Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

29 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ބިލާއި ގުޅޭ ގޮތުން އޭޖީގެ ލަފަޔަށް ވާނީ އެދިފައި: ރައީސް

ސްޕްރީމް ކޯޓުގެ ނިންމުމާއި އެކު، ބަންޑާރަ ނައިބުގެ ޤާނޫނީ ލަފަޔަކަށް އެދިވަޑައިގެންފައިވާ ކަމުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ، މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެމަނިކުފާނު ތަސްދީޤު ނުކުރައްވައި އަނބުރާ ފޮނުވާލެއްވި އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލް އެއްވެސް ބަަދަލެއް ނުގެނެސް އިއްޔެ ރައްޔިތުންގެ މަޖިލީހުން އަލުން ފާސްކުރެއްވުމާއި، އަދި މަޖިލީހުގެ މެމްބަރުންގެ ޢަދަދު ގުނުމުގައި ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުން މިއަދު ނިންމެވި ނިންމެވުމާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އެމަނިކުފާނު އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރުކުރީގައި، ނ ކެނދިކުޅުދޫގައި އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސުލްުޖުމްހޫރިއްޔާ ދެއްކެވި ވާހަފުޅުގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އަދަދަކީ، 80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނެކަމަށާއި، މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށެވެ. އެހެންވެ އެކަމުގައި ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަކަށް މިހާރު ވާނީ ދަންނަވާފައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރޯދަމަހު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ނުބޭއްވުމަށް އާއްމު އިންތިޚާބާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ބިލް މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރުމުން އެބިލް ތަސްދީޤުކުރެއްވުން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ވާނެއެވެ. އެހެން ނަމަވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ފަސްކުރަން ބޭނުން ނުވަނީ، މާލީ ދަތިތަކާއި އެކު އަދި ސަރުކާރަށް ރައްޔިތުންގެ އިތުބާރު ގެއްލެމުންދާތީ ކަމުގައި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.

އިލެކްޝަންސް ކޮމިޝަނުންވެސް ފާހަގަކޮށްފައިވާ ގޮތުގައި ރޯދަމަހުގައި އިންތިޚާބު ބޭއްވުމަކީ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަދުވެގެން ހިނގައިދާނެ ކަމެކެވެ. އެހެން ނަމަވެސް މިހާރު މަޖިލީހުން ފާސްކޮށްފައިވާ ބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ނުކުރައްވާނަމަ، އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނައުމަކީ ޤާނޫނީ ގޮތުން ވާން އޮތް ކަމެއް ނޫންކަން އެކޮމިޝަނުގެ މެމްބަރުން ކުރިންވެސް ފާހަގަކުރައްވާފައިވެއެވެ.

އިއްޔެ ބޭއްވި އެމްޑީޕީގެ ޕާލެމްޓްރީ ގުރޫޕުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ޙިސާން ޙުސައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، މަޖިލީހުން ދެވަނަފަހަރަށްވެސް ބިލް ފާސްކުރުމުން އެބިލް ތަސްދީޤު ނުކުރައްވާނަމަ އެކަން ވާނީ އެމަނިކުފާނު ޤާނޫނު އަސާސީއާަ ޚިލާފަށް ކުރައްވާ ކަމަށެވެ. އަދި އެކަމާއި މެދު ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ކަމުގައިވެސް ޙިސާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޤާމުން ޢަޒުލްކުރުމަށް ބޭނުންވާ ސޮއެ ހަމަކޮށް އެމްޑީޕީން އޮތީ އެމައްސަލަ ކޮންމެ ވަގުތެއްގައިވެސް މަޖިލީހަށް ވެއްދޭނެ ގޮތަށް ތައްޔާރުވެގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.