Advertisement

މާލޭގެ މަގުމަތި ----

14 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ކުރީ ސަރުކާރުގެ ދައުރު ތެރޭގައި މާފުނުކޮށް ހުރި ޓްރެފިކް ޖޫރިމަނާ މިސަރުކާރުން މަޢާފްކޮށްދީފި

ރިޔާސީ އިންތިޚާބުގެ ދުވަސްވަރުން ފެށިގެން ކުރީ ސަރުކާރުގެ ދައުރު ނިމުނު ދުވަހާއި ހަމައަށް ކޮށްފައިވާ ހުރިހާ ޕާކިން ޖޫރިމަނާތަކެއް ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު މަޢާފްކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޢާފްކޮށްދެއްވާފައި ވަނީ، ސެޕްޓެމްބަރު މަހުގެ 5 އިން ފެށިގެން، ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް ކަމަށެވެ. އަދި މަޢާފްކުރި، ޖޫރިމަނާ ފައިސާގެ އަދަދަކީ، 2.8 މިލިޔަން ރުފިޔާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން ކުރީ ސަރުކާރުގެ އެންމެ ފަހު ދެމަސްދުވަހުގައި ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް މަޢާފްކޮށްދެއްވި އިރު، މަޤާމަށް އިންތިޚާބުވެވަޑައިގެންފިނަމަ، ހުރިހާ ޓްރެފިކް ޖޫރިމަނާތަކެއް މަޢާފްކޮށްދެއްވާނެ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ރިޔާސީއިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، 17 ނޮވެމްބަރު 2018އިން ފެށިގެން 5 ސެޕްޓެމްބަރު 2023 އާއި ދެމެދުގައި ކޮށްފައިވާ ޓްރެފިކް ޖޫރިމަނާތައް މަޢާފްކޮށްދެއްވާފައެވެ. އެހެންނަމަވެސް އެފަހަރު ޓްރެފިކް ޖޫރިމަނާތައް މަޢާފްކުރައްވާފައި ވަނީ، ޓްރެފިކް ޖޫރިމަނާ މަޢާފްކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރައީސް ޔާމީނުވެސް ވަނީ އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރޭގައިކޮށްފައިވާ ހުރިހާ ޓްރެފިކް ޖޫރިމަނާތަކެއް މަޢާފްކޮށްދެއްވައި، ސަރުކާރުން  ލައިސަންސް ދިނުމަށް އެއްލަކިންގެ ނަމުގައި ޕްރޮގްރާމެއް ހިންގަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.