Advertisement

ފޮޓޯ: ރައީސް އޮފީސް

14 Dec 2023
ޚަބަރު

ރައީސްގެ ފުރަތަމަ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް 3.4 މިލިއަން ރުފިޔާ ހަރަދުވެފައިވާކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މިއީ ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. ރައީސްގެ މި ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގަތުމަށްފަހު ތުރުކީން ވަޑައިގަތީ ދުބާއީއަށެވެ. އެއީ ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. 

ރައީސް އޮފީހުން ހާމަކުރެއްވި ގޮތުން މި ދަތުރުފުޅުތަކަށް ދައުލަތުން ހަރަދުކުރީ 3.4 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ވަނީ ބުނެފައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި، 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދިނަސް، ދުބާއީ ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށެވެ. އެހެންކަމުން ދުބާއީ ދަތުރުފުޅުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000 ރުފިޔާ ދައުލަތުން ހަރަދުކުރި ކަމަށެވެ. 

ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ހަރަދު ދަތުރުފުޅު ނިންމަވާތާ 15 ދުވަހުގެ ތެރޭގައި ހާމަކުރައްވާނެކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.