Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --

10 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތީ ކުންފުނިތަކަށް ސަރުކާރުން ފައިސާ ނުދެވިގެން ކަމުަގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

އަތޮޅުތެރޭގެ ތަރައްޤީގެ މަޝްރޫއުތައް ހުއްޓިފައި އޮތީ, މަޝްރޫޢުތައް ހިންގަމުންދާ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ސަރުކާރަށް ފައިސާ ނުދެވިގެން ކަމުަގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ފާދިއްޕޮޅިގެ ރަށްރަށަށް އިއްޔެ އެމަނިކުފާނު ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ޅ. ހިންނަވަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ހިންނަވަރުގައި ހިނގަމުން ދިޔަ ހައުސިންގަ މަޝްރޫއުގެ މަސައްކަތްތައްވެސް މަޑު ޖެހިފައި އޮތީ، އެމަޝްރޫޢު ކުރިޔަށް ގެންދާ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދެވި އޮވެގެން ކަމަށެވެ. މިގޮތުން ސަރުކާރުން ވަރަށް ގިނަ ކުންފުނިތަކަށާއި އަމިއްލަ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ އެބަހުރި ކަމަށާއި އެފައިސާގެ އަދަދު 9 ބިލިއަނަށް އަރާކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއެވެ.

"މި ރަށުގައިވެސް ހައުސިންގ މަޝްރޫޢު ހުއްޓިފައި އޮތީ، ބިލުތައް ގިނަކަމުން. ހައުސިންގ މިނިސްޓްރީން، ފިނޭންސް މިނިސްޓްރީއާ ވާހަކަ ދައްކައިގެން، ޕޭމަންޓްސްތައް ހަދަން އެބަ ވަރަށް މަސައްކަތް ކުރޭ. ވަރަށް އަވަހަށް މަޝްރޫޢު އަލުން ރީ-ސްޓާޓް ވާނެ."

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން ފަށާފައިވާ ހައުސިންގ މަޝްރޫޢު އަލުން ކުރިޔަށް ގެންދިޔުމުގެ އިތުރުން މިސަރުކާރުންވެސް ހިންނަވަރުގައި ހައުސިންގ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެ ކަމަށެވެ. އަދި އެކަން މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށާއި ބޯހިޔާވަހިކަމުގެ އައު މަޝްރޫޢު މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި މިސަރުކާރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުގައި، ފަސް އަހަރުގެ ތެރޭގައި ސާޅީސްހާސް ގެދޮރު، ހައުސިންގ ޔުނިޓް ޤާއިމުކުރުމަށްޓަކައި، ހިންގަން ނިންމާފައި މިއޮތް ހައުސިންގ މަޝްރޫޢު ބެހިގެންދާއިރުވެސް އޭގެ ތެރޭގައި ހިންނަވަރު ހިމެނިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ސަރުކާރާއިއެކު މަސައްކަތް ކުރައްވާނޭ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ހޮއްވަވައި ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.