Advertisement

03 Oct 2023
ޚަބަރު

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ ދެމިއޮތުމަށް މުއިއްޒު ގޮވާލައްވައިފި

ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އޮވެދިނުމަށް އިންތިޚާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އެދިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ރައްޔިތުންނަށް ޝުކުރު އަދާކުރެއްވުމަށް ރޭ ބޭއްވެވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ބޭއްވެވި މިބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ޑިމޮކްރަސީގެ ރީތި ހަމަތަކުގެ މަތިން އެމަނިކުފާނު އިންތިޚާބު ކާމިޔާބުކުރެއްވުމުން އެޕާޓީން ދެންނެވި މަރުހަބާއަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެމަނިކުފާނަށް ބައްދަލުކުރެއްވި ކުރެއްވުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށްފަހުވެސް ޑިމޮކްރަސީގެ ރީތި ހަމަތަކުގައި ހިއްޕެވުމަށް އެމްޑީޕީއަށް ވަނީ ގޮވާލައްވާފައެވެ.

"އަޅުގަނޑު އެދެނީ ރެސްޕޯންސިބަލް އޮޕަޒިޝަނެއްގެ ގޮތުގައި މަސައްކަތް ފެއްޓެވުމަށް ތިބޭފުޅުން ހަމަ ތައްޔާރުވާށޭ. އެއީ އަޅުގަނޑު މަރުހަބާ ކިޔާ ކަމެކޭ. ސަރުކާރަކަށް ޑިމޮކްރަސީއެއްގެ ބޭނުންވާނެ ރެސްޕޯންސިބަލް އޮޕަޒިޝަނެއް އޮންނަން. ރެސްޕޯންސިބަލް އޮޕަޒިޝަނަކުން ސަރުކާރަކުން ކުރާ ކަންކަމަށް ފާޑު ކިޔާނެ. އަދި އެއަށްވުރެ ރަނގަޅު ސިޔާސަތުތައް ރައްޔިތުންނަށް ގެނެސްދޭނެ. އެހެންނަމަވެސް ޤައުމަށް މުހިންމު ކަންކަމުގައި ޤައުމަށް ބޮޑުވެގެން އަންނަ ކޮންމެ ކަމެއްގައި ރެސްޕޯންސިބަލް އޮޕަޒިޝަނަކުން އެއްގަލަކަށް އަރާނެ". ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ޑިޕްލޮމަސީގެ ރީތި އުސޫލުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ރާއްޖެއިން ފޮނުވާލައްވާނެ ކަމަށް ވިދާޅުވެފައެވެ. ދިވެހި ޤައުމުގެ ސިޔާސަތުތަކަށް ޤައުމުތަކުން ބޯލަނބާނަމަ އެޤައުމުތަކާއެކު ގާތްގުޅުމެއް ބާއްވަވާނެ ކަމަށް ވިދާޅުވަމުން ޑރ.މުޢިއްޒު ވިދާޅުވީ، އޮންނަ ހަމަތަކުގެ ތެރެއިން ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ ސިފައިން ފޮނުވާލައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑު އިސްކުރާނީ، ދިވެހި ޤައުމުގެ މަސްލަޙަތު ޙިމާޔަތްކުރެވޭ ސިޔާސަތު. އަޅުގަނޑުމެންގެ ޚާރިޖީ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތު. ޕްރޯ މޯލްޑިވްސް ސިޔާސަތަށް ތަބާވާ ހުރިހާ ޤައުމަކީ އަޅުގަނޑުމެންނާ ގާތްރަޙުމަތްތެރިކަން އޮންނާނެ ޤައުމުތަކެއްކަމަށް އަޅުގަނޑު ދަންނަވަން. މިޤައުމުގަ ތިބި ބޭރު ސިފައިން އިރާދަކުރެއްވިއްޔާ މިޤައުމުން އޮންނަ ހަމަތަކުގެ ތެރެއިން ފޮނުވާލާނަން." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔެއެއްގައި އެއްވެސް ޤައުމެއްގައި އެހެން ޤައުމެއްގެ ސިފައިން ތިބެން އެޤައުމަކުން ނޭދޭނަމަ އެނިންމުމަށް އެޤައުމަކުން އިހުތިރާމު ކުރާނެ ކަމަށެވެ. އެގޮތުގެ މަތިން ބޭރުގެ ސިފައިން ތިބެން ދިވެހީން ބޭނުންނުވާ ނަމަ، އެ ސިފައިން ވެސް ރާއްޖޭގައި ގާއިމުވެ ތިބެން ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށް އިޙްތިރާމްކުރާ ޤައުމުތަކާއެކު ވަރަށް ގާތްގުޅުމެއް އޮންނާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.