Advertisement

މަސް މާރުކޭޓުގައި މަސްކަނޑަނީ --- ފޮޓޯ: ޕީއެސްއެމް

27 Sep 2023
ޚަބަރު

މާލޭ ސިޓީގެ މޭޔަރުގެ ހައިސިއްޔަތުން ޑރ. މުއިއްޒު މިވަނީ މަސްވެރިންނަށް އިހުމާލުވެފަ

އެންމެ ކުޑަ އިރުން ފެށިގެން އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ މީހެއްގެ ހައިސިއްޔަތުން، "ނޫން" އަށް ދެވި ޙާއްސަ އިންޓަވިއުއެއްގައި އަބްދުﷲ ރަޝީދު ވިދާޅުވީ، ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުގެ ހައިސިއްޔަތުން، މާލޭގެ މަސްވެރިންނަށް ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށެވެ. އަދި މިކަމުގެ ގެއްލުން މާލެ އަތޮޅުގެ މަސްވެރިންގެ އިތުރުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ކުރަމުން އަންނަ ކަމަށެވެ.

އަބްދުﷲ ރަޝީދުއަކީ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ދައުރުން ފެށިގެން ވެސް، ވެރިކަން ކުރާ އެމްޑީޕީގެ ވިސްނުމާ ދެކޮޅަށް ހުންނެވި ބޭފުޅެކެވެ. އަދި އޭނާ ފާހަގަ ކުރައްވާފައިވާ ގޮތުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ އަރިހުގައި ވެސް ސިޔާސީ މަސައްކަތް ކުރުމުގައި ހަރަކާތްތެރިވިކަމާއި އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް ވެރިކަމެއްގައި އެބޭފުޅުން ނިކުމެ ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް ހޮވުމުން، އެ މަޤާމު ހޯދައިދޭން މަސައްކަތްކުރި ބަޔަކަށް އެހާ ބޮޑަށް އިހުމާލުވުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ.

އެގޮތުން މާލޭގެ މަސްމާރުކޭޓަކީ މާލެ އަތޮޅުގެ ގިނަ މަސްވެރިނަތަކެއް މަސް ވިއްކަމުން ދިޔަ ތަނެއްކަމަށާއި، ނަމަވެސް ޑރ. މުއިއްޒު މާލޭގެ މޭޔަރުކަމަށް ވަޑައިގެން، ވަކި މީހަކަށް ފައިދާވާގޮތަށް އެތަން ހިންގަވަން މަސައްކަތް ކުރައްވާތީވެ، އެ މާރުކޭޓުގައި މާލޭގެ މަސްވެރިންނަސް މަސްވިއްކުމަށް މިހާރު އުނދަގޫވެފައިވާ ކަމަށާއި، އަދި މާރުކޭޓުން މަސް ގަންނަން ލިބޭ އަގު ވެސް ބޮޑުވެފައިވާކަމަށް އަބްދުﷲ ފާހަގަ ކުރެއްވިއެވެ.

މުއިއްޒު މާލޭ ސިޓީގެ މޭޔަރަކަށް ވަޑައިގަނެ އެ މަނިކުފާނު އެންމެ ފުރަތަމަ ވެސް ކުރެއްވެވިކަމަކީ މާލޭގެ މަސްމާރުކޭޓު ބިޑަށް ހުޅުވާލުން. އެ ބިޑަށް ވަރަށް ގިނަ ފަރާތްތަކުން ލެއްވި. ނަމަވެސް އެންމެ އެކަށީގެންވާ މީހާ ނޫން އެހެން ބޭފުޅަކަށް މާރުކޭޓު ކުއްޔަށް ދެއްވީ. ދެން އޭގެ ތެރޭގަ އަޅުގަނޑު ފާހަގަ ކޮށްލަން، މާރުކޭޓު ކުއްޔަށް ދިނީ މިވަގުތު ޕީއެންސީގެ ރައީސެއްގެ ގޮތުގައި ހުންނެވި އަދުރޭގެ މަސްލަހަތު ހިމެނޭ ބޭފުޅަކަށް. އޭގެ ސަބަބުން މާލެ އާއި މާލެ އަތޮޅުގެ މަސްވެރިނަށް ވަރަށް ބޮޑު އަސަރެއް ކޮށްގެން މިދަނީ.

އަބްދުﷲ ރަޝީދު

އަދި މާލެ އަތޮޅުގެ މަސްވެރިން މަސްބާނައިގެން އައިސް ބަލާލާއިރު މާރުކޭޓުގައި މަސްވިއްކާނެ ޖާގަ ނޯންނަ ކަމަށާއި، މިކަމުގެ ސަބަބުން މަހުގެ އަގު މިހާރު އުޅެނީ 30ރ. އާއި 50ރ. އާއި ދެމެދުގެ އަގަކަށް ކަމަށާއި، ނަމަވެސް ސީދާ މަސްވެރިންނަށް މާރުކޭޓަށް ވަދެވޭނެނަމަ އެއަށް ވުރެން އަގުހެޔޮކޮށް މަސް ވިއްކޭނެ ކަމަސް ވެސް އަބްދުﷲ ފާހަގަ ކުރެއްވެވިއެވެ.

މަސްވެރިންނަށް މަސްމާރުކޭޓުން ޖާގަ ނުލިބޭ ސަބަބު ބަޔާން ކޮށްދެއްވަމުން އަބްދުﷲ ވިދާޅުވީ، މާރުކޭޓު ކުއްޔަށް ނަގާފައިވާ ފަރާތުން އަދި އެހެން ފަރާތަކަށް އެ ތަން ކުއްޔަށް ދީފައިވާ ކަމަށެވެ.

އެކަމަށް ޤާބިލް ނޫން އެހެން ބަޔަކާ އެތަން ހިންގަން ހަވާލުކުރީމަ، އެބޭފުޅުން އޭގެ އިތުރު މަންފާތަކެއް ހޯދަން އެތަން ކުއްޔަށް ދިނީމަ ނުވަތަ އެތަނުގަ މަސްވިކޭގޮތަށް ހެދީމަ، މަސްވެރިންނަށް ލިބޭ ދަތިކަން މީގަ ފާހަގަ ކުރަމުން މި ދަނީ.

އަބްދުﷲ ރަޝީދު

ކަން މިހެން އޮތުމުން، ޑރ. މުއިއްޒު މާލޭގެ ވެރިކަމަށް ވަޑައިގެން މި ކަންތައް ކުރެއްވި ގޮތަކީ ބަލައިގަނެވޭނެ ގޮތެއް ނޫންކަމާއި، މި ކަމުގައި އެންމެ ދެރަވަނީ އަބްދުﷲ ވެސް ޝާމިލްވާނޭހެން ކުރި މަސައްކަތުން މާލޭގެ މޭޔަރުކަމަށް ޑރ. މުއިއްޒު ހޮވުމުން، މިއަދު އެކަން ހަނދާންނެތިފައިވުމުން ކަމަށެވެ.

އަޅުގަނޑު އެންމެ ދެރަވާން ޖެހޭ ސަބަބަކީ، އަޅުގަނޑުމެން މާލޭ ރައްޔިތުންގެ ގޮތުގައި ތިބެ، މާލޭގެ މަސްވެރިންގެ ގޮތުގައި ތިބެ، އެމްޑީޕީގެ މެޖޯރިޓީ އޮތް ސަރުކާރެއްގައި އަޅުގަނޑުމެން ނިކުމެ އެ މަނިކުފާނަށް މޭޔަރުކަން ދެއްވީމައި، އަޅުގަނޑުމެންނާއި ދޭތެރޭ އެ މަނިކުފާނު އެހާ ބޮޑު އިހުމާލެއް މިވީ. އެމަނިކުފާނާއި އެކުގަ ދެން ކުރިޔަށް ދެވެން ނެތް ވާހަކަ މިދަންނަވަނީ.

އަބްދުﷲ ރަޝީދު

އެ ގޮތުން އަބްދުﷲ އަކީ ދުވަހަކު ވެސް އެމްޑީޕީއަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، އަދި އެފަދަ ގޮތަކަށް ވިސްނުން ބެހެއްޓި މީހެއް ނޫންކަމަށާއި، ނަމަވެސް މި ކަންކަން އިސްލާހު ނުވުމުން، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހު ދެވަނަ ދައުރަކަށް ގެނައުމަށް މަސައްކަތްކުރަން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން އެތައް މަސައްކަތެއް ކޮށްފިން މުއިއްޒުއާ ވާހަކަ ދައްކައިގެން މިކަން ހައްލު ކުރެވޭނެ ގޮތެއް ބެލުމަށް. އެންމެ ކުޑަ މިނުން އެބޭފުޅާއަށް އެޕޮއިންމެންޓެއް ވެސް ހަމަޖައްސާ ނުދިން، އަޅުގަނޑު އެތައް ފަހަރަކު ތަކުރާރުކޮށް އެމަނިކުފާނާ ބައްދަލު ކުރަން ދިއުމުން ވެސް. މިހިސާބަކަށް މިކަންކަން ދިއުމުން އަޅުގަނޑުމެން ބޭނުމެއް ނުވޭ މުއިއްޒުއަށް ތާއީދު ކުރާކަށް.

އަބްދުﷲ ރަޝީދު

އެހެންކަމުން ދެން އޮތް ގޮތަކީ ރައީސް ޞާލިޙްކަމަށާއި، އަބްދުﷲއާ ދިމާވި ވެރިންގެ ތެރެއިން އެ މަނިކުފާނަކީ އެންމެ ހިތްތިރި، އެންމެ ރަގަޅު އަދި އެންމެ އިހްލާސްތެރި ރައީސްކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ވަނީ މަސްވެރިންގެ ކަންތައްތައް ރަގަޅު ކުރުމަށް ވަރަށް އިޙްލާސްތެރި ވަޢުދުތަކެއް ވެފައި ކަމަށާއި، އެހެންކަމުން މާލޭގެ ހުރިހާ މަސައްވެރިން ވެސް ރައީސް ޞާލިޙްއަށް ތާއީދުކުރުމަށް އަބްދުﷲ ގޮވާލެއްވިއެވެ.

އަބްދުﷲ ރަޝީދު "ނޫން" އަށް ދެއްވި ޙާއްސަ އިންޓަވިއު

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.