Advertisement

ފޮޓޯ: މާލޭ ސިޓީ ކައުންސިލް

17 Nov 2023
ޚަބަރު

އިންތިހާބީ ރައީސް މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފި

ރާއްޖޭގެ އިންތިހާބީ ރައީސުލް ޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުއިއްޒު މާލޭގެ މޭޔަރުކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މިކަން ހިއްސާ ކުރެއްވުމުގެ ގޮތުން އެ މަނިކުފާނު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ޔަޤީންކަން ދެއްވީ، މާލޭ ސިޓީގެ މޭޔަރުކަމުން އެ މަނިކުފާނު ވަކިވި ނަމަވެސް، މާލޭގެ ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމުގައި ދެމިހުންނާނެކަމެވެ

މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އެންމެހާ ކައުންސިލަރުންނާއި، ވެރިންނާއި، މުވައްޒަފުން އެ މަނިކުފާނަށް ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށާއި، ކުރެއްވި ބުރަ މަސައްކަތްޕުޅަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި މާލެ ސިޓީގެ ރައްޔިތުން ޑރ. މުއިއްޒު މޭޔަރ ކަމަށް ހޮވުމަށް ކުރެއްވެއްވި ތާޢީދަށާއި، މޭޔަރ ކަމުގައި ޚިދުމަތް ކުރުމުގައި ދެއްވި ތާޢީދާއި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާފައިވެއެވެ.

މޭޔަރުކަމުގެ މަޤާމުން އިސްތިއުފާ ދެއްވިކަން އެންގެވުމަށް ޑރ. މުއިއްޒު ކުރެއްވެވި ޕޯސްޓް

ޑރ. މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު 16:30 ގައި ޖުމްހޫރީ މައިދާނުގައެވެ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.