

03 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދިޔުމަށް އެގައުމުން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އިންޑިއާއިން އެއްބަސްވެފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ، ދެޤައުމަކަށް އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހުގައި މިއަދު މާލެ ވަޑައިގެން، ވެލާނާ އެއާޕޯޓުގައި ރާއްޖޭގެ މީޑިއާތަކާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމާއި ގުޅޭ ކަންކަމުގައި އެޤައުމުގެ އިސްފަރާތްތަކާއި އެކު މިހާތަނަށް ހަތަރު ފަސް ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. އަދިވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، ޖެހިގެން އައި ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހު، އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް ދިވެހި ސަރުކާރުން އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފައިވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިހާރު ކުރެވެމުން ދަނީ އިންޑިއާ ސިފައިން ރާއްޖެއިން އަނބުރާ ގެންދިޔުމާއި ގުޅޭ ޓެކްނިކަލް މަސައްކަތްތައް ކަމަށެވެ. މީގެ އިތުރުން ވަގުތުން ވަގުތަށް ކަންކަން ނިންމޭފަދަ ހައިލެވެލް ކޮމިޓީއެއް އެކުލަވާލުމަށް މިހާރު ނިންމިފައިވާ ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑޮކްޓަރ މުއިއްޒު ވިދާޅުވީ، ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން، ރާއްޖެއިން އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ވަރަށް އަވަހަށް ހައްލުވެގެންދާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައްވެސް އަވަސް ކުރެވިގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕޭންތަކުގައި އެންމެ ބޮޑަށް ދެއްކެވި ވާހަކަފުޅަކީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ސަބަބުން ޤައުމީ ސަލާމަތާއި މިނިވަންކަމަށް ނުރައްކާވުމުގެ ވާހަކައެވެ. އަދި ރާއްޖެއިން އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެކެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.