Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

17 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުުވުމަށް ވީ ވަޢުދަށް ވަފާތެރިވަމުން އަންނަ ކަމުގައި ރައީސް ވިދާޅުވެއްޖެ

ޝަރުޢީ ދާއިރާއަށް ނުފޫޒު ނުފޯރުވުމަށް ވީ ވަޢުދަށް ވަފާތެރިވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ފާހަގަކުރި ދިވެހިރާއްޖޭގެ ހުރަވީ ދުވަހުގެ މުނާޞަބަތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވުން މުޅިން ހުއްޓާލުމަށް އެމަނިކުފާނުގެ ސަރުކާރުން ވީ ވަޢުދަށް ވެސް ފުރަތަމަ ދުވަހުން ފެށިގެން އަންނަނީ ވަފާތެރިވަމުންކަމަށެވެ. ޝަރުޢީ ދާއިރާއާއި ގުޅޭ ގޮތުން އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، އެމަނިކުފާނުގެ ސަރުކާރަށް މިވީ އެއްމަސްދުވަހުގެ ތެރޭގައި، ޝަރުޢީދާއިރާ އިސްލާޙް ކުރުމާއި ގުޅޭ ގޮތުން އަދި ސިޔާސީ ނުފޫޒުން ޝަރުޢީދާއިރާ މިނިވަން ކުރުމާއި ގުޅޭ ގޮތުން ކުރެއްވި އެއްވެސް މަސައްކަތެއް ހާމަކުރައްވާފައެއް ނުވެއެވެ.

ޝަރުޢީދާއިރާއަށް ސިޔާސީ ނުފޫޒު ފޯރާކަމަށް ރައްޔިތުންނާއި ސިޔާސީ ފަރާތްތަކުން ކުރާ އެންމެ ބޮޑު ތުޙުމަތަކީ ފަނޑިޔާރުންގެ ކަންކަން ބަލަން އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ސިޔާސީ ބޭފުޅުން ތިއްބެވުމެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ޖޭއެސްސީއަށް ޢައްޔަނުކުރައްވާ މެމްބަރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެސް ވެރިކަަމަށް ވަޑައިގެންނެވި ގޮތަށް ވަނީ ބަދަލު ކުރައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ އެންމެ މުހިއްމު ވަޢުދަކީ، ރައީސް ޔާމީނު ވެރިކަމުގެ ފުރަތަމަ ދުވަހުގައި މިިނިވަން ކުރެއްވުމެވެ. އެހެން ނަމަވެސް މިހާތަނަށްވެސް ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭ ގޮތުން ސަރުކާރުން ކުރި މަސައްކަތެއް ހާމަކޮށްފައި ނުވާއިރު، ރައީސް ޔާމީނަށް ކުރީ ސަރުކާރުން ދެއްވި ލުޔެއް މެނުވީ އިތުރު ލުޔެއް ލިބިފައި ނުވާކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.