Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

07 Oct 2023
ޚަބަރު

އިންތިހާބީ ރައީސްގެ ފުރަތަމަ ދަތުރު އެންމެ ބޮޑު އަގުލަބިއްޔަތެެއް ލިބުނު ތ.ގުރައިދޫއަށް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ރަށަކީ ތ. ގުރައިދޫ ކަން އިއުލާނުކުރައްވައިފިއެވެ.

އަމިއްލަ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ޑރ.މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ޒިޔާރަތް ކުރެއްވި ރަށްތަކުން އެދެމުން ދިޔައީ އެ ރަށްތަކަށް އަލުން ވަޑައިގަތުމަށް ކަމަށެވެ. އެހެންވެ، ޕާޓީގެ ލީޑަޝިޕުގައި މަޝްވަރާކޮށް ނިންމީ، އިންތިހާބަށް ފަހު އެންމެ ފުރަތަމަ ޒިޔާރަތް ކުރާނީ، އެންމެ މަތީ ޕަސެންޓޭޖަކުން ވޯޓު ލިބޭ ރަށަކަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ދެވަނަ ބުރުގައި ޑރ.މުއިއްޒަށް އެންމެ މަތީ ޕަސެންޓަކުން ވޯޓު ލިބިފައި ވަނީ ތ. ގުރައިދޫންނެވެ. އެހެންކަމުން އިންތިހާބުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫއަށްކަން މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

ތ. ގުރައިދޫގައި 2 ވޯޓު ފޮށި ހުރިއިރު 2 ފޮށިންވެސް ކުރި ހޯދެއްވީ މުއިއްޒުއެވެ. އެއީ %75.6 އާއި %72.4 ހޯދަވައިގެންނެވެ.

"އަޅުގަނޑުމެން މަސައްކަތް ފަށައިގަނެ ބައެއް ކަންކަން ސަރުކާރުގެ ތެރޭގައި ވެސް ހަމަޖައްސަން ހުންނާނެ. އެހެން ނަމަވެސް ވަރަށް އަވަހަށް، މާގިނަ ދުވަހެއް ނުވާނެ [ގުރައިދޫ އަށް ދާން]،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި މުއިއްޒު 54 ޕަސެންޓު ވޯޓު ހޯއްދެވިއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 46 ޕަސެންޓެވެ.

މިހާރު ކުރެވެމުންދާ މަސައްކަތަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.