Advertisement

ހުވާކުރުމުގެ ދަރުބާރު ބޭއްވުމުގެ ތައްޔާރީ ތަކުގެ ތެރެއިން ---

17 Nov 2023
ޚަބަރު

ޑރ. މުއިއްޒު ހުވާކުރެއްވުމުގައި ރަސްމިއްޔާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ ނައިބު ހުސައިން މުޙައްމަދު ލަޠީފް މަޤާމުގެ ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެވަޑައި ނުގަންނަވާނެ ކަމުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުން ވިދާޅުވެއްޖެއެވެ. 

އިންތިޚާބީ ރައީސާއި އެމަނިކުފާނުގެ ނައިބު ހުވާކުރެއްވުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޖަލްސާ އޮންނާނީ، މިއަދު ހަވީރު، 4:45ގައި ޖުމްހޫރީ މައިދާނުގައެވެ.

ރައީސްޔާމީނުގެ ވަކީލުންގެ ޓިމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހާމަކުރައްވާފައިވާ ގޮތުގައި، ރައީސް ޔާމީނު، ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގަންނަވަނީ، އެމަނިކުފާނު ތަންފީޒްކުރައްވަމުން ގެންދަވާ ޖިނާއީޙުކުމުން ސަލާމަތްވެފައި ނުވާތީ ކަމަށެވެ. ރިޔާސީ އިންތިޚާބު ޑރ. މުއިއްޒު ކާމިޔާބު ކުރެއްވީ، ރައީސް ޔާމީންގެ ސަޕޯޓަރުންގެ ތާޢީދު ހޯއްދަވައިގެންނެވެ. ރައީސް ޔާމީން މިނިވަންކޮށްދެއްވުމަކީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޕީޕިއެމް ޕީއެންސީގެ ސަޕޯޓަރުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދެކެވެ. އެ ވަޢުދާއި އެއްގޮތަށް ރައީސް ޔާމީން މިނިވަންވެފައި ނުވާތީ، އެކަމުގެ ކަންބޮޑުވުން ސަޕޯޓަރުން ގެންދަނީ ފާޅުކުރަމުންނެވެ.

އިންތިޚާބީ، ރައީސް، ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ޖަލްސާއަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގަންނަވާނެ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ. އަދި މިޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި، ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ހަސަން މަނިކާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.

2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ހުވާކުރެއްވި ދަރުބާރަށް، ދިވެހިރާއްޖޭގައި ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި، އަދި ދުނިޔޭގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް ޔާމީން ފިޔަވައި ހުރިހާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިފަހަރުވެސް ރައީސް ޔާމީން ފިޔަވައި ކުރީގެ ހުރިހާ ރައީސުން މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމުގައި މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.