Advertisement

ރައީސް ޑރ. މުއިއްޒު ޤާސިމާއި ބައްދަލުކުރެއްވުން ---

20 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުއިއްޒު، ޖޭޕީގެ ލީޑަރު ޤާސިމްއިބްރާހީމާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް ޑރ. މުއިއްޒު މިއަދު ޤާސިމް އިބްރާހީމާއި ބައްދަލުކުރެއްވިކަން ހާމަކުރެއްވުން ފިޔަވައި، އެބައްދަލުވުމާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަދި އިތުރުމައުލޫމާތެއް ހާމައެއް ނުކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުޢިއްޒު ޤާސިމާއި ބައްދަލުކުރެއްވި އިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ޤަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި އިސްލާޙް ތަކަކީ ޤާނޫނު އަސާސީއާ ޚިލާފު އިސްލާޙްތަކެއް ކަމަށް ބުނެ މަޖިލީހުގެ ތަޅުމުގައި ޤާސިމް އަޑުގަދަ ކުރެއްވި އެވެ. އެއިސްލާޙްގެ ސަބަބުން މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ފާސްކުރުމަށް އެމްޑީޕީއަށް ވޯޓު ހަމަވެއެވެ. 

މީގެ އިތުރުން މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި، ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލަ އަވަސްކުރުމަށްވެސް ޤާސިމް ގޮވާލެއްވިއެވެ.

މަޖިލީހުގެ ތެރޭގައި މިސަރުކާރަށް އެއްވެސް ބާރެއް ނެތްއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ޕީއެންސީއާ ޖޭޕީން ގުޅިގެން ވާދަކުރުމާއި ގުޅޭ ގޮތުން ދެޕާޓީގެ އިސްވެރިންގެ މެދުގައި މީގެ ކުރިން މަޝްވަރާތަކެއްވެސް ވަނީކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.