Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

20 Dec 2023
ޚަބަރު

މޮރިޝަސްއަށް ކުރީގެ ރައީސް ފޮނުއްވި ސިޓީ ހާމަކުރުމުން، ކެމްޕޭނު ތެރޭގައި މިސަރުކާރުގެ ވެރިން ހެދީ ދޮގުތަކެއްކަން ހާމަވެއްޖެ

ރާއްޖެއާ މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާބައި ބެހުމުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ސިއްރު ޑީލެއް ހަދައިގެން ކަނޑުބައެއް މޮރިޝަސްއަށް ވިއްކާލިކަމަށް ބުނެ، ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ތެރޭގައި، މިހާރު މިސަރުކާރުގެ އިސްފަރާތްތަކުން ދެއްކި ވާހަކަތަކަކީ ދޮގުވާހަކަތަކެއްކަން، މޮރިޝަސްގެ ސިޓީ ރަސްމީކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރުމުން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މޮރިޝަސްގެ މައްސަލައާ ގުޅޭ ގޮތުން މޮރިޝަސްގެ ބޮޑުވަޒީރަށް، ފޮނުއްވި ސިޓީފުޅު ހާމަކުރުމަށް މިހާރު މިސަރުކާރަގައި ތިބި ފަރާތްތަކުން ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައި ގޮވާލަމުން ދިޔައެވެ. އަދި ރައީސް ޞާލިޙްގެ ސަރުކާރުން މޮރިޝަސްއަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ވިއްކާލީ ކަމުގައި ބުނެ، އެމައްސަލައާގުޅުވައިގެން އާއްމު ތަންތާނގައި ކުރީގެ ސަރުކާރުގެ އިސްވެރިންނަށް ރިޝްވަތާއި ފަސާދައިގެ ތުހުމަތުތައް ކުރައްވައި ވާހަކަފުޅުދެއްކެވި ބޭފުޅުންގެ ތެރޭގައި މިހާރުގެ ފިޝަރީޒް މިނިސްޓަރ އަހްމަދު ޝިޔާމްވެސް ހިމެނިވަޑައިގަންނަވައެވެ. އެދުވަސްވަރު، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު ސޯޝަލްމީޑިއާއަށް ކޮންމެވެސް ފަރާތަކުން ލީކުކޮށްލުމުން އެއީ ހަދާފައިވާ ފޭކްސިޓީއެއް ކަމަށްވެސް އޭރު އެބޭފުޅުން ވިދާޅުވަމުން ގެންދެވި ނަމަވެސް އިއްޔެ އާއްމުކުރި ސިޓީއާ ލީކުވި ސިޓީއަކީވެސް އެއްސިޓީއެއްކަން މިހާރު ވަނީ ސާބިތުވެފައެވެ.

މޮރިޝަސްއަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ފޮނުއްވި ސިޓީފުޅު އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރި އިރު އެސިޓީގައި، ކެމްޕޭނުގެ ތެރޭގައި މިސަރުކާރުގެ އިސްވެރިން ތުހުމަތުކުރި އެއްވެސް ކަމެއްގެ ވާހަކައެއް ނެތެވެ.

މީގެ އިތުރުން އެސިޓީ ހާމަކޮށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ނޫސް ބަޔާނުގައި، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖެއިން މޮރިޝަސްއަށް މި ސިޓީ ފޮނުވާފައިވަނީ ވަކި ކަންކަމަކާ ގުޅުވައިގެން އެއްބަސްވެގެންކަން ދޭހަވީ ކަމުގައިވީނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނޭ ލިޔެކިޔުމެއް އަދި އަމަލީގޮތުން އެކަން ތަންފީޒުވީކަން އެނގޭނޭ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިޔުމެއް މިހާތަނަށް ބެލި ބެލުމުން ފެންނާން ނެތްކަމުގައި ވަނީ ބުނެފައެވެ.

ސަރުކާރުގެ މިބަޔާނުގައި ހުރި ވާހަކަތަކަށް ރައްދުދެއްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ އަންޑަރސެކްރެޓަރީ ލީގަލް އެފެއާޒް އަހުމަދު މައުރޫފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޮރިޝަސްގެ މައްސަލައިގައި ދެސަރުކާރުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީއާ އެމައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތައް އެއްފައިލެއްގައި ހުންނާނެ ކަމަށެވެ.

އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ ނެރުނު ބަޔާނުގެ ކުރީ ޕެރެގްރާފްތަކުގައި ލިޔުއްވާފައިވާ ވާހަކަތަކުން އެކަމާއި ގުޅޭ ލިޔެކިޔުންތައް ހުރިކަމާއި އެލިޔުންތައް ބަންޑާރަ ނައިބުގެ އޮފީހާއި ހިއްސާކުރައްވާފައިވާކަންވެސް އެނގެއެވެ.

"މި މައްސަލައާ ގުޅިގެން މިހާތަނަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙުގެ ފަރާތްޕުޅުން މޮރިޝަސް ގެ ބޮޑުވަޒީރަށް 22 އޮގަސްޓް 2022 ގައި ފޮނުއްވާފައިވާ ސިޓީގެ ކޮޕީ ވެސް މިހާރު ވާނީ ބަންޑާރަނައިބު އޮފީހާ ހިއްސާކޮށްފައެވެ. މި ސިޓީގެ ކޮޕީއެއް މި ނޫސްބަޔާނާއެކު އެވަނީ ހިމަނާފައެވެ."

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާން

މިސަރުކާރުން ބުނަމުން އަންނަނީ، ދިވެހިރާއްޖޭގެ އެސްކްލޫސިވް އިކޮނޮމިކް ޒޯންގެ ދެކުނުން ފޯޅަވައްސާ ފުށުއަރާކަމަށްބުނެ އިންޓަރނޭޝަނަލް ޓްރައިބިއުނަލް އޮން ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާ ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ސަރުކާރަށް ފެންނަ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.