Advertisement

ފޮޓޯ: ރައީސް އޮފީސް

28 Feb 2024
ޚަބަރު

ދިމްޔާތުގައި ހުންނެވިއިރު ދައުލަތުން ހަރަދުކޮށްފައި ނުވާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސުންގެ ރަސްމީ ގެކޮޅު، މުލިއާގެ މަރާމާތުކުރެވެންދެން އަމިއްލަ ގެކޮޅު، ދިމްޔާތުގައި މަޑުކުރައްވަން ޖެހިވަޑައިގަތް މުއްދަތުގައި ދައުލަތުގެ ބަޖެޓުން އެންމެ ރުފިޔާއެއް ވެސް ހޭދަނުކުރައްވާ ކަމަށާއި ހުރިހާ ހަރަދެއް ކުރެއްވީ އަމިއްލަފުޅަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި ށ. ފުނަދޫ، ނީލްވިލާ، އާމިނަތު ނަޖްމާ ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނަޖުމާ ސުވާލުކޮށްފައިވަނީ ރައީސް އަމިއްލަ ގެކޮޅުގައި ހުންނެވި ދުވަސްތަކަށް ދައުލަތުން ބޮޑެތި ޚަރަދުތަކެއް ކުރި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުންނެވެ. ދިމްޔާތުގައި ހުންނެވި މުއްދަތުގައި ދައުލަތުން 25 މިލިއަން ރުފިޔާ ހޭދަކުރި ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ހުންނެވުމުގެ ޚަރަދު ދައުލަތުން ކުރާގޮތަށް އޮތް ނަމަވެސް އެމަނިކުފާނު ބޭނުންފުޅުވީ އަމިއްލަ ގެކޮޅުގައި ހުންނެވި މުއްދަތުގައި ހުރިހާ ޚަރަދެއްވެސް އަމިއްލަފުޅަށް ކުރެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. 

މީގެ އިތުރުން އެމަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ފަރީއްކުޅުވުމުގެ ޚަރަދަށް 100 ދުވަހުގެ ތެރޭގައި 30 މިލިއަން ރުފިޔާ ދައުލަތުން ޚަރަދު ކުރިކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ އެއީ ބުއްދި ގަބޫލުކުރާ ވާހަކައެއް ނޫންކަމަށެވެ. އެގޮތުން، މުލިއާގޭގައި ކެއުމުގެ ޚަރަދަށް ވެސް އަހަރަކު ހޭދަކުރަން ޖެހެނީ ހަތްލައްކަ ރުފިޔާ ކަމަށާއި އެފަދަ ހަގީގަތާ ޚިލާފު ޚަބަރު ފަތުރަނީ ސަރުކާރާ ދެކޮޅަށް ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށެވެ.

"އަޅުގަނޑުގެ ގޭގައި ހުރީ އަޅުގަނޑު އަމިއްލަ ހަރަދުކޮށްގެން. ދައުލަތުގެ އެންމެ ރުފިޔާއެއް ވެސް، ހަމަ އެއްވެސް ހަރަދެއް ނޯންނާނެ ކޮށްފައެއް. އަދި އެއްވެސް ކަމަކަށް ހަރަދެއް ނުކުރުވަން. ގޭގައި ސެކިއުރިޓީން ވެސް ތިބޭ. ހުރިހާ އެންމެން ވެސް ގޭގެ ހަރަދުގައި ބޭތިއްބީ،" 

ރައީސުލްޖުމްހޫރިއްުޔާ، ޑރ. މުޙައްމަދު މުޢިއްޒު --

މިފަހަކަށް އައިސް ހަގީގަތާ ޚިލާފު ޚަބަރުތައް ފެތުރުން އިތުރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު މިއީ ހަެަދު ބޮޑު ސަރުކާރެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ސަރުކާރުން ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ މާލީ ހާލަތު އޮތީ ވަރަށް ދަށްކޮށްކަމަށް ސަރުކާރުގެ އިސްފަރާތްތަކުން ބުނަމުންދާއިރު އެފަދަ ހާލަތެއްގައި ދައުލަތް އޮތްނަމަ މިފަދަ ހަރަދުތައް ކުރެވޭނެކަމާއިމެދުވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.