ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
17 Dec 2023
ޚަބަރު
ރަމަޟާން މަހުގެ ފަހު 10 އާއި އެކު އަންނަ އަހަރުގެ މާރިޗު 29 އިން އޭޕްރީލް 13 އަށް ސަރުކާރު ބަންދު
ކަލަންޑަރުގައިވާ ގޮތުން މިއަންނަ ރަމަޟާން މަހުގެ ފަހު ދިހައެއް ފެށޭނީ މާރިޗު 31ވާ އާދިއްތަ ދުވަހުގައެވެ. އެހެންކަމުން މިނިންމެވުމާއި އެކު މާރިޗުމަހުގެ 29 އިން އޭޕްރީލް މަހުގެ 13 ވަނަ ދުވަހާއި ހަމައަށް ހަފްތާ ބަންދާއެކު ސޯޅަދުވަސް ސަރުކާރު ބަންދުވާނެއެވެ.
17 Dec 2023
ޚަބަރު
އެސްއީޒެޑްގައި އިންވެސްޓް ކުރެވޭ އެންމެ ދަށް އަގަކީ 100 މިލިއަން ޑޮލަރުކަމަށް ކަނޑައަޅައިފި
ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގައި އިންވެސްޓް ކުރެވޭނެ އެންމެ ކުޑަ އަދަދަކީ 100 މިލިއަން ޑޮލަރުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ސޮއިކުރައްވައި މިއަދު ރައީސް އޮފީހުން ނެރުއްވި ޤަރާރެއްގައި ވަނީ މިގޮތައް ބަދަލުކުރައްވާފައެވެ.
17 Dec 2023
ޚަބަރު
ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުުވުމަށް ވީ ވަޢުދަށް ވަފާތެރިވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އެމަނިކުފާނުގެ ސަރުކާރުން ވީ ވަޢުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވަފާތެރިވަމުންކަމަށެވެ. ޝަރުޢީ ދާއިރާއާއި ގުޅޭ ގޮތުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނުގެ ސަރުކާރަށް މިވީ އެއްމަސްދުވަހުގެ ތެރޭގައި، ޝަރުޢީދާއިރާ އިސްލާޙް ކުރުމާއި ގުޅޭ ގޮތުން އަދި ސިޔާސީ ނުފޫޒުން ޝަރުޢީދާއިރާ މިނިވަން ކުރުމާއި ގުޅޭ ގޮތުން ކުރެއްވި އެއްވެސް މަސައްކަތެއް ހާމަކުރައްވާފައެއް ނުވެއެވެ.
17 Dec 2023
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ މަޤާމުން އަޒުލްކުރެވޭ ގޮތަށް މަޖިލީހުގެ ޤަވާއިދަށް ގެންނަން އުޅޭ އިސްލާހަށް ރައިސް ޑރ. މުއިއްޒު ނުސީދާ ރައްދެއް ދެއްވައިފި
އިދިކޮޅު ފަރާތްތަކުން، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސް، ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނާއިބު މަޤާމުން ވަކިކުރުވުމުގެ އިޖުރާއަތްތައް އަވަސްކޮށް ފަސޭހަ ކުރުމަށް މަސައްކަތް ކުރަމުންދާ މިދަނޑިވަޅުގައި، އެކަމަށް ރައްދު ދެއްވާ މޭރުމަކުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
17 Dec 2023
ރައްޔިތުންގެ މަޖިލިސް
ސަރުކާރަށް މަހެއް، ރައީސާއި ނައިބުރައީސް އަަޒުލްކޮށްފާނެ ކަމުގެ އަޑު ގަދަވަނީ!
ރިޔާސީ އިންތިޚާބުގެ މާކުރިންވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންފިނަމަ މަޖިލީހުގެ ތެރެއިން އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ޚިޔާލު އެންމެ ފުރަތަމަ ފާޅުކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. އެމްޑީޕީއަށް ވެރިކަން ގެއްލުވާލުމަށް ނުކުތް ރައީސް ނަޝީދަށް ވަފާތެރި މެމްބަރުންގެ ތެރޭގައި ހިމެނޭ، އަދި ރައީސް ނަޝީދަށްޓަކައި އުފެއްދި ދަ ޑިމޮކްރެޓްސްގެ މެމްބަރު ޢަލީ އާޒިމް ވިދާޅުވަމުން ގެންދެވީ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށް ރިޔާސީ އިންތިޚާބު ނާކާމިޔާބު ކޮށްލުމަށްފަހުގައި، ޑރ. މުއިއްޒު ވެރިކަމަށް އައުމުން އެވެރިކަން ނިމުމަކަށް ގެނައުމަކީ ކަންކުރަންވީ ގޮތް ކަމަށެވެ. އޭރު އެބޭފުޅުން މަސައްކަތް ކުރައްވަމުން ގެންދެވީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށެވެ.
15 Dec 2023
ޚަބަރު
ރައީސާއި ނައިބު ރައީސް މަޤާމުން އަޒުލު ކުރުން ފަސޭހަކޮށް މަޖިލީހުގެ ޤަވާއިދު ބަދަލުކޮށް ކޮމިޓީން ފާސްކޮށްފި
އާއްމު ކޮމިޓީން ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ، 41 ވަނަ ބާބުގައި ބަޔާންކޮށްފައިވާ މާއްދާތަކަށެވެ. މިގޮތުން މައިގަނޑުގޮތެއްގައި ގެނެސްފައިވާ ބަދަލުތަކަކީ ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ނައިބު މަޤާމުން ވަކިކުރުމާއި ގުޅޭ އިޖުރާއަތްތައް ހިންގުމަށް ކަނޑައަޅާފައިވާ މުއްދަތު ކުރުކުރުމެވެ. އަދި މަޖިލީހުން އެފަދަ ވޯޓެއް ނަގާއިރު، މެމްބަރުންގެ އަދަދާއި ފާސްވުމަށް ބޭނުންވާ އަދަދާއި އަޣުލަބިއްޔަތު ކަނޑައެޅުމުގައި އެވަގުތަކު މަޖިލީހުގައި މެމްބަރުން ތިއްބެވި ޢަދަދުގެ މައްޗަށް ކަންކަން ތަރުތީބު ކުރުންވެސް ހިމެނެއެވެ.
14 Dec 2023
ޚަބަރު
ކުރީ ސަރުކާރުގެ ދައުރު ތެރޭގައި މާފުނުކޮށް ހުރި ޓްރެފިކް ޖޫރިމަނާ މިސަރުކާރުން މަޢާފްކޮށްދީފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢާފްކޮށްދެއްވާފައި ވަނީ، ސެޕްޓެމްބަރު މަހުގެ 5 އިން ފެށިގެން، ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް ކަމަށެވެ. އަދި މަޢާފްކުރި، ޖޫރިމަނާ ފައިސާގެ އަދަދަކީ، 2.8 މިލިޔަން ރުފިޔާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
14 Dec 2023
ޚަބަރު
ރައީސްގެ ފުރަތަމަ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.
13 Dec 2023
ޚަބަރު
ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި އިތުރު 13 ބޭފުޅުން ޢައްޔަނުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ސްޓޭޓް މިނިސްޓަރުން އައްޔަނުކުރައްވާފައި ވަނީ، 10 މިނިސްޓްރީއަކަށެެވެ. އޭގެ ތެރޭގައި ހިމެނެނީ، ހެލްތު މިނިސްޓްރީއަށް އައްޔަނު ކުރެއްވި ދެ ސްޓޭޓް މިނިސްޓަރުންނާއި، ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީއަށް އަައްޔަނު ކުރެއްވި 3 ސްޓޭޓް މިނިސްޓަރުންނާއި، ފޮރިން މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީއާއި އެޑިޔުކޭޝަން މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި ލޯކަލް ގަވަރމެންޓް މިނިސްޓްރީ އާއި މިއިން ކޮންމެ މިނިސްޓްރީއަކަށް އައްޔަނުކުރެއްވި އެއް ސްޓޭޓް މިނިސްޓަރުންނެވެ.
13 Dec 2023
ޚަބަރު
ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަލުކުރެއްވުމަށް އުރީދޫ ގުރޫޕާއިއެކު މަޝްވަރާކުރައްވައިފި
މިބައްދަލުކުރެއްވުމުގައި، ސަރުކާރާއި ގުޅިގެން ކުރިޔަށް ގެންދޭނެ ކަންކަމުގެ އިތުރުން، އުރީދޫ ގްރޫޕުގެ ސީ.އެސް.އާރުގެ ދަށުން ރާއްޖޭގައި ކުރިއަށްގެންދެވޭ މަސައްކަތްތަކުގެ މައްޗަށް އުރީދޫ ގްރޫޕްގެ ޑެޕިއުޓީ ސީ.އީ.އޯގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.
13 Dec 2023
ޚަބަރު
ފުށިދިއްގަރުފަޅު ގުޅީ ކައުންސިލްގެ އިޙްތިޞާސްގެ ތެރެއިން ވަކިކޮށްފި
މާލެއަތޮޅު ގުޅީގެ އިދާރީ އިހްތިޞާސްގެ ތެރެއިން ފުށިދިއްގަރު ފަޅު ވަކިކުރެއްވި އިރު އެފަޅަކީ ގުޅިއޮންނަ ފަޅާއި ވަކިން އޮންނަ ފަޅެކެވެ. އަދި ގުޅީގެ އިހްތިޞާސްގެ ތެރޭގައި ހިމަނާފައި ކުރިން އޮތިީ އެފަޅުގެ ދެކުނު ބިތުގެ ބައެކެވެ.
11 Dec 2023
ޚަބަރު
އެންދިރުވުމާއި ގުޅޭ ޕްރޮގްރާމެއް ފަށާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެން ދިރުވައި، ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި، އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފަށާފައި ކަމަށެވެ. އޭގެތެރޭގައި، ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑުއަތޮޅުގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް މިހާރު ވަނީ ފަށާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
10 Dec 2023
ޚަބަރު
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުކުރެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއުލާނު ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަ ކުރެއްވީ ދިވެހިރާއްޖޭގެ 43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ބޭއްވި ޚާއްޞަ ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
10 Dec 2023
ޚަބަރު
ތެލަސީމީއަށް ޚާއްސަ ހޮސްޕިޓަލެއް އެޅުމަށް ނިންމައިފި
މިގޮތަށް ނިންމާފައި ވަނީ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގައި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ. ވަޒީރުންގެ މަޖިލީހުގެ ލަަފަޔާއި އެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ތެލަސީމިއާގެ ފަރުވާތަކަށް އާސަންދަ ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވައި، ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މިދައުރުގެ ތެރޭގައި 5 ކުއްޖަކަށް ފުރުޞަތު ދެއްވުމަށް ނިންމަވާފައެވެ.
10 Dec 2023
ޚަބަރު
މަސްވެރިންނަށް ވަޢުދުވީ ވަޢުދު ފުއްދާނެ ގޮތް ހޯދައިގެން: ރައީސް
މަސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ މަސްވެރިކަން ވަރަށް ކުރިއަށް ގެންދެވުމަށް ކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން ޖާގަ ލިބޭ އެންމެ ބޮޑު ސަރަޙައްދަކަށް މަސްވެރިކަން ފުޅާކުރެއްވުމާ، މަސްވެރިކަމުގެ ނަފާ އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ފެކްޓްރީތަކާއި ކޯލްޑް ސްޓޯރޭޖް ފަދަ ވަޞީލަތްތައް ގިނަ ކުރެއްވުމާ، މަހުގެ އުފެއްދުންތައް އިތުރުކުރެއްވުމަށް ސަރުކާރުން އިސްކަން ދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
09 Dec 2023
ޚަބަރު
މަސްވެރިންގެ ގުންޒަރުގެ ބައިވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ވަނީ، މަސްވެރިންގެ ގުންޒަރުގައި ބައިވެރިވި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަކު ކުރައްވައި، މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް މިސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވައި، އަދި މަސްވެރިންގެ ގުންޒަރުގެ ބައިވެރީން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.