ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
16 Sep 2023
ޚަބަރު
މުއިއްޒު ވެރިކަމަށް އަަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ: ރޮޒެއިނާ
އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބޭނުމަކީ ސަރުކާރާ މެދު ނަފްރަތު އުފެއްދުންކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒެއިނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް އިންޑިއާއިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވެސް އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއެކު ތިއްބެވި ބޭފުޅުން ކަމަށެވެ.
11 Sep 2023
ޚަބަރު
2 ވަނަ ބުރުގައިވެސް ކެނޑިޑޭޓުންގެ ނަންބަރަކީ ކުރީގެ ނަންބަރު
މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ 2 ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ވިދާޅުވެއްޖެއެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.
11 Sep 2023
ޚަބަރު
މި ފަހަރުގެ ހިސާބު ތެދު ވެއްޖެ - އަދުރޭ
އަދުރޭ ވިދާޅުވީ އޭނާ އެ ޖަލްސާގައި ޖެއްސެވި ހިސާބަކީ ފައްޔާޒު ޖެއްސެވި ހިސާބު ފަދަ ހިސާބަކަށް ނުވާނެކަމަށެވެ. ނަމަވެސް މީގެ 5 އަހަރު ކުރިން އަދުރޭ ޖެއްސެވި ހިސާބު ހަނދުމަ ނުނެތޭ އެތައް ދިވެހިންނެއް އަދިވެސް މި ރާއްޖޭގައި ތިބޭނެކަން ގައިމެވެ. ވީމާ މިއަދު މި ފެންނަނީ ޔަހުޔާ ކާޅު ހިފައިގެން އުޅޭ މަންޒަރު ބާއޭ ހިތާހިތާ ކިޔާނެ ދިވެހިން ވެސް މަދެއް ނުވާނެކަން ގައިމެވެ.
23 Aug 2023
ޚަބަރު
ރައީސް ޔާމީނުގެ ސަރުކާރުގައި ފްލެޓާއި ގޯތި ދޭނެކަމަށް ބުނެ ދޫކުރި ލިޔުންތައް ހައުސިންގ މިނިސްޓްރީއަށް ހުށައަޅަން އެދިއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިއަދު ކުރި އާއްމު އިޢުލާނެއްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ސަރުކާރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ގޯއްޗާއި ފުލެޓު ލިބޭނެކަމަށް ބުނެ ދޫކޮށްފައިވާ އެފަދަ ލިޔުންތައް އެކިފަރާތްތަކުން މި މިނިސްޓްރީއަށް ހުށަހަޅަމުން ގެންދާކަމަށެވެ.
22 Aug 2023
ރިޕޯޓް
ޑރ. މުއިއްޒުގެ ހާރިޖީ ސިޔާސަތުގައި ހުރީ ކިހާވަރެއްގެ ބަރުދަނެއް ބާއެވެ؟
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ އެބޭފުޅާގެ ހާރިޖީ ސިޔާސަތު ހާމަކުރައްވާފައެވެ. މި ސިޔާސަތު ހާމަކުރައްވާފައިވަނީ ހުޅުމާލެ ފޭސް2 ގައި ބޭއްވި ޖަލްސާއެއްގައެވެ. މި ޖަލްސާގައި ޑރ. މުއިއްޒު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
17 Aug 2023
ޚަބަރު
ބޮޑުޗުއްޓީ ޑިސެމްބަރަށް ބަދަލުކުރައްވާނެ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް މުޢިއްޒު ވިދާޅުވުމުން ޓީމުން ނުރުހުންފާޅުކޮށްފި
އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދިރާސީ އަހަރުގެ ކިޔެވުން ފެށުން 2025 ވަނަ އަހަރުން ފެށިގެން ޖެނުއަރީމަށް ބަދަލުކުރައްވާނެ ކަމުގައި ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދ ކުޑަހުވަދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމެއްގައެވެ. ދިރާސީ އަހަރުގެ ކިޔެވުން ޖެނުއަރީއަށް ބަދަލުކުރައްވާނެ ކަމުގައި މުޢިއްޒު ވިދާޅުވުމާއި ގުޅިގެން ރާއްޖޭގެ ރިޒޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ޖަމިއްޔާ، ޓީމުން ވަނީ މުޢިއްޒަށް ފާޑު ކިޔާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންނެއް އެބަތިއްބެވެ.